Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ12 މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގަތުން

12 މެމްބަރުން ވަކިވެވަޑައިގަތުމަކީ އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ނޫން - އަނަސް

އަނަސް ވިދާޅުވީ، ރިޔާސީ އިންތިޚާބުތަކުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތަކީ ޕްރައިމަރީއަކުން ހޮވިވަޑައިގަންނަވާ ފަރާތެއް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 މެއި 2023 | ހޮނިހިރު 13:46
އަނަސް

އަނަސް

މަޖިލީހުގެ 12 މެމްބަރުން, މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވަކިވެވަޑައިގަތުމަކީ އެ ޕާޓީއަށް އޮތް ގޮންޖެހުމެއް ނޫންކަމަށް އެމްޑީޕީގެ ތަރުޖަމާނު, އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަނަސް ވިދާޅުވީ، ގައުމީ އިންތިޚާބުތަކުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފަރާތަކީ ޕްރައިމަރީއަކުން ހޮވިވަޑައިގަންނަވާ ފަރާތްކަމަށާއި، އެއީ އެމްޑީޕީން އަބަދުވެސް ފަރިތަކުރަމުން އައި ނިޒާމުކަމަށް އަނަސް ވިދާޅުވިއެވެ. އެގޮތުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ޕާޓީގެ އެންމެ މަގުބޫލް ދެ ޝަޚުސިއްޔަތު ކަމަށް އަނަސް ވިދާޅުވިއެވެ. އެއީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.

އެހެންކަމުން އެ ޕްރައިމަރީގެ ކެމްޕެއިންވެސް ކުރިއަށްދިޔައީ ވަރަށް ފޯރީގައިކަމަށް އަނަސް ވިދާޅުވިއެވެ. ރައީސް ސާލިހު ޕްރައިމަރީ ކާމިޔާބުކުރައްވާފައިވާއިރު، އެފަދަ ޕްރައިމަރީތަކުގެ ކެމްޕެއިންތަކުގެ ތެރެއިން ސިޔާސީ ހިތްހަމަނުޖެހުންތައް އުފެދޭނެކަން ގަބޫލުކުރައްވާކަމަށް އަނަސް ވިދާޅުވިއެވެ. އެހެންނަމަވެސް އަބަދުވެސް އިންތިޚާބުތަކުގައި ވާދަކުރައްވާ ފަރާތްތަކުން ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރައްވައި، ޕާޓީއާ އެކުގައި ތިއްބަވާކަމަށް އަނަސް ވިދާޅުވިއެވެ. އެހެންނަމަވެސް މަދު ފަހަރެއްގައި ޕްރައިމަރީގެ ނަތީޖާ ބަލައިނުގަންނަވާ ކެނޑިޑޭޓުންވެސް ތިއްބަވާކަަން އަނަސް ވަނީ ފާހަގަކުރައްވާފައެވެ.

އެފަދަ ފަހަރުތަކުގައި އެ ކެނޑިޑޭޓުން ޕާޓީން ވަކިވެވަޑައިގަތުމާއި، ކެނޑިޑޭޓަށް ތާއީދުކުރައްވާ ފަރާތްތައްވެސް ޕާޓީން ވަކިވެވަޑައިގަންނަވާކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޕްރައިމަރީގެ ނަތީޖާއާމެދު ބަޔަކު ހިތްހަމަ ނުޖެހުމަކީ އާ ކަމެއް ނޫންކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޕާޓީގެ ފުރިހަަމަ އެއްބާރުލުންވެސް ރައީސަށް ލިބިވަޑައިގަންނަވާނެ ކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ވަކިވެވަޑައިގަންނަވާފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)، ގދ. ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ޒާހިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން، އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނެވެ.

ރައްޔިތުންގެ މަޖިލިސްއަނަސް އަބްދުއްސައްތާރު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު