Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސައްކަތް

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މިހާރު ބަލަމުންދަނީ 428 މައްސަލަ

2010ން ފެށިގެން ޖަސްޓިސް ޔުނިޓުގެ މަސައްކަތްތައް އައީ ކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 13:19
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މިހާރު ބަލަމުންދަނީ 428 މައްސަލަކަމަށް އެ ޑިޕާޓްމަންޓުން ބުނެފިއެވެ.

އެ ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ޖުވެނައިލް ޖަސްޓިސް އޮފިސަރު، އާއިޝަތު ޖަޒްލީ މުހައްމަދު ވިދާޅުވީ، ނިމިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލަތަކުގެ އަދަދު 400ށްވުރެ މަތިކަމަށެވެ. މީގެ އިތުރުން އަރލީ އިންޓަރވެންޝަން ޔުނިޓުގައި 93 ކުދިންގެ މައްސަލަ ބަލަމުންދާކަމަށާއި، އެސެސްމެންޓް އެންޑް ކޭސް މެނޭޖްމެންޓުގައި 304 ކުދިންގެ މައްސަލަ، އަދި ޑައިވަރޝަން އެންޑް ރީއިންޓަރގްރޭޝަން ޔުނިޓުން 31 ކުދިންގެ މައްސަލަ ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެންމެ ގިނަ ކުދިންނާއެކު މަސައްކަތްކުރަމުންދަނީ އެސެސްމެންޓް އެންޑް ކޭސް މެނޭޖްމެންޓު ޔުނިޓުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޑައިވަރޝަން އެންޑް ރީއިންޓަރގްރޭޝަން ޔުނިޓުގެ ދަށުންވެސް، އަދި އެހެނިހެން ޔުނިޓުތަކުންވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާކަަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހައްވާ ޒިމްނާ ވިދާޅުވީ، ކުޑަކުދިންގެ ފަރާތުން ކުށެއް ކުރެވުމުން ނުވަތަ ކުޑަކުދިންގެ ފަރާތުން އަހުލާގީ މައްސަލައެއް ފެނުމުން، އެ ކުދިން ލޭބަލްކުރުމުގެ ބަދަލުގައި އެ ކުދިންނަށް ވީހާވެސް ބޮޑަކަށް ފުރުސަތު ލިބޭނެ ގޮތަކަށް އަމަލުކުރުން މުހިންމުކަމަށެވެ. އެގޮތުން ކުއްޖަކު ގަހަކުން އެއްޗެއް ބިނުން، ނޫނީ ކުއްޖަކު އެހެން ކުއްޖަކު ކޮއްޕާލުމުން ގެއްލުމެއްވުން ފަދަ މައްސަލަތަކުގައި، އެފަދަ ކަމެއް ވުމުން އެންމެ ފުރަތަމަ އެ ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި ކުއްޖާއާ ގުޅުންހުރި ފަރާތްތަކާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން އުޅުން މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާގޮތުން، 18 އަހަރުން ދަށުގެ ކުދިން ކުށެއް ކޮށްފިނަމަ ނުވަތަ ކުށެއް ކޮށްފާނެކަަމަށް ލަފާކުރެވޭނަމަ ހުށަހަޅާ މައްސަލަތައް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ދަނީ ބަލަމުން ކަމަށެވެ. ނަމަވެސް 15 އަހަރާ 18 އަހަރާ ދެމެދުގެ ކުދިން އެފަދަ އަމަލެއް ކޮށްފިނަމަ، އެ އަމަލެއްގެ ޒިންމާ އެ އުމުރުފުރާގެ ކުދިން ނަގަން ޖެހެއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަަހަރުއެވެ. އެހެންނަމަވެސް 2010ން ފެށިގެން ޖަސްޓިސް ޔުނިޓުގެ މަސައްކަތްތައް އައީ ކުރަމުންނެވެ. އެހެންނަމަވެސް ޑިޕާޓްމަންޓެއްގެ ސިފައިގައި މަސައްކަތް ކުރަން ފަށާފައިވަނީ، 2019 ވަނަ އަހަރު އަމަލުކުރަންފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނާއެކުގައެވެ. ގާނޫނާ ހިލާފަށް އަމަލުކުރާ ކުދިންނާއި، ކުށް ކުރުމުގެ ފުރުސަތު އޮތް ކުދިން އަނބުރައި މުޖުތަމައަށް ގެނައުމަށް އެ ޑިޕާޓްމަންޓުން ދަނީ މަސައްކަތްކުރަމުންނެވެ. އެ ޑިޕާޓްމަންޓުން މަސައްކަތްކުރަމުންދަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.

ޖުވެއިނަލް ޖަސްޓިސް ޔުނިޓްހައުސިންގ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

19 މާރިޗު 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު