Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ވެރިކަން

މި ސަރުކާރު މިދަނީ ވެއްޓުމާ ދިމާލަށް، ރައްޔިތުން ހުށިޔާރުވާންޖެހޭ: މާޒް ސަލީމް

ރައްޔިތުންގެ ކުރިމަތީގައި ފުލުހުން އަމިއްލައަށް އެމީހުންގެ އިތުބާރު ވަނީ ނަގާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2025 | އާދީއްތަ 08:27
އެމްޑީޕީގެ ކުއްލި އެއްވުމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ

އެމްޑީޕީގެ ކުއްލި އެއްވުމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު މިދަނީ ވެއްޓުމާ ދިމާލަށް ކަމަށާއި، ރައްޔިތުން ހުށިޔާރުވާންޖެހޭ ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

އާއްމު ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާތީ އެމްޑީޕީން ބޭއްވި ކުއްލި ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ ކޭސްގައި ފުލުހުން ކޮންމެވެސް ބައެއްގެ މަސްލަހަތު ފޮރުވުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ ކުރިމަތީގައި ފުލުހުން އަމިއްލައަށް އެމީހުންގެ އިތުބާރު ނަގާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު މިސަރުކާރު މިދަނީ ވެއްޓުމުގެ ދިމާލަށްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ސަރުކާރު ބަދަލުވެގެން ދާއިރު، ދެން އަންނަ ސަރުކާރަކުން ވެސް މިފަދަ މައްސަލަތައް ބަލާނެ ކަމަށާއި، ކްރައިމް އިންވެސްޓިގޭޝަން ޔުނިޓްގައި މަސައްކަތް ކުރާ ފުލުހުންނާ ސުވާލުތައް ކުރިމަތި ކުރުވާނެ ކަމަށެވެ. އަދި ވިދާޅުވީ މިމައްސަލާގައި ވެސް ފަލީހަތްވެ، އަދަބު ލިބިގެންދާނީ މި ޔުނިޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ކަމަށެވެ.

ފުލުހުންގެ ތެރޭގައި އޮންނާނެ ކްރައިމް އިންވެސްޓިގޭޝަން ކިޔާ ޔުނިޓެއް އޮންނާނެ. ވަރަށް ޕްރޮފެޝަނަލް ކުދިން ތިބޭނީ. ވަރަށް ގާބިލް އެހުށިޔާރުކަން ހުންނާނެ. މިއީ ޝައްކުކުރާ ކަމެއް ނޫން. އެކުދިންނަށް މިކަން ނުބެލުނީ ކަމަށް މަތީފަޑީގައި ތިބި މީހުން ނުކުމެ މިބުނީ. އަޅުގަނޑު މިރޭ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓްގައި ތިބޭ ކުދިންނަށް އަޅުގަނޑު މިދަންނަވަނީ ތިބޭފުޅުން ރައްޔިތުންގެ ކުރި މައްޗަށް ނުކުމެ މިކަމުގެ ހަގީގަތް ކިޔާދޭށޭ ވަރަށް ސާފުކޮށް. އެއީ މާތްﷲ ގަންދީ ހުވައެއް ކޮށްގެން ތި ކުދިން ތި ތިބީ. އެހެންވީމަ ނުކުމެ ވަރަށް ސާފުކޮށް މިއަދު ރައްޔިތުންގެ ކުރީމަތިގައި އެވާހަކަ އެބަ ކިޔާދޭން ޖެހޭ.
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ޔުމްނުގެ ކޭސްގައި އެޒުވާނާ ފުލުހުންގެ އިދާރާއިން ވަރަށް ބޮޑަށް ފަލީހަތް ކޮށްފައިވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ މިފަދަ މައްސަލަތައް ތަކުރާރުނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅައި، ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ވަކި މީހަކަށް ވަކި ގޮތެއް ނުހަދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންްސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކި ކުރައްވަން ކެރިވަޑައިނުގެންނެވި ކަމަށެވެ. އެދެބޭފުޅުން މަގާމުން އެކަހެރި ނުކުރެއްވި ނަމަވެސް ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަމަށާއި، އިންސާފު އަރާ ހަމަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު