Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވައްކަމާއި ފޭރުން

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 103 ސައިކަލު ވަގަށް ނަގާފައިވޭ

ވައްކަމާއި ފޭރުމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާފަންނުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މެއި 2023 | ހޮނިހިރު 07:30
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރ ގެ ތަފާސްހިސާބުތައް އާންމުކޮށްފައި

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރ ގެ ތަފާސްހިސާބުތައް އާންމުކޮށްފައި

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 103 ސައިކަލު ވަގަށް ނަގައިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓު ކޮށްފައިވާކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރ ގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރ ގައި ވައްކަމާއި، ފޭރުމާއި، ހުއްދަނެތި ތަންތަނަށް ވަނުމާ ގުޅޭ 2079 މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު، އޭގެ ތެރެެއިން 964 މައްސަލައެއް ފުލުހުން ތަހުގީގު ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އަދި 25 މައްސަލައެއްގައި ދައުވާކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާއިރު، 153 މީހުން އެފަދަ މައްސަލަތަކާއި ގުޅިގެން ބަންދުކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފުލުހުން ތަހުގީގު ކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ތެރެއިން 759 މައްސަލައަކީ މާލޭގައި ހިނގި ޙާދިސާތަކާ ގުޅޭ މައްސަލަތަކެވެ.

އޭގެ އިތުރުން، އައްޑޫ ސިޓީން 24 މައްސަލަ، ފުވައްމުލަކު ސިޓީން 32 މައްސަލަ އަދި ކުޅުދުއްފުށި ސިޓީން 12 މައްސަލައާއި، އެހެނިހެން އަތޮޅުތަކުންވެސް ވައްކަމާއި ފޭރުމާ ގުޅޭ 137 މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އުޅަނދުފަހަރު ވަގަށް ނެގުމުގެ މައްސަލަތަކެވެ. އެފަދަ 39% މައްސަލަ ހުށަހެޅިފައިވެއެވެ. އޭގެ ތެރެއިން 103 މައްސަލައަކީ ސައިކަލު ވަގަށް ނަގާފައިވާކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ މައްސަލައެވެ.

ދެވަނައަށް އެންމެ ގިނައިން ވަަގަށް ނަގާފައިވަނީ މޯބައިލް ފޯނެވެ. އެގޮތުން މޯބައިލް ފޯނު ވަގަށް ނެގުމާއި، ފޭރުމާއި ގުޅޭ 34 އިންސައްތަ މައްސަލަ ހުށައެޅިފައިވެއެވެ.

އަދި ފައިސާ ވަގަށް ނަގައި ފޭރުމާއި ގުޅޭ 27 އިންސައްތަ މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކިވަކި އަވަށްތަކަށް ބަލާއިރު، ވައްކަމާއި ފޭރުމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާފަންނުންނެވެ. ދެން މިފަދަ މައްސަލަ ތައް އެންމެ ގިނައީ ހެންވޭރާއި ގަލޮޅުގައެވެ.

އޭގެ އިތުރުން ހުޅުމާލެއިންވެސް 150 މައްސަލަ އަދި ހުޅުލޭ އެއަރޕޯޓުން 6 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު