Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް ލަންކާ ދަތުރު

ދަބަސްތަކުގައި ހުރީ ކުދި ދަރިންނަށް ގެނައި ޗޮކްލެޓް: ފަލާހު

ލަންކާއިން ގެނައީ ފަސް ދަބަހެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 10 ޖުލައި 2017 | ހޯމަ 02:41
މެންބަރުންތައް ގެނައި ދަބަސްތައް

މެންބަރުންތައް ގެނައި ދަބަސްތައް

ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންތަކެއް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންނެވި އިރު ގެންނެވި ދަބަސްތަކުގައި ހުރީ ފައިސާ ކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދޮގުުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޕީޕީއެމްގެ ވަފްދެއް ލަންކާއަށް ވަޑައިގެންނެވީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ލަންކާއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ފަލާހުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން އާއި، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް އެވެ.

އެ ދަތުރަށްފަހު ހޮނިހިރު ދުވަހުގެ ރޭ މެންބަރުންތައް އެނބުރި މާލެ ވަޑައިގެންނެވިއިރު، ފަސް ދަބަހެއް ގެނެސްފައިވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަަ ގޮތުގައި އެ ދަބަސްތަކަކީ އެއް ބްރޭންޑެއްގެ، އެއް ކަހަލަ ދަބަސްތަކެކެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެ ދަބަސްތަކުގައި ހުރީ ފައިސާ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.

އެ ދަބަސްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން ފަލާހު ވަނީ އެއީ ފައިސާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ "އެއީ ކުދިވެރިންނަށް ގެނައި ޗޮކްލެޓް" ކަމަށެވެ. "އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ކުދި ދަރިން އެބަ ތިބި، ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ އިރު ހަދިޔާ ގެންނާނެތާ އެންމެންވެސް،" ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ވަފުދެއް ލަންކާއަށް ވަޑައިގަތީ މަސީހުގެ އިތުބާރުގެ މައްސަލައިގައި ސޮއިކުރި އެ ޕާޓީގެ މެންބަރުންތަކަކާ ބައްދަލުކުރުމަށް ކަމަށް ވާހަކަ ފެތުރިފައިވީ ނަމަވެސް، ޕީޕީއެމް އިން އެކަން ދޮކުރެ އެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު