Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

މި ވެރިކަން ދެމި އޮންނަ ކޮންމެ ސިކުންތަކީ ދިވެހި ރައްޔިތުންނަށް ބޮޑު ބުރައެއް: މެންބަރު އަރީފް

9 ޖުލައި 2017 | އާދީއްތަ 22:29

މި ދިމާވެގެން އުޅެނީ އިންސާނެއްގެ ފަރާތުން ދިމާވެގެން އުޅޭ ސުނާމީއެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 9 ޖުލައި 2017 | އާދީއްތަ 22:29
ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް

ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް

ރައީސް ޔާމީންގެ ވެރިކަން ދެމި އޮންނަ ކޮންމެ ސިކުންތެއް އަދި ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންނަށް ބޮޑު ބުރައެއް ކަމަށާއި، އަދި އެހާމެ ބޮޑު ގެއްލުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އާދިއްތަ ދުވަހުގެރޭ މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަރީފް ވިދާޅުވީ، މި ވެރިކަން ދެމި އޮންނަ ކޮންމެ ދުވަހަކީ ދިވެހިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުންދާނެ ދުވަހެއްކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، މިހާރު ރާއްޖެއަށް ދިމާވެގެން އުޅެނީ އިންސާނެއްގެ ފަރާތުން ދިމާވެގެން އުޅޭ ސުނާމީއެއް ކަމަށާއި، ރައްޔިތުން މިކަމާއި ވިސްނަން ޖެހޭކަމަށެވެ.

މިގައުމުގެ ބޮޑެތި ބޭފުޅުން ތިއްބެވީ އެކިއެކި ބޮޑެތި ޙުކުމް ތަކުގައި ޖަލުގޮޅީގައި ނުހައްގުން ތާށިވެފައިކަން ފާހަގަކުރައްވައި އަރީފް ވިދާޅުވީ، މިގައުމުގެ އެތަށް ދަރީން ކަތިލެވި، އެތަށް ބަޔަކަށް ޖަލުގައި ނުހައްގުން އަނިޔާ ލިބެމުންދާ ކަމަށެވެ.

މީ ގައުމީ ބޮޑު މުސީބާތެއް ކަމަށާއި، މި މުސީބާތުން ސަލާމަތްވުމަށް އެންމެހާ ދިވެހިރައްޔިތުން މަސައްކަތްކޮށް ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އަރީފް ވަނީ ގޮވާލައްވާފައެވެ.

"ކަރުން ނާރު ފުއްޕައި" ބިލިއަން ޑޮލަރުން ގައުމަށް އިންވެސްޓްމަންޓްތައް ގެންނަ ވާހަކަ ވިދާޅުވެފައި، މިހާރު އެ އިންވެސްޓްމެންޓްތައް ކޮބައިތޯ އޭނާވަނީ ސުވާލުކުރައްވާފައެވެ.

އޭގެ ބަދަލުގައި ފެނިގެންދަނީ، ބިލިއަން ޑޮލަރުން މިގައުމުގެ ޓްރެޜަރީން ބޮންޑް ވިއްކަން އުނގަށް އަޅައިގެން ނުކުތް މަންޒަރުކަމަށް އަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައްޔިތުން މޯގޭޖްކޮށް މިގައުމު ވިއްކާލައި ދަރުވާލާފައިވާ ކަމަށެވެ.

" އެ ލޯނުތަކެއް އަޅުގަނޑުމެންނަކަށް ނުދެއްކޭނެ. އަޅުގަނޑުމެންގެ އެއްވެސް އެސެޓެއް މިގައުމުގައި ނެތް" އަރީފް ވިދާޅުވިއެވެ.

އެންމެ މީހަކަށްޓަކައި، ހުރިހާ ރައްޔިތުންގެ ހައްގުތައް ކޮށާލާ ގުރުބާން ކޮށްލާ މަންޒަރުބަލަން ތިބެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުން ސަލާމަތްވުމަށް ސުކޫލް ކުއްޖެއް، މަސްވެރިއެއް، ދަނޑުވެރިއެއް، ފުލުހެއް، ފަނޑިޔާރެއް ތަފާތެއްނެތި މަޖިލީހުގެ މެންބަރުންނާއި އެއް ލެވަލްއެއްގައި މިއަދު މަސައްކަތް ކުރަން ޖެހިފައިވާކަމަށް އަރީފް ވިދާޅުވިއެވެ.

ކޮންމެ ދިވެހި ރައްޔިތަކީވެސް ގައުމީ ވާޖިބެއް އޮތް، ޒިންމާތަކެއްވެސް އޮތް ފަރާތެއްކަމުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް މަސައްކަތް ކުރަންޖެހޭކަން އަރީފް ފާހަގަކުރެއްވިއެވެ.

އަޅުންނަށް ވެގެން ޤައުމުގައި ހިނގާ ކަންކަން ބަލަން ތިބެގެން ނުވާނެ ކަމަށާ، އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މަސައްކަތުގައި ހޭވައްލާ ކިޔައި، އެއްނަރަކަށް ފޫގަޅައިގެން ރައްޔިތުން ނުކުމެ އެ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މިގައުމު މިގޮތަށް ދާން ދޫކޮށްލައިފިނަމަ، އަންނަން އޮތް ޖީލުތައް ވެގެންދާނީ "ދަރަނި ބޯތަކަކަށް" ކަމަށް އަރީފް ވަނީ ސިފަކުރައްވާފައެވެ.

ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށްވެސް އަރީފް ވަނީ އިލްތިމާސެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، "ރައީސް ޔާމީންގެ އަރިހުގައި ތިޔަގޮތަށް އެނިމޭޓް ކޮށްފައިތިބި ތްރީޑީ މީހުންތަކެއްހެން" ނުތިއްބަވާ، އެބެފުޅެއްގެ ޒިންމާ ނަންގަވާ، އެ އޮޑިން ފުންމަވާލެއްވުމަށް އެދޭކަމަށެވެ.

އަރީފް ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި މެންބަރުން ފެތެމުންދާ އޮޑިއެއްގައި ތިއްބެވުމުން ބޮލުގައި ރިޔާގަނޑުއެޅި ގެއްލި މަރުވާނެ ކަމަށެވެ. އޭގެ ކުރިން ސަލާމަތުގެ އައްސޭރިއެއް ހޯދުމަށް އެ މެންބަރުންނަށް އަރީފް ވަނީ ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް