Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތައުލީމީ ދާއިރާ ކުރިއެރުވުން

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް އުމްރާނީ ތަރައްގީގެ މަސައްކަތް ކުރިއަށްދޭ: ސަރުކާރު

އއ އަދި އދ އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގައިވެސް ގިނަ މަޝްރޫއުތައް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 11:56
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތައުލީމީ ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އުމްރާނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ކޮންމެވެސް ސިފައެއްގައި މިހާރު ފެންނަމުންދާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލުތަކުގައި މަޝްރޫއުތައް ކުރިއަށްދާއިރު، ބައެއް މަޝްރޫއުތައް ވަނީ ޓެންޑަރިންގ މަރުހަލާގައެވެ. އއ އަތޮޅާއި އދ އަތޮޅަށް އިޝާރަތްކުރައްވައި މިއުވާން ވިދާޅުވީ، މި ދެ އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގައިވެސް ގިނަ މަޝްރޫއުތައް ކުރިއަށްދާކަމަށެވެ.

އެގޮތުން އއ އަތޮޅަށް ބަލާއިރު، މަތިވެރީ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލް އަދި 12 ކްލާސްރޫމްގެ 3 ބުރި އިމާރާތް އެޅުމުގެ މަސައްކަތާއި، ބޮޑުފޮޅުދޫ ސްކޫލުގެ 6 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަސައްކަތާއި، ފެރިދޫ ސްކޫލުގެ 4 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަސައްކަތާއި، މާޅޮހުގައި 4 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތާއި، ހިމަންދޫ ސްކޫލުގެ 12 ކްލާސްރޫމް 3 ބުރި އިމާރާތާއި މަލްޓިޕަރޕަސް ހޯލް އެޅުމުގެ މަސައްކަތްތައް ކުރިއަށްދެއެވެ. މީގެ އިތުރުން ތޮއްޑޫގައި 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، ރަސްދޫގައި، އއ އަތޮޅުތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތް މަސައްކަތާއި، އުކުޅަހު ސްކޫލުގެ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރިއަށްދެއެވެ.

އދ އަތޮޅަށް ބަލާއިރު، މަންދޫ ސްކޫލުގެ 6 ކްލާސްރޫމް އެޅުމުގެ މަސައްކަތާއި، އދ. ފެންފުށީ ސްކޫލުގެ 4 ކްލާސްރޫމް އެޅުމުގެ މަސައްކަތާއި، މާމިނގިލީ, އދ އަތޮޅު މަދަރުސާގެ އައު އިމާރާތް (ކްލާސްރޫމް، މަލްޓިޕަރޕަސް ހޯލް، އޭވީ ރޫމް) އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މަހިބަދޫ ސްކޫލުގެ 12 ކްލާސްރޫމް އިމާރާތް ނިމިފައިވާއިރު، ދަނގެތީ ސްކޫލް އަޕްގްރޭޑްކުރުމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމާއި، ދިގުރަށު ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިއުވާން ވިދާޅުވީ ތައުލީމީ ދާއިރާއަށް ގިނަ އިންވެސްޓްތައް ކުރެވޭ ކަމަށާއި، މިއަދު ކުރެވޭ އިންވެސްޓްތަކުގެ ނަތީޖާ ނެރޭނީ މި ތަރައްގީގައި ތައުލީމު ހާސިލްކުރާ ދަރިވަރުން ގައުމަށް ކޮށްދޭ ޚިދުމަތުން ކަމަށެވެ.

މިއުވާން ވިދާޅުވީ މިސަރުކާރުން ތައުލީމީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު