Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ގަދަ ދިހައެއްގެ ރެކޯޑާއެކު އާއްމުނުވެހުރި އެތައް ކާމިޔާބީތަކެއް

ކުދިން ގިނަވެގެން އިނާމް ދިނުން ވަނީ ދެރެއަކަށް ބަހާލާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 04:37
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވާހަކަފުޅު ދައްކަވަނީ

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވާހަކަފުޅު ދައްކަވަނީ

"މީގެ 40 ވަރަކަށް އަހަރު ކުރިން، އަރުތަވެރީންނަށް އިނާމުދޭ ޖަލްސާގައި ބައިވެރިވަނީ އެންމެ 50 ވަރަކަށް ކުދީން. ނަމަވެސް މިހާރު 17 ގުނައަށް މި ޢަދަދު މަތިވެ، ދަށު ސާނަވީގެ ވަނަ ހޯދާ ދަރިވަރުންގެ ޢަދަދު މިވަނީ 800 އަށް ވުރެ ގިނަވެފައި. އެއް ރެއަށް ނުފެއްތިގެން ދެ ރެއަށް މި ރަސްމިއްޔާތު މިވަނީ ބަހާލާފައި. ދަރިވަރުންގެ ޢަދަދު މިހާ ގިނަވެފައިވަނީ މި ދައުރުގައި. އާދެ! ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި." މިއީ 2021 އަދި 2022 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން އެންމެ މަތީ ދިހަވަނައިގައި ހިމެނުނު ދަރިވަރުންނަށް އިނާމް ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީގެ ވާހަކަފުޅު ފަށްޓަވަމުން ވިދާޅުވި ބަސްފުޅެވެ.

ތެދުފުޅެކެވެ. އޯލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނާއި އެ އިމްތިހާނުން ފާސްވި ކުދިންގެ އަދަދަށް ބަލާއިރު މިއީ ރެކޯޑެކެވެ. އަދި 2019-2020 (މިދިޔަ އަހަރަކީ) އޭގެ ކުރީ އަހަރުތަކަށްވުރެ އެ ނިސްބަތް އިތުރު އަހަރެކެވެ. އެއީ ކުރިމަތިވެފައިވާ ކޮވިޑްގެ ވަބައިގާ ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދީގެން ވެސް އޯލެވެލްގައި ބައިވެރިވެގެން ލިބުނު ރަނގަޅު ނަތީޖާއެވެ.

މިނަތީޖާތައް ރަނގަޅުވެ މި ކުރިއެރުން ލިބުނު ބައެއް ސަބަބުތައް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެ ދެއްވިއެވެ. އޭގެ އެންމެ ބޮޑު ސިއްރެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވީ އަދުގެ ސަރުކާރުން ރައީސް އިބްރާހީމް ސާލިހް ތައުލީމީ ދާއިރާއަށް ދެއްވާ އިސްކަން ކަމުގައެވެ.

"ސަބަބަކީ، ސިއްރަކީ، އެ މަނިކުފާނު ތަޢުލީމީ ދާއިރާއަށް ދެއްވާ އިސްކަމާއި ސަމާލުކަން. ދާދި ފަހުން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ އުޖޫރައަށް ގެންނެވި ދީލަތި ބަދަލަކީ، ތާރީޚީ، ނާދިރު، ފުރަމާދަ އިޞްލާޙެއް. މި އުޖޫރައިގެ ސަބަބުން، ފެންވަރު ރަނގަޅު އަރުތަވެރި ދަރިވަރުން މުދައްރިސްކަމާ ކުރިމަތިލާނެ. ވަޒީފާގައި އުޅޭ މުދައްރިސުން، ކިޔަވައިދިނުމަށް ހުންނަ ޝައުޤާއި ސާބިތުކަން މަތިވާނެ." ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ހެޔޮ ނަތީޖާ ފާހަގަކުރައްވަމުން ޑރ އައިޝަތު ޢަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަދަރުސާ ކުދީންގެ ނާސްތާ މަޝްރޫޢުއަކީ ވެސް، މީގެ ކުރީން މަދަރުސާތަކުން ދީފައި ނުވާ މުހިއްމު ޚިދުމަތެކެވެ. އަދި އެކަމަށް އެންމެ ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ ހެޔޮ އަސަރުތައް މިހާރު ފެންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ރޫފަ ރަނގަޅު، ސަމައްތަރު ހެޔޮ، ހިތްއަލި ދަރިވަރުން، ކެރޭ ބާރުހުރި ހުޝިޔާރު ޒުވާނުން، މަދަރުސާގެ ދޮރޯށިން ނުކުންނަތަން ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރަށްރަށުގައި ސްކޫލުތަކުގެ އިމާރާތްތަކަށް ގެނެވޭ ބަދަލާއި އިތުރު ކުރެވޭ ކްލާސްރޫމްތަކާއި ހޯލްތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މަދަރުސާތަކުގެ ބިނާވެށި ތަރައްޤީކުރުމަށް، އައު ޢިމާރާތްތަކާއި މާލަންތައް ހެދުމަށް، މި ދައުރަށް ވުރެ ބޮޑު ޚަރަދެއް ކުރި ދައުރެއް ތާރީޚީ ފަތްފުށްތަކަކުން ނުފެންނާނެ ކަމަށެވެ. އޮޑިހަރުގެ ބައްޓަމަށް އެޅި މަދަރުސާތައް، ޖާގަ ބޮޑު ޢިމާރާތްތަކަށް ބަދަލުކުރަމުންދާ ކަމަށާއި އަދި އަލަށް އަޅާ މަދަރުސާތަކުގައި ނާސްތާ މާލަމާއި މަސައްކަތު ވާކްޝޮޕްތައް ހިމެނޭ ކަމަށާއި އެތައް ރަށެއްގައި އެތައް ބޭނުމެއް ކުރެވޭ ބޮޑެތި ހޯލްތައް ބިނާކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރާ އައި ކަންތައްތަކަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ "ތަޢުލީމީ ދާއިރާއަށް އައިސްފައި މިވާ ބަހާރު މޫސުމުގައި، ޢާންމުންނަށް ހާމަނުވާ އެތައް ނިޒާމީ ކަމެއް މިދަނީ ތަންފީޒުކުރަމުން" ކަމަށެވެ.

އެގޮތުން، މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ތަމްރީނު ދެވޭ ގޮތާއި ކިޔަވައިދޭންޖެހޭ ތަކެތި އެ ވުޒާރާއިން އެކަށައަޅަމުންދާ ކަމަށާއި ހިންގުންތެރީން ހުނަރުވެރިކުރުމަށް، ބޭރު ޤައުމުތަކުން ނާޒިރުން ތަމްރީނުކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދަރިވަރުން ކިޔަވާ މާއްދާތަކަކީ އެ ކުދީންގެ މުސްތަޤްބަލަށް ބޭނުންތެރި މަންހަޖަކަށް ހެދުމަށް މުޤައްރަރުތައް އައުކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ކަންކަން ހިންގަމުންކަމަށާއި ވާހަކަ ދައްކާ ކޮޅުން ނުލާނޭ އެތައް އީޖާދީ ޙަރަކާތްތަކެއް ހިންގަމުން ގެންދަވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

"ތަޢުލީމީ ދާއިރާއަށް އައިސްފައި މިވާ ބަހާރު މޫސުމުގައި، ޢިލްމީ މާބަގީޗާގައި ހިނދޫ ކުރިތަކަކާއެކު ހެދެމުންދާ ވަސްމީރު ކުލަރީތި މާމެލާމެލީގެ ސިއްރަކީ، އެ ބަގީޗާއަށް ފެންދެއްވާ މާލީ. އެ ބަގީޗާގެ އިސް ބުސްތާނީ. އެއީ  އެއްވެސް ޝައްކެތް ނެތް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު. އެހެންކަމުން، ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ޙިއްޞާދާރުންގެ ނަމުގައި، އެ މަނިކުފާނަށް ތަހުނިޔާ އާއި ޝުކުރުގެ އަތްތިލަބަޑިއަކަށް އެދެން." ތައުލީމީ ދާއިރާއަށް ދެއްވާ އިސްކަމުގެ ސަބަބުން ރައީސް ސާލިހަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެއަކަސް ނިމިދިޔަ އަހަރަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ރެކޯޑް އަހަރެކެވެ. ރާއްޖޭގެ އަދި ގަދަ ދިހައެއްގައި ފުރަތަމަ ފަހަރަށް ޢަރަބިއްޔާ ސްކޫލް ދަރިވަރުން ހިމެނި ފުރަތަމަ އަހަރެވެ. ގަދަ ދިހައެއްގައި އެސްކޫލުގެ ދަރިވަރުން ހިމެނުނުއިރު މުޅި ރާއްޖެއާއި މުޅި ދުނިޔެއިން އެއްވަނައިގެ ރަން ވަނަތަކެއް އެދަރިވަރުން ވެސް ވަނީ ހޯދާފައެވެ. މިއީ ދިވެހި ތާރީޚުގައި ވެސް އަލަށް ހޯދި ރެކޯޑެކެވެ. ތައުލީމީ ދާއިރާއަށް ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު