Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީއާ ހަވާލުނުވާން ނިންމުމަކީ ނާގަލްސްމަން ނިންމި ރަނގަޅު ނިންމުމެއް

18 މެއި 2023 | ބުރާސްފަތި 03:03

ނާގަލްސްމަން އެ ނިންމުން ނިންމީ އެތައް ގޮތަކުން ވިސްނާފައި ކަމަށާއި، ޗެލްސީން އެހެން ކޯޗެެއް ހޯދުމަށް މަޝްވަރާތައް ފެށީ ވެސް އެއަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2023 | ބުރާސްފަތި 03:03
ބަޔާން މިއުނިކްގެ ކޯޗަކަަށް ހުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން

ބަޔާން މިއުނިކްގެ ކޯޗަކަަށް ހުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއާ ހަވާލުނުވާން ހޫލިއަން ނާގަލްސްމަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އޭނާގެ އެޖެންޓް ވޯކާ ސްޓްރޫތު ބުނެފި އެވެ.

ދާދި ފަހުން ޗެލްސީން ވަނީ އެ ޓީމުގެ ކޯޗަކަށް ނާގަލްސްމަން ހަމަޖެއްސުމުގެ މަޝްވަރާތައް ކޮށްފަ އެވެ. އެކަމުގައި ޗެލްސީ އަށް އަލި މަގެއް ފެނުނު ކަމަށް އޭރު މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ޗެލްސީން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ކުރީގައި ނާގަލްސަން އޮތް ނަމަވެސް، ފަހު ވަގުތު އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. ފަހު ވަގުތު ނާގަލްސްމަން ވަނީ ޗެލްސީގެ ލިސްޓުން ބޭރުވެފަ އެވެ. ނަމަވެސް އެއީ އޭނާގެ ނިންމުމެއް ކަމެއް ނުވަތަ ޗެލްސީގެ ނިންމުމެއް ކަމެއް އޭރު އެނގޭކަށް ނެތެވެ. ބައެއް މީޑިއާތަކުގައި އޭރު ބުނެފައިވާ ގޮތުން ނާގަލްސްމަން ޗެލްސީއާ ހަވާލުވާން ބޭނުންނުވީ އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބޭތީ އެވެ.

ނާގަލްސްމަންގެ އެޖެންޓު ބުނި ގޮތުގައި ޗެލްސީގެ ކޯޗަކަށް އޭނާ ހަމަޖެއްސުމަށް އެކުލަބުން ވަނީ އިންތިހާ އަށް މަސައްކަތްކޮށްފަ އެވެ. އޭނާ އޮތީ ޗެލްސީގެ އެއް ނަންބަރު ޗޮއިސްގެ ގޮތުގައި ކަމަށާއި، ނާގަލްސްމަން ބޭނުންވި ނަމަ އެކަން އެގޮތަށް ކުރިއަށް ދިޔައީސް ކަމަށް އެޖެންޓު ވަނީ ބުނެފަ އެވެ. ނަމަވެސް ސްޓްރޫތު ބުނި ގޮތުގައި ޗެލްސީގެ ކޯޗުކަމާ ހަވާލު ނުވުމަށް ނާގަލްސްމަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެވެ. އޭނާ ބުނީ ނާގަލްސްމަން އެ ނިންމުން ނިންމީ އެތައް ގޮތަކުން ވިސްނާފައި ކަމަށާއި، ޗެލްސީން އެހެން ކޯޗެެއް ހޯދުމަށް މަޝްވަރާތައް ފެށީ ވެސް އެއަށްފަހު ކަމަށެވެ.

އުމުރުން 35 އަހަރުގެ ނާގަލްސްމަން އޭނާގެ ކޯޗިން ކެރިއަރު ފެށީ، 2016 ވަނަ އަހަރު ހޮފެންހެއިމް އިންނެވެ. އެ ކުލަބަށް ތިން އަހަރު އިރުޝާދު ދިނުމަށް ފަހު ނާގަލްސަމަން 2019 ވަނަ އަހަރު ހަވާލުވީ އާރްބީ ލައިޕްޒިގާ އެވެ. ލައިޕްޒިގްގައި ނާގަލްސްމަން ކުރި މަސައްކަތް ފާހަގަވެ ބަޔާން މިއުނިކުން ވަނީ 2021 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް އޭނާ ހަމަޖައްސައިފަ އެވެ. ނަމަވެސް ނާގަލްސްމަނާއެކު ބަޔާންގެ ނަތީޖާތަށް ދަށްވެ، މިއަހަރު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ޗެލްސީން ނާގަލްސްމަން ހޯދުމަށް މަސައްކަތް ކުރިއިރު، ޓޮޓެންހަމުން ވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާތަކުގައި ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2019

ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ލުއިޒް އާކުރަނީ

27 ޖެނުއަރީ 2019
ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން ލުއިޒް އާކުރަނީ
24 އޮކްޓޯބަރު 2018

ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން ނިންމި ނިންމުން ބަދަލުކުރަން ސުޒޭން ގޮވާލައިފި

24 އޮކްޓޯބަރު 2018
ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން ނިންމި ނިންމުން ބަދަލުކުރަން ސުޒޭން ގޮވާލައިފި
10 މާރިޗު 2018

ޗެލްސީއާ ދެކޮޅަށް އިނިއެސްޓާއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ

10 މާރިޗު 2018
ޗެލްސީއާ ދެކޮޅަށް އިނިއެސްޓާއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ
11 ޖެނުއަރީ 2018

އިނގިރޭސި ލީގު ކަޕް: ޗެލްސީއާއި އާސެނަލްގެ މެޗު އެއްވަރުވެއްޖެ

11 ޖެނުއަރީ 2018
އިނގިރޭސި ލީގު ކަޕް: ޗެލްސީއާއި އާސެނަލްގެ މެޗު އެއްވަރުވެއްޖެ
03 ޑިސެމްބަރު 2017

ޕްރިމިއާ ލީގު: ޗެލްސީއާއި ލިވަޕޫލްވެސް މޮޅުވެއްޖެ

03 ޑިސެމްބަރު 2017
ޕްރިމިއާ ލީގު: ޗެލްސީއާއި ލިވަޕޫލްވެސް މޮޅުވެއްޖެ
21 ސެޕްޓެމްބަރު 2017

ލީގު ކަޕް: ޗެލްސީއާއި އާސެނަލްވެސް ކޮލިފައިވެއްޖެ

21 ސެޕްޓެމްބަރު 2017
ލީގު ކަޕް: ޗެލްސީއާއި އާސެނަލްވެސް ކޮލިފައިވެއްޖެ
22 ޖުލައި 2017

މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ

22 ޖުލައި 2017
މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ
06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް