Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ޕޮއިންޓެއް ނުހޯދައި ގިނަ ދުވަހު އޮތުމަކީ ވެލެންސިއާ އަށް ދެރަކަމެއް، ޓާގެޓަކީ މޮޅެއް ހޯދުން: ފެސްކޯ

އެކަމުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ އެންމެހައި ކަންކަން ވެލެންސިއާގެ ޓެކްނިކަލް ޓީމާއި، ކުޅުންތެރިން ވެސް އަންނަނީ ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 03:01
ދިވެހި ލީގުގެ ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ކޯޗު ފެސްކޯ

ދިވެހި ލީގުގެ ޕްރެސް ކޮންފަރެންސްގައި ވެލެންސިއާގެ ކޯޗު ފެސްކޯ

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އިން މިހާ ގިނަ ދުވަސް ވަންދެން ޕޮއިންޓެއް ނުހޯދައި އޮތުމަކީ އެ ޓީމަށް ދެރައެއް ކަމަށް އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ފެސްކޯ މިހެން ބުނީ ވެލެންސިއާގެ ތިން ވަނަ މެޗުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މިހާރު އެންމެ ބޮޑު އަމާޒަކަށް އޮތީ މޮޅެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އޭނާ ބުނީ ވެލެންސިއާގެ ނަމުގައި ނުކުންނަ ޓީމެއް ނަމަ، ލީގުގައި ޕޮއިންޓެއް ނުހޯދައި އޮތުމަކީ ދެރަކަމެއް ކަމަށެވެ. އެހެންކަމުން އެކަމުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ އެންމެހައި ކަންކަން ވެލެންސިއާގެ ޓެކްނިކަލް ޓީމާއި، ކުޅުންތެރިން ވެސް އަންނަނީ ކުރަމުން ކަމަށް ފެސްކޯ ފާހަގަ ކުރި އެވެ. ޚާއްސަކޮށް އެންމެ ފަހުން ވެލެންސިއާ އިން ކުޅުނު މެޗުގައި ދިމާވި މައްސަލަތަކަށް ހައްލު ހޯދުމަށް، އެންމެ ފަހުން ކުރިއަށް ގެންދިޔަ ދެ ފަރިތަކުރުމުގައި މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ. އެއާއެކު ކުރިއަށް އޮތް ބުރު މެޗުގައި އެކަމަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ފެސްކޯ ވަނީ ފާހަގަކޮށްފަ އެވެ.

ކުރިން ޕްރެސްގައި ފާހަގަ ކުރި ގޮތަށް މި ޕްރެސްގައި ވެސް ފެސްކޯ ވަނީ ވެލެންސިއާގެ ހާލަތު އޮތް ގޮތް ބުނެދީފަ އެވެ. އޭނާ ބުނީ މިއަދާ ހަމައަށް އައިއިރު ޓީމުގެ ހާލަތު ބަދަލުވެފައި ނުވާ ކަމަށެވެ. އެގޮތުން އޯލެވެލް އިމްތިހާނު އަދިވެސް ނުނިމޭ ކަމަށާއި، އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް ވެސް ކުރިއަށް ދާ ކަމަށާއި، އެހެންކަމުން އެކަމުގެ ދަތި އަދި ވެސް އޮތް ކަމަށް ފެސްކޯ ބުންޏެވެ. ވެލެންސިއާ އިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އޭރަކު އޮންނަ ހާލަތަކުން އަރައިގަތުމަށްކަން ފާހަގަކުރަމުން ފެސްކޯ ބުނީ، އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ކުރާ ކަމަށެވެ. ޚާއްސަކޮށް ވެލެންސިއާގައި އޮތް ޒުވާން ޓީމުން އެ މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި، އެންމެ ބޭނުން ގޮތުގައި ކާމިޔާބު ނުކުރެވުނު ކަމަށެވެ. ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމަކީ އޭނާ އަށް އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި ފެސްކޯ ފާހަގަ ކުރި އެވެ.

އިދިކޮޅަށް ކުޅެން ޖެހޭ ބުރު ޓީމާ ގުޅޭ ގޮތުން އޭނާ ބުނީ، އެ ޓީމަކީ ފުރަތަމަ ޑިވިޝަަނަށް އައު ނަމެއް ކަމަށެވެ. އެހެން ނަމަވެސް އެ ޓީމުގެ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް އައު ނޫން ކަމަށާއި، އެއީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިންތަކެއް ކަމަށް އޭނާ ބުންޏެވެ. އެއާއެކު ބުރު ޓީމުގައި އޮތީ ވަރަށް ބެލެންސް ޓީމެއް ކަމަށާއި، އެ ޓީމުގެ ކޯޗިން ޓީމަކީ ވެސް ވަރަށް ރަނގަޅު ޓީމެއް ކަމަަށެވެ. އެހެންކަމުން ބުރު ޓީމާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، އެ ޓީމަކީ ވަރަށް ހައިރާން ނަތީޖާތަކެއް ނެރެފައިވާ ޓީމެއް ކަމަށް އޭނާ ބުންޏެވެ. ވެލެންސިއާ އިން ބުރު ޓީމާ ދެކޮޅަށް ނިކުންނާނީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފެސްކޯ ބުނީ މެޗުތަކުގައި ލަނޑު ނުޖެހުމަކީ ކުޅުންތެރިންނާއި އަދި ކޯޗިން ޓީމުގެ ވެސް ހިތްހަމަ ނުޖެހުން އޮންނާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކުޅުންތެރިން އެމީހުންގެ ހިތްވަރު ދޫކޮށްލަން ޖެހޭ ސަބަބެއް ނޫންކަން ފާހަގަކޮށް ފެސްކޯ ބުނީ، އެކަން އެގޮތަށް ނުވާ ކަމުގެ ހެއްކަކީ ކޮންމެ މެޗަކަށްފަހު ދެން އަންނަ މެޗެއްގެ ކުޅުން ފެންނަނީ ރަނގަޅުވުން ކަމަށެވެ. އެކަމަށް އިޝާރާތް ކުރަމުން ފެސްކޯ ބުނީ، ލީގުގައި އެންމެ ފުރަތަމަ ކުޅުނު މެޗާ، އެންމެ ފަހުން ކުޅުނު މެޗު ވަރަށް ތަފާތު ކަމަށެވެ. އެހެންކަމުން ޓެކްނިކަލް ޓީމުގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޒުވާން ކުޅުންތެރިންތަކެއް ކުރިއަރަމުން އަންނަ މަންޒަރު ފެނުން ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.

ވެެލެންސިއާ އިން މި ސީޒަނަށް ކުރިމަތިލީ ޒުވާން ޓީމަކާއެކު އެވެ. އެ ޓީމުގައި ގިނައިން ހިމެނެނީ އިންޓަ ސްކޫލް މުބާރާތުގައި ވިދާލި ކުޅުންތެެރިންނެވެ. ޕްރެޒިޑެންޓްސް ކަޕުން ފެށިގެން ލީގުގެ މިހާ ހިސާބަށް އައިއިރު، ވެލެންސިއާ އެއްވެސް މެޗަކުން މޮޅިވެފައެއް ނުވެ އެވެ. ވެލެންސިއާ އިން ބުރާއި ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު