Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ބޭނުންވަނީ ބިދޭސީ ކުޅުންތެރިން، ބިދޭސީ "ބޮލެއް" ނޫން: ނިޒާމްބެ

ބުރުން ބޭނުންވި ގޮތަށް އެންމެ އެކަށީގެންވާ ދިވެހި ކުޅުންތެރިންނެއް ނުލިބޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 02:59
ދިވެހި ޕްރިމިއާ ލީގުގައި ބުރުން ކުޅުނު މެޗެެއްގައި ނިޒާމްބެ ބެންޗުގައި

ދިވެހި ޕްރިމިއާ ލީގުގައި ބުރުން ކުޅުނު މެޗެެއްގައި ނިޒާމްބެ ބެންޗުގައި

އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ބުރު ސްޕޯޓްސް ކުލަބުން ބޭނުންވަނީ ބިދޭސީ ކުޅުންތެރިން ކަމަށާއި، ބިދޭސީ "ބޮލެއް" ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ނިޒާމްބެ މިހެން ބުނީ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މެޗުގައި ކުލަބު ވެލެންސިއާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މިއީ ލީގު ބްރޭކަށް މެދުކަނޑާލުމުގެ ކުރިން ބުރުން ކުޅޭނެ ފަހު މެޗެވެ. އެހެންކަމުން އެ މެޗުން ތިން ޕޮއިންޓު ހޯދައިގެން ބްރޭކަށް ދިޔުމަކީ މުހިންމު ކަމެއް ކަމަށް މީގެ ކުރިން ވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ނިޒާމްބެ ފާހަގަ ކުރި ގޮތުގައި ބުރުން ބޭނުންވި ގޮތަށް އެންމެ އެކަށީގެންވާ ދިވެހި ކުޅުންތެރިންނެއް ނުލިބެ އެވެ. އެހެންކަމުން ދިގު ލީގެއް ކުރިއަށްދާއިރު، ޚާއްސަކޮށް ކުރިން ދެ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށް ނިޒާމްބެ ޤަބޫލު ކުރެ އެވެ. ނަމަވެސް ނިޒާމްބެ ބުނީ، ކުޅުންތެރިން ހޯދަން ބޭނުންވާއިރު، ދެން ހޯދަން ޖެހޭނީ ވެސް ބިދޭސީ ކުޅުންތެރިން ކަމަށެވެ. އެހެންކަމުން ކުޅުންތެރިން ހޯދުމުގައި ޓީމުގެ މެނޭޖުމަންޓުން ކުރިން ފާހަގަ ކުރި ގޮތަށް، ބިދޭސީ "ބޮލެއް"ގެ ބަދަލުގައި ބިދޭސީ ކުޅުންތެރިން ހޯދުމަށް ސަމާލުކަން ބަހައްޓަން ޖެހޭނެ ކަމަށް ނިޒާމްބެ ދެކެއެވެ. ނިޒާމްބެ މިހެން ބުނީ މިހާރު ލީގުގައި ޓީމުތަކަަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ނިސްބަތުން ދަށްވުމާއެކު އެވެ.

މީގެ އިތުރުން ވެލެންސިއާ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، މިވަގުތު ބުރު ޓީމު އޮތީ އެ މެޗަށް ބޭނުންވާ ފެންވަރަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް އެންމެ ފަހުން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ބުރުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަލީ ހަމްދާން އަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން ކުރިއަށް އޮތް މެޗުގައި ނުކުޅެވުމީ ދަތިވާނެ ކަމެއް ކަމަށް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ. އެ ޓީމުގެ އެހެން ހުރިހާ ކަމެއް ރަނގަޅުކަން ފާހަގަކޮށް އޭނާ ބުނީ، ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗަށް ތައްޔާރަށް ކަމަށެވެ.

ޒުވާން ކުޅުންތެރިންގެ މައްޗަށް ވެލެންސިއާ ޓީމު އެކުލެވިގެން، ރަނގަޅު ޕްރީ ސީޒަނެއް ނެތި ލީގަށް ކުރިމަތިލި ނަމަވެސް، ނިޒާމްބެ ޤަބޫލު ކުރާ ގޮތުގައި އެ މެޗު ބުރަށް ފަސޭހައެއް ނުވާާނެ އެވެ. ޚާއްސަކޮށް ވެލެންސިއާގެ ޒުވާން ކުޅުންތެރިން އަންނަނީ އެއް މެޗަށްވުރެ އަނެއް މެޗު ރަނގަޅު ކުރަން މަސައްކަތްކޮށް، އެކަން ދައްކަމުން ކަމަށާއި، އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުން ވެސް އެކަން ފެނުނު ކަަމަށް ނިޒާމްބެ ބުންޏެވެ. އެގޮތުން އެ މެޗުގެ 43 ވަނަ މިނެޓާ ހަމައަށް ދިޔަ އިރު ވެސް ވެލެންސިއާ އިން ރަނގަޅަށް ކުޅުނު ކަމަށާއި، ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކުރި ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އެންމެ ފަހުން ކުޅުނު މެޗަށްވުރެ، ބުރު މެޗުގައި ރަނގަޅުވާނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި، ބުރުން މެޗަށް ތައްޔާރުވާން ޖެހޭނީ އެ ހުރިހާ ކަމަކަށް ބަލައިގެން ކަމަށް ވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި ވެލެންސިއާ ޓީމަކީ ފަސޭހަ ޓީމެއްގެ ގޮތުގައި ދެކިގެން ކުޅުންތެރިން ތައްޔާރުވެއްޖެ ނަމަ، އެ މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި، އެހެން ނަމަވެސް ޤަބޫލު ކުރަނީ ކުޅުންތެރިން މެޗަށް ތައްޔާރުވާނީ ސީރިއަސްކަމާއެކު ކަމަށް ނިޒާމްބެ ބުނެފައިވެ އެވެ.

ކުރިއަށް އޮތް ބްރޭކާ ގުޅޭ ގޮތުން ނިޒާމްބެ ބުނީ ބުރުން އެ ލިބޭ ބްރޭކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފާނެ ކަމަށެވެ. ޚާއްސަކޮށް އެ ބްރޭކުގައި ރަނގަޅު ޕްރީ ސީޒަނެއް ކުރިއަސް ގެންދާނެ ކަމަށާއި، އެއަށްފަހު ލީގުގައި ދެން ހުރި މެޗުތަކަށް ކުރިމަތިލައި، ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުންޏެވެ. އޭނާ ބުނީ މި ފާއިތުވި ދުވަސް ކޮޅުގައި ކުޅުންތެރިން ދެއްކު ކުޅުމަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި މާ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ބޮޑު އިތުބާރެއް އޮތް ކަމަށެވެ. ނިޒާމްބެ ފާހަގަ ކުރި ގޮތުގައި އެ ބްރޭކަށް ފަހު ބުރު އެންމެ އެކަށީގެންވާ ގޮތުގައި ފެންނާނެ ކަމުގެ ވެސް އުންމީދު ބޮޑު ކަމަށެވެ.

ބުރަކީ އައު ސީޒަނަށް ތިން ވަނަ އަށް ފަރިތަކުރުންތައް ފެށި ޓީމެވެ. ފުރަތަމަ ސީޒަނުގައި ބުރުގެ ފުރަތަމަ މުބާރާތަކަށްވީ ޕްރެޒިޑެންޓްސް ކަޕް އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޓީސީ އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ބުރު ވަނީ ސެމީ ފައިނަލްގައި ކުޅެފަ އެވެ. ދިވެހި ލީގުގައި ބުރުން ވެލެންސިއާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު