Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ، ލުބުނާން އަދި ބަނގްލަދޭޝް ވަރުގަދަ ގްރޫޕަކަށް

17 މެއި 2023 | ބުދަ 07:45

ރާއްޖެ ހިމެނުނީ ދެ ވަނަ ސީޑުގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 17 މެއި 2023 | ބުދަ 07:45
އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.

އިންޑިޔާގައި މިއަދު ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ރާއްޖެ ހިމެނުނީ ލުބުނާނާއި ބަނގްލަދޭޝް އަދި ބޫޓާނާއެކު ބީ ގްރޫޕުގަ އެވެ. މުބާރާތް ބާއްވާ އިންޑިޔާގެ އިތުރުން އޭ ގްރޫޕުގައި ހިމެނެނީ ކުވޭތު، ނޭޕާލް، އަދި ޕާކިސްތާނެވެ.

މުބާރާތުގައި ސީޑްކުރީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން އިންޑިޔާ އާއި ފީފާ ރޭންކިންގެ އެންމެ ކުރީގައިވާ ގައުމުގެ ގޮތުން ލުބުނާނެވެ. ރާއްޖެ ހިމެނުނީ ދެ ވަނަ ސީޑުގަ އެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މި ފަހަރު ކުރިއަށްދާނީ އަންނަ މަހުގެ 21 އިން ޖުލައި 3 އަށް ބެންގަލޫރުގަ އެވެ. މި މުބާރާތް މިހާތަނަށް ބާއްވަމުން އައީ ސާކް ގައުމުތަކަށް އެކަންޏެވެ. ނަމަވެސް މުބާރާތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މި އަހަރުން ފެށިގެން ސާކުން ބޭރުގެ ގައުމުތައް ބައިވެރިކުރަން ވަނީ ނިންމާފަ އެވެ. މި ގޮތުން މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ ކުވޭތާއި ލުބުނާނެވެ.

ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ގައުމަކީ އިންޑިޔާ އެވެ. އެ ގައުމުން 8 ފަހަރު ތަށި ހޯދާފައިވާއިރު ދެ ވަނަ އަށް އެންމެ ކާމިޔާބު ގައުމަކީ ދެ ފަހަރު ތަށި ހޯދާފައިވާ ދިވެހިރާއްޖެ އެވެ. ރާއްޖެ ތަށި ހޯދާފައިވަނީ 2008 އާއި 2018ގަ އެވެ.

މި މުބާރާތަށް ތައްޔާރުވުމަށް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކުޅޭ މެޗުތަކަށް ފަހު ދިވެހި ލީގު މެދުކަނޑާލައި ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަން އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އަދި ބޭރު ގައުމެއްގައި ގައުމީ ޓީމު ކޭމްޕްކުރާނެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް