Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުޝާމްގެ ކޮރަޕްޝަން މައްސަލަ

އުޝާމްގެ ކޮރަޕްޝަން މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅައިފި

މިއީ އަހުމަދު އުޝާމް މިނިސްޓްރީއަށް ދެއްވި ލަފަޔަކާ ގުޅޭ މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 މެއި 2023 | އަންގާރަ 04:23
އަހުމަދު އުޝާމް

އަހުމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްގެ މައްސަލައެއް އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިިފިއެވެ.

އާންމު ފަރާތަކުން އޭސީސީއަށް ހުށައެޅި މި މައްސަލައިގައި ބުނެފައިވަނީ، ކުރީގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްކަންވެސް ކުރައްވާފައިވާ އަހުމަދު އުޝާމް ބަންޑާރަނައިބުގެ އޮފީހުގައި އޭނާ އަދާކުރައްވަމުން ގެންދެވި ވަޒީފާގެ ބޭނުން ކުރައްވައިގެން ނުހައްގު އެތައް މަންފާއެއް ހޯއްދަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބަލާއިރު، ދީބާޖާ އިންވެސްޓްމަންޓްގެ މައްސަލަ އިސްތިއުނާފުނުކޮށް، މައްސަލައިގެ ފައިލު ފޮރުވައިގެން ގެންގުޅުއްވުމަކީ އޭގެ ތެރެއިން އެއް މައްސަލަކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެ މައްސަލަ މިހާރު ވަނީ އޭސީސީއަށްވެސް ހުށައެޅިފައެވެ.

މިހާރު ހުށައެޅިފައި މިވާ މައްސަލައަކީ އއ.އެއްލައިދޫ ކުއްޔަށްދީ ފައިވާ މުއްދަތު 35 އަހަރު ދުވަހަށް އިތުރުކޮށްދިނުމާމެދު ޓޫރިޒަމް މިނިސްޓްރީން ބަންޑާރަނައިބުގެ އޮފީހުގައި ލަފަޔަކަށް އެދުމުން، އޭރުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ ޙައިސިއްޔަތުން އަހުމަދު އުޝާމް މިނިސްޓްރީއަށް ދެއްވި ލަފަޔަކާ ގުޅޭ މައްސަލައެކެވެ.

އޭރު 26 ޖެނުއަރީ 2016 ވަނަ ދުވަހު އުޝާމް ދެއްވި ލަފާފުޅުގެ 2 ވަނަ ނުކުތާގައި އޮންނަނީ މުއްދަތު އިތުރުކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެން ކަމަށެވެ. އެއީ ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ މުއްދަތު 35 އަހަރަށް އިތުރުކުރަން ބޭނުންވެގެން ރަށް ކުއްޔަށް ހިފާފައިވާފަރާތުން އެކަމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާފައި އޮތުމާއި، ރަށުގައި ކުރާ އިންވެސްޓްމަންޓުގެ އަގު 10 މިލިއަން ޑޮލަރަށްވުރެ ބޮޑުވުމެވެ.

 އެ ޝަރުތުތައް ފުރިހަމަވާނަމަ މުއްދަތު އިތުރުކޮށްދެވިދާނޭކަމަށް ފެނިވަޑައިގަންނަވާކަމަށް އޭރު އުޝާމް ދެއްވި ލަފާފުޅުގައި ލިޔުއްވާފައިވެއެވެ.

ސިޓީގައި ބަޔާންކޮށްފައިވަނީ މުއްދަތު އިތުރުކުރުމަށް އެދެންޖެހޭ މުއްދަތުގެ ތެރޭގައި އެކަމަށް އެދި އެއްލައިދޫ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ.

އަދި އެއްލައިދޫގެ ކުލީގެ މުއްދަތު އިތުރުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަންވެސް އޭރު ޓޫރިޒަމް މިނިސްޓްރީން އޮތީ ބަންޑާރަނައިބުގެ އޮފީހަށް އަންގާފައެވެ.

އެހެން އެކަން އޮއްވައި، އެއްލައިދޫ ކުއްޔަށް ހިފާފައިވާ ބޭފުޅާގެ ފަރާތުން މީހަކު އުޝާމްއާ ބައްދަލު ކުރެއްވި ކަމަށާއި، އެހިސާބުން އުޝާމް އޭނާގެ ލަފާ ބަދަލު ކުރައްވާފައިވާކަަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން މި ލަފާފުޅުގައި ވިދާޅުވެފައި އޮތީ ކުލީގެ މުއްދަތު އިތުރުކުރުމަށް ކުއްޔަށްހިފާފަރާތުން އެދިފައި ނެތްނަމަވެސް މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށެވެ.

ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި އުޝާމް އެ މލަފާފުޅު ދެއްވީ 3 ފެބުރުއަރ 2016 ގައެވެ.

ކުރިން ދެއްވި ލަފާފުޅުގައި ވިދާޅުވެފައި އޮތް 2 ޝަރުތުގެ ތެރެއިން އެއް ޝަރުތު ދޫކޮށްލައްވައި، އެއާ ފުށުއަރާ އައު ލަފާފުޅެއް ދެއްވީ އެއްލައިދޫ ކުއްޔަށްހިފާފަރާތާއެކު ބޭއްވުނު ބައްދަލުވުމަށް ފަހުގައިކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އަދި އޭގެ ބަދަލުގައި އެއްލައިދޫ ކުއްޔަށް ހިފި ފަރާތުގެ ކިބައިން އުޝާމް ރިޝްވަތު ނަންގަވާފައިވަކަމަށް ސިޓީގައި ވަނީ ތުހުމަތުކޮށްފައެވެ. މިއީ މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި ނާޖާއިޒު މަންފާ ހޯދައިދިނުންކަން ފާހަގަ ކުރައްވައި ސިޓީގައި ވަނީ މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އޭސީސީގެ ކިބައިން އެދިފައެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު