Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މެއި 31 ގައި

ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 77 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފައިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 މެއި 2023 | އަންގާރަ 02:56
އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެ

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެ

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި ބާއްވަން އެ ކުންފުނިން ތާވަލު ކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ޖަލްސާގައި ބައިވެރިވެވޭނީ 24 އޭޕްރިލް 2023 ވީ ހޯމަ ދުވަހުގެ ނިޔަލަށް ކުންފުނިގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށެވެ. މި ހިއްސާދާރުންގެ ތެރެއިން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް މިހާރު ވަނީ ޖަލްސާގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ތިން ގޮތަކުން ހިއްސާދާރުންނަށް ބައިވެރިވެވޭނެއެވެ. އެއީ ހިއްސާދާރު އަމިއްލައަށް ޖަލްސާއަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ބައިވެރިވެގެން ނުވަތަ ޕްރޮކްސީ މެދުވެރިކޮށެވެ. އެހެންކަމުން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން އެ ކުންފުނީގެ ރަޖިސްޓްރޭޝަން ޕޯޓަލް (portal.sto.mv) މެދުވެރިކޮށް ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.

މިއަހަރު ބާއްވާ އެސްޓީއޯގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ހިސާބުތައް ފާސް ކުރުމާއި ހިއްސާގެ ފައިދާ ފާސް ކުރުމާއި ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ޑިރެކްޓަރަކު އައްޔަން ކުރުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.

އެސްޓީއޯގެ ބޯޑުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 77 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފައެވެ. ހިއްސާގެ ފައިދާ ލިބޭނީ 24 އޭޕްރިލް 2023 އާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
12 ޖޫން 2017

މެއި މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި

12 ޖޫން 2017
މެއި މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު