Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުއްގިރި މައްސަލަ

ޔާމީނަށް އަނެއްކާވެސް ނާކާމިޔާބު: އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް

15 މެއި 2023 | ހޯމަ 16:54

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްގެންދިޔައީ ކްރިކް ރިޒާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާއެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 މެއި 2023 | ހޯމަ 16:54
ފުއްގިރި މައްސަލައިގެ ޝަރީއަތް

ފުއްގިރި މައްސަލައިގެ ޝަރީއަތް

ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކްރިކް ރިޒާގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރައްވާފައިވާ މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައުޔު އިއްވަވާފައެވެ. އެގޮތުން ޔާމީނުގެ ފަރާތުން ހައިކޯޓަށް ހުށައެޅި 3 އިސްތިއުނާފީ ނުކުތާއަށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަލިއަޅުވާލައްވާފައެވެ.

ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމުމާ ގުޅިގެން އިސްތިއުނާފުކުރެއްވި ނުކުތާއެއް ހިމެނެއެވެ. އެގޮތުން ދައުވާއާ ގުޅުންހުރި އިތުބާރު ހިފޭ ހެއްކާއި، ދައުވާއާ ގުޅުން ނެތް ހެކިތައް ވަކި ކުރަން ޖެހޭކަން ޔާމީނުގެ ފަރާތުން ފާހަގަކުރިނަމަވެސް، އެ ނުކުތާ ހައިކޯޓުން ބަލައިގެންފައިނުވާތީ ޔާމީނު ވަނީ އެ ނުކުތާ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ގުޅުން އޮތް ހެއްކާ ގުޅޭ ކަންކަމަކީ ކޮބައިކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ގަޒިއްޔާތަކާއި، ހެއްކާބެހޭ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގުޅުން ހުރި ވާޤިއާ (ފެކްޓްސް) އާއި، ގުޅުން ނެތް ވާޤިއާއެއް ގުޅުންހުރި ވާޤިއާއަކަށް ބަދަލުވެދާނެ ޙާލަތްތަކާއި، ނިޔަތާ ގުޅުންހުރި ވާޤިއާ ތަކަކީ ކޮބައިކަން ޤާނޫނުގެ އަލީގައި ފަނޑިޔާރު ވަނީ ސާފު ކޮށްދެއްވާފައެވެ.

ގުޅުންހުރި ހެކިތަކަކީވެސް ޤާނޫނީ ޝަރުތުތައް އޭގައި ފުރިހަަމަވާން ޖެހޭ ހެކިތަކަކަށް ވާން ޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މިސާލަކަށް އެއީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް ވުން ފަދަ ޝަރުތުތައް ފުރިހަމަވާން ޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، އެ ހެކިބަހަށް ދޭންވާ ބުރަދަން ނިންމަވާނީ ފަނޑިޔާރު ކަމަށާއި، އެކަން ކުރާނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ގުޅުން ނެތް ހެއްކެއް ބަލައިގެންފައިވާ ޙާލަތުގައިވެސް، އޭގެ ސަބަބުން މުޅި މައްސަލައިގެ ނިންމުމަށް އަސަރުކޮށް، އަދުލު އިންސާފު ގެއްލިގެން ގޮސްފައިނުވާނަމަ، ޝަރީއަތް ކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލު ކުރަން ނުޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ދަށު ކޯޓަށް ހުށަހެޅުނު މައްސަލައަށް ބަލާއިރު، ވަކިވަކި ހެކިތައް ބަލައިގަންނަން ނިންމެވި ސަބަބުތައް ބަޔާން ނުކޮށް، ހުރިހާ ހެއްކެއް އެކުއެކީގައި ބަލައިގަންނަން ނިންމެވީ ކަންފަސޭހަކޮށް ކަމަށް ފަނޑިޔާރު ސިފަ ކުރެއްވިއެވެ. ނަމަވެސް އެކަމަކީ ޝަރީއަތުގެ ކުރީގެ މަރުޙަލާ އަލުން ފަށަން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ސަބަބަކީ ވަކިވަކި ހެކިތަކާމެދު ތައުނު ކުރުމުގެ ފުރުސަތު ޝަރީއަތުގެ މަރުޙަލާގައި ލިބިދޭތީކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން އަލަށް އަމަލުކުރަންފެށި ގާނޫނުގައި ވާ ގޮތުގެ މަތިން، ހެކި ބަލައިގަތުމާ ގުޅޭ ހުށައެޅުންތައް ހުށަހެޅުމުގެ ފުރުސަތު ނުލިބޭކަމަށް ބުނެ ހުށައެޅި ނުކުތާއެއްވެސް ހިމެނެއެވެ. އެގޮތުން އަދީބާއި ޒިޔަތަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކުރައްވައި، އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފައިވެއެވެ.

އެ ނުކުތާގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ހެއްކާބެހޭ ޤާނޫނުގެ އުސޫލުތައް މާޒީއަށް ތަތުބީޤު ކުރުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ. ފުއްގިރި މައްސަލައިގައި އަދި ހެކިބަސްވެސް ނަގާފައިނުވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ހެކިތަކުގެ އަދާވަތްތެރިކަމާއި ގުޅޭގޮތުން ޝަރީއަތުގައި ތައުނު ކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ގޮސްފައިނުވާކަމަށެވެ. ވުމާއެކު އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބަޔާންކުރައްވައި ހުށަހެޅުއްވި ނުކުތާއެއްވެސް ހިމެނެއެވެ.

ދަށު ކޯޓުގައި ޔާމީނުގެ ފަރާތުން 5 ހެއްކެއް ހާމަކޮށްދޭން އެދުނެވެ.

ހެކި ހާމަ ކުރުމާ ގުޅޭ ނިންމުންތައް ނިންމާއިރު، ގުޅުން ހުރި ހެއްކެއްތޯ ބެލުމާއި، އެއީ ހާމަ ކުރެވޭ ބާވަތުގެ ހެއްކެއްތޯ ބެލުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މި ނުކުތާއާ ގުޅިގެން ދަށު ކޯޓުންނާއި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ މާނަަކޮށްފައިވަނީ ރަނގަޅަށްކަމަށް ދެކިލައްވާ ކަމަށެވެ.

ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފު ހުށަހަޅާފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ.

އޭގެ ތެރޭގައި ދައުވާ ހުށަހެޅުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް ހުށަހެޅި 2 ހުށައެޅުމަކާއި، ހެއްކާ ގުޅޭ 2 ހުށައެޅުމަކާއި ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވާތީ އިސްތިއުނާފު ކުރި ނުކުތާތަކެއް ހިމެނެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޔާމީނުގެ މައްސަލައާއި ކްރިކް ރިޒާގެ މައްސަލައިގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަަމަށް ދެކިނުލައްވާކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް