Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބާސެލޯނާ

ތަށި ލިބުނަސް ބާސެލޯނާގެ ކުރިމަގާމެދު ކުރެވޭ ސުވާލުތައް؟

ކުޅުންތެރިން ހޯދުމާއެކު ހޭދަކުރުމުގެ ގޮންޖެހުން ބޮޑު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 15 މެއި 2023 | ހޯމަ 10:42
ބާސެލޯނާގެ ރައީސް ލަޕޯޓާ

ބާސެލޯނާގެ ރައީސް ލަޕޯޓާ

ވާދަވެރި އެސްޕަނިޔޯލް ބަލިކޮށް ބާސެލޯނާއިން ވަނީ އާދިއްތަ ދުވަހުގެ ރޭ ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ބާސެލޯނާއިން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ތަށި ހޯދިއިރު ލީގުގައި ބާކީ ހަތަރު މެޗު އެބައޮތެވެ. މިއީ 21 ވަނަ ގަރުނުގައި ސްޕެނިޝް ލީގު ބަޔަކު ކާމިޔާބުކުރި އެންމެ އަވަސް އެއް ފަހަރެވެ. ޗެމްޕިއަންސް ލީގާއި ކޮޕާޑެލްރޭއިން ކެޓިނަމަވެސް, ލީގު ލިބުމުން މިއީ ކާމިޔާބު ސީޒަނެއް ކަމަށް ބެލެވިދާނެއެވެ. އެކަމަކު މި ތައްޓާއެކު ކުލަބުގެ ކުރިމަގާމެދު ކުރެވޭ ސުވާލުތައް ގިނައެވެ.

ބާސެލޯނާގެ ތަށި ހޯދުމުގެ ސިއްރަކީ ޑިފެންސް ވަރުގަދަވުމެވެ. ސީޒަނުގައި އެމީހުން ވަނީ މިހާތަނަށް 1-0ގެ ފަރަގުން 11 މެޗެއް ކާމިޔާބުކޮށްފައެވެ. ބައިކޮޅަށް ވަނީ އެންމެ 13 ގޯލެވެ. މިހެންވެ 18 ގޯލުގެ ލީގުގެ ރެކޯޑު ފަހަނައަޅައިދިއުމުގެ ފުރުސަތު ބޮޑެވެ.

ބާސެލޯނާގެ ޑިފެންސް ވަރުގަދަވީ މި ސީޒަނަށް ގެނައި ކުޅުންތެރިންނާއި ބަދަލުތަކުގެ ސަބަބުންނެވެ. ވާތު ބެކަށް އެކަޑަމީން ގެނައި ޒުވާން އެލެކްސް ބަލްޑޭ ލާފައި، ކަނާތު ބެކަށް ހޫލްސް ކޫންޑޭ ލުމުން ޓީމު ވަރުގަދަވިއެވެ. ކޫންޑޭ ގެނައީ ސެންޓަރ ބެކަކަށް ކުޅުވާށެވެ. ނަމަވެސް އޭނާ ލައްވައި ކުޅުވަނީ އެމަގާމަށް ކުޅޭނެ ރަނގަޅު މީހަކު ނެތުމުންނެވެ. މި މަގާމަށް ހެކްޓާ ބެލެރިން ރަނގަޅުވާނެކަމަށް ގެނަޔަސް އޭނާ އަނބުރައި ފޮނުވީ އެންމެ ތިން މެޗަށް ފަހުއެވެ. ހަގީގަތުގައި 2016 ވަނަ އަހަރު ޑެނީ އަލްވެސް ދިޔަފަހުން ބާސެލޯނާގެ ކަނާތު ބެކެއްގެ މަގާމު އޮތީ ހަމަޖެހުމެއްނެތިއެވެ. ޓީމަށް އަލަށް ގެންދިޔަ އަދްރޭންސް ކްރިސްޓިއަންސެން ވަނީ ފުރަތަމަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އުރުގުއާއީގެ ވަރުގަދަ ޑިފެންޑަރު ރޮނަލްޑޯ އަރައުހޯގެ މޮޅު ކުޅުމުގެ ސަބަބުން އޭނާ ނޫން މީހަކަށް ޖާގަ ދެވޭކަށް ނެތެވެ. ބާސެލޯނާގެ މެނޭޖްމަންޓުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކަނާތު ބެކެއް ހޯދުމުގެ މައްސަލައެވެ. މިކަމަށް ދަތިވަނީ މާލީ ތަނަވަސްކަން ކުޑަވުމުންނެވެ.

މި ސީޒަނަށްފަހު ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކުޅުން ހުއްޓާލާނެއެވެ. ކޯޗު ޒަވީ ހަނާންޑޭ ބުނާގޮތުގައި ބުސްކެޓްސްއަކީ ފާއިތުވެދިޔަ 18 އަހަރު ދުނިޔެ ދުށް އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރެވެ. ބާސެލޯނާގެ ތަށި ލިބުމުގެ މައި އެއް ސަބަބަކީވެސް ބުސްކެޓްސްގެ ޑިފެންސިވް ރޯލު ރަނގަޅުވުމެވެ.

އޭނާ ނެތުމުން އެ މަގާމަށް ގެންނާނެ ކުޅުންތެރިން ބައިވަރެވެ. މެންޗެސްޓަރ ސިޓީގެ ކޮންޓްރެކްޓް ނިމެމުންދާ އިކާއީ ގުންޑޮގަންއަކީ މެދަށް ގެންނާނެކަމަށް ބެލެވޭ ފުރަތަމަ ކުޅުންތެރިޔާއެވެ. ނަމަވެސް ސުވާލަކީ ބުސްކެޓްސް ނެތްތަން ފޫބައްދަން ގެންނާނެ ކުޅުންތެރިއަކަށްވުރެ ބޮޑަށް އެކަން ކުރާނެ ގޮތެކެވެ. ބާސެލޯނާގެ މެދުތެރެ ބިނާވެފައިވަނީ ޕޮޒިޝަނަލް އަދި ހަލުވި، ޕާސިންގ ކުޅުމެއްގެ މައްޗަށެވެ. ޒަވީ މި ސީޒަނުގައި ކުޅުވީ ހަތަރު މިޑްފީލްޑަރުންގެ ބޮކްސްތަކެއްގައި ކުޅުންތެރިންގެ މައިގަނޑު އެތުރުން ބަހައްޓައިގެންނެވެ. މީގެ ސަބަބުން އެޓޭކިންގ އޮޕްޝަންސް މަދުވިޔަސް ޓީމުގެ ޑިފެންސިވް ބައި ވަރުގަދަވިއެވެ. އެކަމަކު ފްރޭންކީ ޑިޔޮންގާއި ޕެޑްރީއާއި ގަވީ ޓީމުގައި ތިބޭއިރު ބުސްކެޓްސް ނެތުމުން ޓީމުގެ ރޭވުންތެރިކަމަށް ބޮޑު ބަދަލެއް ގެންނަންޖެހޭނެއެވެ. ވަރުގަދަ މިޑްފީލްޑަރު ކެސިއޭ ދޫކޮށްލަން ބާސެލޯނާ ވަނީ އަމާޒުހިފާފައެވެ.

ލަޔޮނަލް މެސީއަކީ ބާސެލޯނާގައި އުޅެބޮޑުވި، އެކުލަބަށް ހިތްޖެހިފައި ހުރި ކުޅުންތެރިއެކެވެ. އޭނާ މީގެ ދެ އަހަރު ކުރިން ކުލަބު ދޫކޮށްލީ މާލީގޮތުން ބާސެލޯނާ އަޑިއަޅައިލުމުން, މަޖުބޫރު ވެގެންނެވެ. އެނބުރި ބާސެލޯނާއަށް އައުމަކީ އޭނާގެ ކުލަބާއި ސަޕޯޓަރުން އެންމެ އެދޭ ގޮތެވެ. މިކަން ކުރަން ބާސެލޯނާވެސް ދަނީ ގުރުބާނީތަކެއް ވަމުންނެވެ.

އެކަމަކު 36 އަހަރުގައި މެސީއަށް ކޯޗު ޒަވީގެ އެގްރެސިވް އަދި އަވަސް ޕްލޭނުގައި ދޭނީ ކޮން ރޯލެއް ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ސަބަބަކީ 35 އަހަރަށްދާ، ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވޮންޑޯސްކީވެސް ޓީމުގައި ހުރުމެވެ. މިހާ ދުވަސްވީ ދެ ކުޅުންތެރިން ލައިގެން ޒަވީ ޓީމު ޕްލޭންކުރާއިރު ޒުވާން ގިނަ ފޯވަޑުންގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނެއެވެ. އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ކިރިޔާވެސް ރަނގަޅަށް ކުޅުނީ ފެރަން ޓޮރޭޒެވެ. އަންސޫ ފަޓީގެ ފޯމު ގެއްލި، ގިނައިން ހުރީ އަނިޔާގައެވެ. ރަފީނިއާއަށް އެކަށީގެންވާވަރާ ގާތަށްވެސް ނުކުޅެވެއެވެ. ޑެމެބްލޭއަށް އަނިޔާވާލެއް އަވަސްވެފައި ރަނގަޅުވާން ގިނަ ދުވަސް ނަގައެވެ. މެނޭޖްމަންޓުން ބޭނުންވަނީ މާލީގޮތުން މެސީއަށާއި އަލަށް ގެންނަ ކުޅުންތެރިން ޖާގަ ހެދުމަށް، ފަޓީއާއި ޓޮރޭޒް އަދި ރަފީނިއާ ވިއްކާލާށެވެ.

މެސީ ގެނައުމަކީ ކުޅިވަރުގެ ރޮނގުން ހެޔޮ، ކުލަބަށް ފައިދާވާނެ ބަދަލެކެވެ. އެކަމަކު މާލީގޮތުން އޭނާ އެކޮމޮޑޭޓްކުރަން ބާސެލޯނާ ގުރުބާނީތަކެއް ވާންޖެހެއެވެ.

ޓްރާންފަރ ޗީފް، މެތިއު އަލެމްނީ ކުލަބު ދޫކޮށް އެސްޓަން ވިލާއަށް ބަދަލުވުމަކީ ބާސެލޯނާއަށް ލިބުނު ގެއްލުމެކެވެ. އޭނާއަކީ ނަން ހިނގާ ތަޖުރިބާކާރެކެވެ. ނަމަވެސް އަލެމްނީއާއި ކުލަބުގެ ރައީސް ޖޯން ލަފޯޓާގެ މެދުގައި ހިލާފުތަކެއް އެބަހުއްޓެވެ. އެއްކަމަކީ މެސީ ގެނައުމާމެދު އަލެމްނީގެ ހިޔާލު ތަފާތުވުމެވެ.

ބާސެލޯނާއިން ސްޕެނިޝް ލީގުގެ މާލީ ގިންތިތަކާ އެއްހަމައަކަށް ދިއުމަށް މަދުވެގެން 100 މިލިއަން ޔޫރޯ ހޯދަންޖެހެއެވެ. ކުޅުންތެރިން ގަނެވެން އޮތީ މިއަދު ބައެއް ކުޅުންތެރިން ވިއްކާލައި، މުސާރައިގެ ބިލް ކުޑަކުރެވިގެންނެވެ. މިހާރު ތިބި ގިނަ ކުޅުންތެރިން ވިއްކަން އޮތް ހުރަހަކީ ރަނގަޅު އަގެއް ލިބޭނެކަމުގެ ޔަގީން ނެތުމާއި ބައެއް ކުޅުންތެރިން ދާން ބޭނުންނުވުމެވެ. އަންސޫ ފަޓީއަކީ މީގެތެރެއިން ކުޅުންތެރިއެކެވެ.

ދެން އޮތީ އަންނަ ސީޒަނުގައި އާމްދަނީ މަދުވާނެކަމަށް ބެލެވޭ މައްސަލައެވެ. ކުލަބުގެ ސްޓޭޑިއަމް އަލުން ބިނާކުރުމަށް، ބާސެލޯނާއަށް ނޭމްޕްނޯ ނޫން ދަނޑެއްގައި މެޗު ކުޅޭނަމަ، ކުރިއަށް އޮތް ސީޒަނުގައި 50 މިލިއަން ޔޫރޯ ގެއްލިގެންދާނެއެވެ. މި ފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތް ގިނައިރު، ކުލަބުގެ މުސާރައިގެ ބިލް ކުޑަކުރުމަށް އެޑްމިނިސްޓްރޭޓިވް ވަޒީފާތަކުގެ މުސާރަތައް ކުޑަކުރަން ވަނީ ނިންމާފައެވެ. އަދި ހިންގުމުގެ ހަރަދު ކުޑަކުރުމަށްވެސް ނިންމިއެވެ. މިކަންކަން ތަންފީޒުކުރަން ފަސޭހަ ނުވާނެކަން އެނގޭއިރު، އަލެމްނީގެ ބަދަލުގައި ރަނގަޅު ސްޕޯޓިންގ ޑިރެކްޓަރަކު ނުވަތަ ޓްރާންސްފަރ ޗީފަކު ހޯދުމަށްވެސް އާ ސީޒަނުގެ އެންމެ ބާރުބޮޑު ދުވަސްވަރު ބާސެލޯނާއަށް ވަނީ އަތްފުނާ އަޅަންޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި "މޮޔަ" ސިފަ ޖެހިފައި؟

21 ޑިސެމްބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

ސޫކީގެ ވާހަކަފުޅުން ފާހަގަ ކުރެވޭ 5 ނުކުތާއެއް

19 ސެޕްޓެމްބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

09 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު