Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑު އުޅަނދު ފަހަރު ޗެކުކުރުން

ކަނޑު އުޅަނދުފަހަރު ޗެކުކުރުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ރަނގަޅު ނަތީޖާ ފެނޭ: ކޯސްޓްގާޑް

15 މެއި 2023 | ހޯމަ 06:50

މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާކަން ފާހަގަކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މެއި 2023 | ހޯމަ 06:50
ކަނޑު އުޅަނދުފަހަރު ޗެކުކުރުމުގެ އޮޕަރޭޝަންގެ ތެރެއިން

ކަނޑު އުޅަނދުފަހަރު ޗެކުކުރުމުގެ އޮޕަރޭޝަންގެ ތެރެއިން

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކުކުރުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ރަނގަޅު ނަތީޖާ ފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މޭޖަރ މުހައްމަދު ނައީމް ވިދާޅުވީ އުޅަނދުފަހަރު ޗެކުކުރުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ރަނގަޅު ނަތީޖާ ފެންނަ ކަމަށެވެ. އެގޮތުން މިހާރު ގިނަ ކަނޑު ދަތުރުކުރާ އުޅަނދުފަހަރުތަކުގައި ލައިފްޖެކެޓް ހުންނަ ކަމަށާއި، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ދޯނިފަހަރުތަކުގައި ގެންގުޅޭ އާލާތްތައް ފެންވަރު މަތިވެ، ހޭލުންތެރިކަން އިތުރުވާ ކަމަށެވެ.

Advertisement - newsAdvertisement

މިފަހުން ހިނގާދިޔަ ކަނޑުމަތީގެ ހާދިސާތަކަށް އިޝާރާތް ކުރައްވައި ނައީމް ވިދާޅުވީ އުޅަނދުގައި ތިބި އެންމެން ތިބީ ލައިފް ޖެކެޓް އަޅައިގެން ކަމަށާއި، އެންމެން ތިބީ ވެސް އެއްކޮށް ކަމަށެވެ. އަދި ހާދިސާ ރިޕޯޓު ކުރިއިރު ވަރަށް ފުރިހަމައަށް މައުލޫމާތު ހިއްސާކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ރަނގަޅު ނަތީޖާ ކަމަށެވެ.

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކުކުރުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތަކުގެ ރަނގަޅު ނަތީޖާ ފެންނަ ކަމަށް ކޯސްޓްގާޑުން ބުނެފައިވާއިރު، މިފަހުން ފިތުރު އީދު ބަންދާ ދިމާކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ "އޮޕަރޭޝަން ފިތުރު 2023" ނަމުގައި، ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ސިލްސިލާކޮށް މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލައެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުގެ ކެޕްޓަންގެ އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން ބަލައެވެ. އަދި މާލޭގެ ބަނދަރުން ފުރާ އުޅަނދުފަހަރާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކުކުރުމުގެ އިތުރުން މިފަދަ އޮޕަރޭޝަންތައް އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ކޯސްޓުގާޑުން ކުރިއަށް ގެންދެއެވެ.

މީގެ އިތުރުން މޫސުންގޯސް ދުވަސްވަރު ދަތުރުކުރާނަމަ މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުކުރުމަށާއި، ދުވާލުގެ ވަގުތު ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ. އަދި ދަތުރަށްފުރުމުގެ ކުރިން އެމައުލޫމާތު ކޯސްޓްގާޑަށް ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް