Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ރާއްޖޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އެކަނިވެރިކަމާއި ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ ފަރާތްތައް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 މެއި 2023 | ބުރާސްފަތި 05:36
އުމުރުން ދުވަސްވީ މީހުން

އުމުރުން ދުވަސްވީ މީހުން

އުމުރުން ދުވަސްވުމަކީ ނުވަތަ މުސްކުޅި ވުމަކީ އެމީހަކު ބާކީ ކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. ކޮންމެ މީހަކު ވެސް އަޅާލުމާއި ލޯބި ބޭނުންވާނެ ފަދައިން އުމުރުން ދުވަސްވެފައިވާ މީހުން ވެސް އެ އަޅާލުމާއި ލޯބި ބޭނުންވާނެއެވެ. ހާއްސަކޮށް އަމިއްލަ އާއިލާގެ ފަރާތުން އެ އަޅާލުން ބޭނުންވާނެއެވެ. ނަމަވެސް ގިނަ ފަހަރަށް މުސްކުޅި މާމަ އާއި ކާފަ، މަންމަ އާއި ބައްޕަ ހުންނަނީ ބާކީކޮށްފައެވެ.

މިފަދަ އިހުމާލުގެ ވާހަކައެކެވެ. ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ "އޭޖްޑް ކެއަރ މޯލްޑިވްސް" އަކީ ގޭގެއަށް ގޮސް ޚިދުމަތްވެސް ދެމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން މި ޚިދުމަތް ދިނުމުގެ ކުރިން އެސެސްމަންޓެއް ހެދުމަށް ގޭގެއަށް ގޮސް އެތަނެއްގެ ހާލަތު ބަލައި ހަދައެވެ. އެ ޖަމިއްޔާގެ ޕްރޮގްރާމް އޮފިސަރު އައިމިނަތު ޝާއިރާ މާލޭގެ ގެއަކަށް ދިޔައީ އާއިލާއިން ގުޅައިގެން އެގޭގައި އޮތް އުމުރުން ދުވަސްވީ މީހަކަށް ޚިދުމަތް ދިނުމުގެ ކުރިން އެސެސްމަންޓް ހެދުމަށެވެ. ދިއުމުގެ ކުރިން އާދައިގެ މަތިން އާއިލާއަށް މުސްކުޅި މީހާ އެސެސް ކުރުމަށް ތައްޔާރު ކޮށްފައި ބޭއްވުމަށް އޭނާ އެދުނެވެ. އެއީ އެ މީހެއްގެ ސިއްހީ ހާލަތުވެސް ދެނެގަންނަން ޖެހޭތީއެވެ.

ޝާއިރާ "ރާއްޖެ ޓީވީ" އަށް ކިޔައިދިން ގޮތުގައި އޭނާ އެ ގެއަށް ދިއުމުން ފެނުނު މަންޒަރުތަކުން އޭނާ ރޮއްވާލިއެވެ. އެއީ އެ ގޭގައި އޮތް މުސްކުޅި މީހާގެ ހާލަތު ފެނިފައެވެ. އެސެސް ކުރުމަށް އެ މީހާ އަޅާފައި އޮތް ބެޑްޝީޓް ހިއްލާލިއިރު އެ މީހާގެ ގައިގެ ވަށައިގެން ހިންޏެވެ. އަދި އެ މީހާއަށް އޮތީ ބޮޑުކަމުދެވިފައެވެ. އެހެންކަމުން ހިނިތަކުން ސަލާމަތްވާން ކުރި މަސައްކަތުން މުޅި އަތުގައިވެސް ހުރީ ބޮޑުކަމުދާތަކެތި ހޭއްކިފައެވެ.

މި މަންޒަރު ފެނުމުން ޝާއިރާ، އޭރު އެ ގޭގައި ހުރި އަންހެން މީހާ ކައިރީ އެވާހަކަތައް ބުނުމުން އެއީ އޭނާއަށް މާބޮޑު ކަމަކަށް ނުހެދިއެވެ. އެ މީހާ ސާފުކުރުމަށް ޝާއިރާ އެދުމުން "ބައްޕަ" ސާފު ކުރެވޭނީ ފިރިމީހާ ގެއަށް އައި ވަގުތަކުން ކަމަށް އެއަންހެން މީހާ ޖަވާބުގައި ބުނި ކަމަށް އޭނާ ބުންޏެވެ.

މިފަދަ ކިތައް މުސްކުޅިންނެއް އުޅޭނެއެވެ. އާއިލާގެ ތެރޭގެ ހަމަޖެހުން ބޭއްވުމަށް އެވާހަތައް ނުދައްކައި ތިބެދާނެއެވެ. ނަމަވެސް އެފަދަ ކަންކަމުގެ އަސަރު އެ ފަރާތްތަކަށް ނަފްސާނީ ގޮތުން ކުރާނެއެވެ. 2020 ވަނަ އަހަރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އެކަނިވެރިކަމާއި ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކެވެ.

އުމުރުން ދުވަސްވެފައިވާ މީހުންނަށް ކުރާ ތަފާތު އަނިޔާގެ ވާހަކަތައް މަދުން ނަމަވެސް ރާއްޖޭގެ ނޫސްތަކުގެ ފަލަސުރުހީތަކަށް އަރައެވެ. ޖިންސީ އަނިޔާ އާއި ޖިސްމާނީ އަނިޔާތަކުގެ ވާހަކަތަކެވެ. ޖިސްމާނީގޮތުން އަނިޔާ ނުކުރި ނަމަވެސް އެ އުމުރުގެ މީހުން ބާކީކޮށް، އިހުމާލުވުމަކީ ވެސް އަނިޔާއެކެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވެސް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ 84 މައްސަލައެއް އެ މިނިސްޓްރީއަށް ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

ބައެއް ފަހަރު ގޭގައި ދިރިއުޅޭ ނުވަތަ އާއިލާގެ ތެރޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނަށް އާއިލާގެ ތެރެއިން އެހާ މުހިންމު ކަމެއް ނުދެވެއެވެ. މީގެ ސަބަބުން ވެސް އެ ފަރާތްތަކަށް އެކަނިވެރިކަން އިހުސާސް ކުރެވެއެވެ. އޭގެ ބަދަލުގައި އާއިލާގެ މުހިންމު ކަންކަމުގައި އެ ފަރާތްތަކާ މަޝްވަރާކޮށް ގޭތެރޭގެ ކުދިކުދި ކަންކަން ކުރުމުގައި އެ ފަރާތްތަކުގެ އެހީ ހޯދުމަކީ އެ އެކަނިވެރިކަން ފިލާނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް!

ބަޑިޖަހާ މަރާއިރު، ކުޑަކުއްޖެއް، އަންހެނެއް، މުސްކުޅިއެއް ބެލުމެއް ނެތް!

05 ސެޕްޓެމްބަރު 2017
ކުޅުދުއްފުށީ ޕެރޭޑުން ސަރުކާރަށް "އަސަރުކޮށްފި"!

ކުޅުދުއްފުށީ ޕެރޭޑުން ސަރުކާރަށް "އަސަރުކޮށްފި"!

03 ސެޕްޓެމްބަރު 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު