Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ފުރަތަމަ ހާފުގައި ދަށް، ދެ ވަނަ ހާފު ރަނގަޅު: ނިޒާމްބެ

ބުރުގެ އަތް މައްޗަށް މެޗު ގެނެވުނީ ފަހު ވަގުތުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2023 | އާދީއްތަ 19:35
ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާ ދެކޮޅަށް ބުރުން ކުޅުނު މެޗުގައި ނިޒާމްބެ

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާ ދެކޮޅަށް ބުރުން ކުޅުނު މެޗުގައި ނިޒާމްބެ

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ދަށް ކުޅުމެއް ކަމަށާއި، އެހެން ނަމަވެސް ދެ ވަނަ ހާފުގައި އެކަން ރަނގަޅުކޮށްގެން ކުޅުނު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ބުރުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކުލަބު އީގަލްސް އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ޓީސީ އަތުން މޮޅުވީ އިތުރު ވަގުތުގައި ލަނޑު ޖަހައިގެންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، ކުޅުން ދަށްވި ނަމަވެސް ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކަންތައް ފެނުނު ކަމަށެވެ. އެއީ ފުރަތަމަ ހާފުގައި ދަށް ކުޅުމެއް ފެނުނު ނަމަވެސް، ޑިފެންސިވް ޓެކްޓިކްސް ވަރަށް ރަނގަޅަށް ހިފަހައްޓައިގެން ކުޅުން ކަމަށް ނިޒާމްބެ ބުންޏެވެ. ފުރަތަމަ ހާފުގައި ބޯޅަ ކުޅެން ކުޅުންތެރިން މަސައްކަތް ނުކުރާ ކަމަށާއި، ދެ ވަނަ ހާފުގައި ކިޔައިދިން ހުރިހާ ކަމެއް ރަނގަޅުކޮށްގެން، ވަރަށް ރަނގަޅަށް މަސައްކަތް ކުރި މަންޒަރު ފެނުން ކަމަށް ވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ކުރިން ޓީސީ އަށް ކޯޗުކޮށްދިން ނިޒާމްބެ ބުނީ އޭނަގެ ކުރީގެ ޓީމުގެ ބެންޗުގައި ތިބި ގިނަ ބަދަލު ކުޅުންތެރިންނަކީ ހާނިއްކަވެފައި ތިބެފައި ކުޅެން ނިކުންނަން ޖެހޭ ކުޅުންތެރިން ކަމަށާއި، އެކަމުގެ އެޑްވާންޓޭޖު ނެގޭނެ ކަމަށް ބެލި ކަމަށެވެ. ޚާއްސަކޮށް ފަހު ހާފުގައި މެޗު ނިމެން ދިޔަ ވަގުތުގައި މުޅި ގޭމު، ބުރުގެ އަތް މައްޗަށް ގެނެވުނު ކަމަށާއި، ގޭމު ކޮންޓްރޯލް ކޮށްގެން ވަރަށް ރަނގަޅަށް ކުޅުންތެރިން ކުޅުނު ކަމަށެވެ.

ލީގު ބްރޭކަށް މެދު ކަނޑާލުމުގެ ކުރިން ބުރަށް ދެން އޮންނާނީ ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެެވެ. ނިޒާމްބެ ފާހަގަ ކުރާ ގޮތުގައި އެ މެޗަކީ ލީގު ބްރޭކަށް ދިޔުމުގެ ކުރިން ތިން ޕޮއިންޓު ވަރަށް މުހިންމު މެޗެކެވެ. އެހެންކަމުން އެ ތިން ޕޮއިންޓަށް ވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، އެއާއެކީ ކުޅުންތެރިން އަނިޔާވިޔަ ނުދީ ހިފެހެއްޓުމުގެ ވިސްނުން ވަރަށް ބޮޑަށް ގެންގުޅެން ޖެހޭ ކަމަށް ނިޒާމްބެ ބުންޏެވެ. އެކަން ކުރުމަކީ ވަރަށް އުނދަގޫކަމެއްކަން ފާހަގަކޮށް ނިޒާމްބެ ބުނީ، ލިބޭ ވަގުތާއެކު ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިއީ ސީޒަނުގައި ބުރުން ޓީސީއާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗަކީ ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗެވެ. އެ މެޗުން ބުރު ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް ލީގުގައި ޓީސީ ބަލިކުރުމުން، އެ މެޗާ އޮތް ތަފާތަކީ ކޮބައިތޯ ސުވާލު ކުރުމުން ނިޒާމްބެ ބުނީ، ޓީސީ އަކީ މިދިޔަ ސީޒަނުގައި ވެސް އެއްކޮށް ކުޅެފައި އޮތް ޓީމެއް ކަމަށެވެ. އެހެންކަމުން ޓީމު އެއްކޮށް ކުޅެފައި އޮތުމުން، އެމީހުންގެ ޓީމު ރޫހު ރަނގަޅުވާނެ ކަމަށާއި، އެއީ އެމީހުންނަށް އޮތް އެޑްވާންޓޭޖެއް ކަމަށް ފާހަގަކުރި އެވެ. އެއާ ޚިލާފަށް އެ މެޗަކީ ބުރުން އެންމެ ފުރަތަމަ ކުޅުނު މެޗު ކަމަށާއި، ޕްރެކްޓިސް މެޗަކީ ވެސް އެ މެޗު ކަމަށް ނިޒާމްބެ ބުންޏެވެ. އެހެން ނަމަވެސް ބުރުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކާއެކު، ދެ ވަނަ މެޗުގައި ޓީސީ އަތުން ލިބުނީ ވަރަށް އުނދަގޫ މޮޅެއް ކަމަށް ވެސް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު