Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޓީމަށް ދިމާވަނީ ރަނގަޅު ޕްރީ ސީޒަނެއް ނުލިބުމުގެ މައްސަލަ: ނިޒާމްބެ

މިހާރު ދިމާވާ ގިނަ މައްސަލަ ބްރޭކަށްފަހު ރަނގަޅުވާނެ ކަމަށް ނިޒާމްބެ ބުނި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 14 މެއި 2023 | އާދީއްތަ 06:22
ބުރު ސްޕޯޓްސްގެ ކޯޗު ނިޒާމްބެ ޕްރެސްގައި ވާހަކަ ދައްކަނީ

ބުރު ސްޕޯޓްސްގެ ކޯޗު ނިޒާމްބެ ޕްރެސްގައި ވާހަކަ ދައްކަނީ

ބުރު ޓީމަށް މިވަގުތު އެންމެ ބޮޑަށް ދިމާވަނީ ރަނގަޅު ޕްރީ ސީޒަނެއް ނެތި ގާތްގާތު މެޗުތައް ކުޅެންވީމަ ދިމާވާ މައްސަލަކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ރަނގަޅު ޕްރީ ސީޒަނެއް ނުލިބިގެން ދިމާވާ މައްސަލަ، ޓީސީ މެޗަށް ނުކުންނައިރު ވެސް ހުރިކަމަށެވެ. އެގޮތުން، ފަހަރުގައި އެންމެ އެކަށީގެންވާ އެންމެ ރަނގަޅު 11 ނުނެރެވިދާނެކަން ފާހަގަކުރިއެވެ. އެހެންނަމަވެސް ޓީމު ދަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންކަމަށް ނިޒާމްބެ ބުންޏެވެ.

ޓީސީގެ ޓީމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ އެ ޓީމަށް ފުރިހަމަޔަށް އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް އެއްކޮށް ކުޅެފައޮތް ޓީމު މިހާރުވެސް އެގޮތުގައި އޮތުމުން ވަރަށް ބޮޑު ބާރަކަށް ވާނެކަމަށް ނިޒާމްބެ ބުންޏެވެ. އަދި ޖުމްލަގޮތެއްގައި ޓީސީގެ ކުޅުން ރަނގަޅުކަމަށް ފާހަގަކުރިއެވެ. އެކަންކަމަށް ވިސްނާ ފުދޭވަރަކަށް މަސައްކަތްކޮށްގެން ނޫނީ މެޗުން މޮޅު ނުވެވޭނެކަމަށް ނިޒާމްބެ ބުންޏެވެ.

އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ މެޗުގައި ޓީމުގެ ކުޅުން ރަނގަޅުކަމަށެވެ. އެހެންނަމަވެސް ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން އިދިކޮޅު ޓީމުން ލަނޑު ޖެހިކަމަށެވެ. އެމެޗުގައި ހެދުނު ގޯސްތައް، ޓީސީ އާ ދެކޮޅަށް ނުކުންނަ އިރު ރަނގަޅުކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށް ނިޒާމްބެ ބުންޏެވެ.

ބްރޭކަށްފަހު ނުކުންނަ އިރު ޓީމު ވަރަށް ބޮޑަށް ރަނގަޅުވާނެކަމަށް ނިޒާމްބެ ފާހަގަކުރިއެވެ. އެގޮތުން، ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އެކަށީގެންވާ ވަރަށް ތަމްރީނު ދެވޭނެކަމާއި ބިދޭސީ ބައެއް ކުޅުންތެރިން ޓީމާ ގުޅޭނެކަމަށް ބުންޏެވެ. ނިޒާމްބެ ފާހަގަކުރާ ގޮތުގައި މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޅި ޓީމުގެ ހާޒިރީ ރަނގަޅުވުމެވެ.

ދިވެހި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ޓީސީ އާއި ބުރު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ. ލީގުގައި ފުރަތަމަ ކުޅުނު މެޗުން އީގަލްސް އާ ބައްދަލުކޮށް ބުރު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު