Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައި އިލެކްޝަންސްތައް ބާއްވާ އުސޫލު

ބައި އިލެކްޝަންސްތައް ބާއްވާ އުސޫލަށް ބަދަލު ގެނައުމުން ވަރަށް ބޮޑަށް ޚަރަދު ކުޑަކުރެވޭނެ - ފުއާދު

އީސީން ވަނީ ޖޫން 17 ގައި ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިޢުލާންކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 މެއި 2023 | ހޮނިހިރު 14:24
ކުރީގެ ބައި އިލެކްޝަން އެއްގެ ވޯޓުލުން ކުރިއަށްދަނީ

ކުރީގެ ބައި އިލެކްޝަން އެއްގެ ވޯޓުލުން ކުރިއަށްދަނީ

ބައި އިލެކްޝަންސްތައް ބާއްވާ އުސޫލަށް ބަދަލު ގެނައުމުން ވަރަށް ބޮޑަށް ޚަރަދު ކުޑަކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފުއާދު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރަން ފެށީ 21 ޑިސެމްބަރުގައެވެ. މި ޤަވާއިދުގައި ބުނެފައިވާ ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން، އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގާތާ، ލަސްވެގެން 365 ދުވަސް (1 އަހަރު) ތެރޭގައި، އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރަން ޖެހެއެވެ. މީގެ ކުރިން ޤަވާއިދުގައި ބަޔާން ކޮށްފައި އޮންނަނީ 60 ދުވަހެވެ. އެ އިސްލާހުގެ ދަށުން ބާއްވާ ފުރަތަމަ ބައި އިލެކްޝަން އަންނަ ޖޫން މަހު ބާއްވާނެއެވެ.

ފުއާދު ވިދާޅުވީ ބައި އިލެކްޝަންތައް ކައިރި ކައިރީގައި ބާއްވަން ޖެހުމަކީ އިލެކްޝަންސް ކޮމިޝަންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ބައިއިލެކްޝަންތައް ކައިރި ކައިރީގައި ބޭއްވުމުގެ ސަބަބުން މުވައްޒަފުންނަށް ވެސް ވަރަށް ބޮޑަށް ދަތިވާކަމަށް ފުޢާދު ވަނީ ވިދާޅުވެފައެވެ. ބައި އިލެކްޝަންތައް މިހާރު ކުރިއަށްދާ ގޮތުން އަދިވެސް އެ ނިޒާމަކީ ޚަރަދު ބޮޑު ނިޒާމެއް ކަމަށާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން ކުރިއަށް ގެންދަން ނިންމާފައިވާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވަނީ އަންނަ ޖޫން މަހު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނަށް ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

ފުއާދު މިފަދައިން ވިދާޅުވެފައި ވާއިރު އިލެކްޝަނުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު 13 މެއި 2023 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ލިބޭނެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ޖެހޭނީ އީސީގެ ރީ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް، ނުވަތަ އެ ކޮމިޝަނުގެ މައި އިދާރާއަށެވެ.

އީސީން ވަނީ ޖޫން 17 ގައި ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވާ ގޮތަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ފިނޭ، ކ. ދިއްފުށި، މ. ވޭވަށް، ތ. ގާދިއްފުށި، ލ. މާމެންދޫ، އަދި ގދ. ހޯޑެއްދޫގެ ބައި އިލެކްޝަނެވެ.

އީސީން ނިންމާފައިވަނީ 9 ރަށެއްގެ ބައި އިލެކްޝަން ބޭއްވުމަށެވެ. ނަމަވެސް ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް ތަރުހީބު ކުޑަވެ އިންތިޚާބަކާ ނުލައި މެމްބަރުން ވަނީ އައްޔަންކުރެވިފައެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު