Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާ އިން ޑެމްބެލޭ އަށް އައު އެއްބަސްވުމެއް ހުށަހަޅަނީ

ޑެމްބެލޭ އަކީ "އަތްނުލެވޭނެ" ކުޅުންތެރިއެއްގެ ގޮތުގައި ކޯޗު ޒަވީ ވަނީ ނިންމާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2023 | އާދީއްތަ 03:06
ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެމްބެލޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ޑެމްބެލޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގާ އޮސްމާން ޑެމްބެލޭ އަށް އައު އެއްބަސްވުމެއް ހުށަހަޅަން އެ ކުލަބުން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ މިހާރު ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން ބާސެލޯނާ އިން ބޭނުންވަނީ އޭނާގެ އެއްބަސްވުން އައުކޮށް، ކުލަބުގައި ބަހައްޓަން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ބާސެލޯނާ އިން ކުލަބުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބައެއް ކުޅުންތެރިން ވިއްކާލުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް، ޑެމްބެލޭ އަކީ "އަތްނުލެވޭނެ" ކުޅުންތެރިއެއްގެ ގޮތުގައި ކޯޗު ޒަވީ ހެނާންޑޭޒް ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުގައި ބުނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބާސެލޯނާ އިން ޑެމްބެލޭއާއެކު އައު އެއްބަަސްވުމުގެ މަޝްވަރާތައް ފަށާނެ ކަމަށާއި، އެކަމުގައި ގޮތެއް ނިންމުން އޮންނާނީ ޑެމްބެލޭގެ އަތް މަތީގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޖަރުމަނު ލީގުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް ޑެމްބެލޭ ބާސެލޯނާ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމަށް އޭނާ ބާސެލޯނާ އަށް ބަދަލުވީއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2022 ވަނަ އަހަރަށެވެ. އެހެންކަމުން އެ އަހަރުގެ ޖުލައި މަހު ބާސެލޯނާ އިން ވަނީ އިތުރު ދެ އަހަރު ދުވަހަށް އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ. ޑެމްބެލޭ ވަނީ މިހާތަނަށް ބާސެލޯނާ އަށް 180 މެޗު ކުޅެދީ 40 ލަނޑު ޖަހައިފަ އެވެ. މިހާތަނަށް އޭނާ ވަނީ އެ ޓީމާއެކު ހަ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕަ ޑެލް ރޭ ދެ ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު އެވެ.

ޑެމްބެލޭ ވަނީ މި ސީޒަނުގައި ބާސެލޯނާގައި ފާހަގަކޮށްލެވޭ ފެންވަރުގެ ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް ސީޒަނުގެ ވަކި ހިސާބަކުން އޭނާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނެވެ. އަނިޔާ އިން ރަނގަޅުވެ ޑެމްބެލޭ އަނބުރާ ކުޅުމަށް އައީ ފެބްރުވަރީ މަހު އެވެ. މި ސީޒަންގެ މިހާތަނަށް އޭނާ ވަނީ ބާސެލޯނާ އަށް ޖުމުލަ 30 މެޗު ކުޅެދީ އަށް ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު