Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފޮރިން މިނިސްޓަރު ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު ސްވިޑްންއަށް ވަޑައިގެންފި

ޔޫރަޕިއަން ޔޫނިއަން އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 04:19
ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްވިޑްންއަށް ވަޑައިގެންފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ސްވިޑްންގެ ސްޓޮކްހޯމްއަށް ވަޑައިގެންނެވީ، ހުކުރު ދުވަހުއެވެ. އެމަނިކުފާނު ސްވިޑްންއަށް ކުރައްވާ މިވދަތުރުފުޅަކީ މެއި މަހުގެ 12ން 14ށް ކުރައްވާ ދަތުރެކެވެ.

Advertisement - newsAdvertisement

ދެ ދުވަހުގެ ރަސްމީ ދަތުރުގައި، ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ޔޫނިއަން އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޔޫރަޕިއަން ޔޫނިއަނާއި އިންޑޯ ޕެސިފިކް ސަރަހައްދުގެ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ބާއްވާ އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި، އިންޑޯ ޕެސިފިކް ސަރަހައްދާއި އީޔޫގެ ގާތްގަނޑަކަށް 60 ފޮރިން މިނިސްޓަރުންގެ އިތުރުން، އިންޑޯ ޕެސިފިކް ސަރަހައްދުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްޓޮކްހޯމްއަށް ވަޑައިގެން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ސްވިޑްންއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑޯ ޕެސިފިކް ސަރަހައްދާއި ޔޫރަޕިއަން ޔޫނިއަނާމެދު އޮތްް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

މި ފޯރަމަކީ ދުނިޔޭގެ ތަރައްގީއާއި، އެކި ސަރަހައްދުތަކަށް ކުރާ އަސަރުތައް ވަޒަންކުރުމަށް މުހިންމު މަސައްކަތްތަކެއް ޕްލެޓްފޯމެކެވެ.

އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާއިރު، އިންޑޯ ޕެސިފިކް ސަރަހައްދާއި އީޔޫއަށް މުހިންމު ގުޅުމެއް އުފެދިގެން ދާއިރު، އެކަމުގެ ސަބަބުން އީޔޫއާއި އިންޑޯ ޕެސިފިކް ސަރަހައްދުގެ އެއްބާރުލުމާއި، ޖިއޮޕޮލިޓިކަލް އަދި އިގްތިސާދީގޮތުން ހާއްސަ އަހައްމިއްޔަތުކަމެއް ލިބިގެންދެއެވެ.

އީޔޫ އިންޑޯ ޕެސިފިކް މިނިސްޓަރީ ފޯރަމަކީ އިންޑޯ ޕެސިފިކާއި އީޔޫއާ ދެމެދު މަޝްވަރާއާއި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ފޯރަމެކެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި، ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު