Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ގާސިމްގެ ޝަރީއަތް މާދަމާ

9 ޖުލައި 2017 | އާދީއްތަ 09:51

ގާސިމްގެ އަޑުއެހުން އޮތީ މާދަމާ މެންދުރު ފަހު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 9 ޖުލައި 2017 | އާދީއްތަ 09:51
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ދިނުމަށް ދައުވާގެ އަޑުއެެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ގާސިމްގެ މައްޗަށް ކޮށްފައވާ ޖިނާއީ ދައުވާގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާގެ މެންދުރު ފަހު 13.30 އަށެވެ. ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކޮށްފަ އެވެ. މި ހުރިހާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނި އެއްކޮނެވެ. މި މައްސަލަތަކުގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ގާސިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދޭ މެންބަރުންނަށް ދާއިރާގެ ޓިކެޓް ދެއްވާނެ ކަމަށާއި އަދި ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ ކަމަށް ދައުލަތުން ބުނެ އެވެ. އަދި ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ހުރިހާ ގޮތަކުން އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ބެލެވިދާނެ ކަމަށެވެ.

އަދި އެހެންމެ ރިޝްވަތު ހުށަހަޅަން ޖެހެނީ ކޮންމެހެން ތިމާއަށް ވުރެ ދަށް ފަންތީގެ ބަޔަކަށް ނޫން ކަމަށާއި، ތިމާއާއި އެއް ފަންވަރެއްގެ މަގާމުތަކުގައި ތިބި ބަޔަކަށް ވެސް ރިޝްވަތު ހުށަހެޅިދާނެ ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ.. އަދި އިޚްތިޔާރީ ބާރެއްގެ ގޮތުގައި ވޯޓް ލުން އޮންނައިރު، ވަކި ގޮތަކަށް ވޯޓް ލުމަށް ގާސިމް ހުށަހެޅުއްވިކަން ޖަލްސާއެއްގައި މެމްބަރުންނާ މުހާތަބު ކުރައްވާ ދެއްކެވި އެ ވާހަކައިން ދޭހަވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އޭގެ އިތުުރުން އަދި ރިޝްވަތު ހުށަހެޅުމާއި ރިޝްވަތު ހިފުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަދާކުރުމުގައި ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ވެސް ދައުކަތުގެ ވަކީލު ވިދާޅުވި އެވެ.

އެވާހަކަ ތަކަށް ރައްދުދެއްވާ ގާސިމްގެ ގާނޫނީ ވަކީލުން ވަނީ އެހީތެރިވެދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވަނީ ކޮން ގާނޫނެއްގައިތޯ ސުވާލު ކުރައްވާފަ އެވެ. ގާސިމްއަށް ދައުވާ ކޮށްފައިވަނީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ދައުލަތުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި ގާސިމްގެ ވަކީލުން ވިދާޅުވެފައިވަނީ ވާހަކައެއް ދެއްކޭނީ ޚިޔާލަށް ގެނެސްގެން ކަމަށެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ޚިޔާލު ފާޅުކުރޭނެ ކަމަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، ޚިޔާލުފާޅުކުރުން ކުށަކަށްވީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ.

މާދަމާ އޮންނަ އަޑުއެހުމުގައޮ އޮންނާނީ އެންމެ ފަހު ބޭއްވި އަޑުއެހުމުގައި ގާސިމްގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ދައުލަތުން ޖަވާބު ދާރީވުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް