Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރުގުއޭ ގައުމީ ޓީމު

އުރުގުއޭގެ ކޯޗަކަށް ބިއެލްސާ ހަމަޖައްސަނީ

13 މެއި 2023 | ހޮނިހިރު 02:06

ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ރަސްމީކޮށް އިއުލާން ކުރެވިގެންދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2023 | ހޮނިހިރު 02:06
އާޖެންޓީނާއަށް ނިސްބަތްވާ މާސެލޯ ބިއެލްސާ

އާޖެންޓީނާއަށް ނިސްބަތްވާ މާސެލޯ ބިއެލްސާ

އުރުގުއޭ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ މާސެލޯ ބިއެލްސާ ހަމަޖައްސަން ނިންމައިފިއެވެ.

އުމުރުން 67 އަހަރުގެ ތަޖުރިބާކާރު ކޯޗު އެންމެ ފަހުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ލީޑްސް ޔުނައިޓެޑުގެ ކޯޗުގެ މަގާމުގައެވެ. އެހެންނަމަވެސް، އޭނާއާއެކު އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ލީޑްސްއިން ވަނީ ފެބްރުވަރީ މަހު ބިއެލްސާ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ހުރީ އެއްވެސް ވަޒީފާއެއް ނެތިއެވެ.

އުރުގުއޭގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ޑިއޭގޯ އަލޮންސޯއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕަށްފަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އެ މަގާމު ހުސްކޮށް އޮތްއިރު، އުރުގުއޭގެ ފުޓުބޯޅަ ފެޑެރޭޝަނުން އައީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތެރެއިން އެ ފެޑެރޭޝަނުން ވަނީ ބިއެލްސާއާއެކު ވެސް މަޝްވަރާ ކޮށްފައެވެ. އުރުގުއޭގެ ފުޓުބޯޅަ ފެޑެރޭޝަންގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ، އުރުގުއޭގެ ކޯޗަކަށް ބިއެލްސާ ހަމަޖައްސަން މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ރަސްމީކޮށް އިއުލާންކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ބިއެލްސާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 1982 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެކި ޓީމުތަކަށް އިރުޝާދު ދީފައެވެ. އުރުގުއޭ ވާނީ ބިއެލްސާ ހަވާލުވާނެ ދެވަނަ ގައުމީ ޓީމަށެވެ. މީގެ ކުރިން ވަނީ 1998ން 2004 ވަނަ އަހަރަށް އަމިއްލަ ގައުމުކަމަށްވާ އާޖެންޓީނާއަށް އިރުޝާދު ދީފައެވެ. އޭގެ ފަހުން އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމާވެސް ހަވާލުވިއެވެ. އެއަށްފަހު 2007 ވަނަ އަހަރުން 2011 ވަނަ އަހަރަށް ވަނީ ޗިލީގެ ގައުމީ ޓީމަށްވެސް އިރުޝާދު ދީފައެވެ. ބިއެލްސާ އިރުޝާދު ދިން ކުލަބުތަކުގެ ތެރޭގައި އެތުލެޓިކް ބިލްބާއޯ، އެސްޕަންޔޯލް، މާސޭ، ލީލް އަދި ލީޑްސް ޔުނައިޓެޑުވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
23 މެއި 2017

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ

23 މެއި 2017
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކޮންޓޭ
23 މެއި 2017

ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ

23 މެއި 2017
ޖޮކޮވިޗްގެ ކޯޗަކަށް އަންދްރޭ އަގާސީ
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް