Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ

އެމްޓީސީސީން މިދިޔަ އަހަރު ނިންމާލީ ތާރީހުގައިވެސް ލިބުނު އެންމެ ބޮޑު އާމްދަނީއާއެކު!

12 މެއި 2023 | ހުކުރު 07:41

އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވަނީ ކޮންޓްރެކްޓިންގ އެންޑް ޑްރެޖިންގެ ދާއިރާއިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 މެއި 2023 | ހުކުރު 07:41
އެމްޓީސީސީގެ އާރް.ޓީ.އެލްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

އެމްޓީސީސީގެ އާރް.ޓީ.އެލްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 2022 ވަނަ އަހަރު ނިންމާލީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއާއުގައި ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

އެމްޓީސީސީން ބުރާސްފަތި ދުވަހު އާއްމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ.

ރިޕޯޓު ދައްކާ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވަނީ ކޮންޓްރެކްޓިންގ އެންޑް ޑްރެޖިންގެ ދާއިރާއިންނެވެ. އެ ދާއިރާއިން އެކަނިވެސް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެ ދާއިރާގެ އިތުރުން ޓްރޭޑިންގ އިން 297 މިލިއަން ރުފިޔާ ލިބުނުއިރު ޓްރާންސްޕޯޓުން 110 މިލިއަން ރުފިޔާ އަދި އިތުރު ވިޔަފާރިތަކުން 24 މިލިއަން ރުފިޔާ ވަނީ ލިބިފައެެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އާމްދަނީ ރެކޯޑު އަދަދަކަށް އަރާފައިވާއިރު މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 319 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 324 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 1.5 އިންސައްތައިގެ ކުރިއެރުމެކެވެ.

އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެމްޓީސީސީގެ އެޑްމިނިސްޓްރޭޓިވް ޚަރަދު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. މި ބަދަލު އައީ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށް އާ މުވައްޒަފުން އިތުރު ކުރުމުގެ ސަބަބުން ކަމަށް އެމްޓީސީސީން ބުނެއެވެ.

ޚަރަދުތައް އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ސާފު ފައިދާ ވަނީ ދަށްވެފައެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 195.7 މިލިއަން ރުފިޔާއެވެ. މިއީ 2021 ވަނަ އަރާ އަޅާ ބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނީ 231.3 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ސާފު ފައިދާ މިދިޔަ އަހަރު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލާއެކު ޚަރަދުތައް ބޮޑުވުމުން ކަމަށެވެ.

މިދިޔަ އަހަރު އެމްޓީސީސީން ރެކޯޑު އާމްދަނީއެއް ހޯދާފައިވާއިރު މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ވެސް އެހެން އަހަރުތަކަށްވުރެ ބޮޑު އަދަދެއް ބެހުމަށް އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ. އެގޮތުން، ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި، މިއަހަރު އޮންނަ އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅީ ހިއްސާއަކަށް 4 ރުފިޔާ ބެހުމަށެވެ. އެއީ ޖުމްލަ 8،037،749 (އަށް މިލިއަން ތިރީސް ހަތްހާސް ހަތްސަތޭކަ ސާޅީސް ނުވަ ރުފިޔާ) އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ރިޕޯޓުން އިތުރަށް ދައްކާ ގޮތުގައި އެކުންފުނިން ވަނީ އަހަރު ނިމުނުއިރު 22 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފައެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން 20 އަތޮޅެއްގެ 92 ރަށެއްގައި 420 ޕްރޮޖެކްޓެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ 43،239،619 (ސާޅީސް ތިން މިލިއަން ދެ ލައްކަ ތިރީސް ނުވަ ހާސް ހަސަތޭކަ ނަވާރަ ރުފިޔާ) ގެ ޕްރޮޖެކްޓުތަކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
05 ފެބުރުއަރީ 2017

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

05 ފެބުރުއަރީ 2017
އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް