Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގެ ހާލަތު

ޖޯކަރަކަށް ޣައްޒާ ހެއްވާލެވިދާނެތަ؟

ޖޯކަރު ހެދުން އަޅައިގެން މިޤްދާދްއާއި ލިދާވީ ދަނީ ތުއްތު ކުދިންނަށް ކިޔަވާ ދޭ ސްކޫލްތަކާއި، ޕާކުތަކަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 03:53
ޢަލާ މިޤްދާދްއާއި ފިދާ ލިދާވީ ޖޯކަރުންގެ ކޮސްޓިއުމް އަޅައިގެން

ޢަލާ މިޤްދާދްއާއި ފިދާ ލިދާވީ ޖޯކަރުންގެ ކޮސްޓިއުމް އަޅައިގެން

ހާސްކަމާއި މާޔޫސްކަމާއި ނުތަނަވަސްކަމަކީ މީހާގެ ޢުމުރުން ވަކި އަހަރެއް ފުރުމުން ކުރިމަތިވާ ކަންތައްތަކެއް ނޫނެވެ. ދިރިއުޅެން ޖެހިފައި ވާ ހާލެއްގެ ސަބަބުން، އިންތިހާ ޅަ ޢުމުރުގައިވެސް މި ތަކުލީފުތައް އުފުލަން ޖެހެއެވެ. އެފަދަ ހާލެއްގައި ދުވަސްތައް ގުނަމުންދާ ކުދިބަޔަކު ދިރިއުޅެމުންދާ އެއް ސަރަޙައްދަކީ، ޔަހޫދީ އިޒްރޭލުގެ ގޮށްމޮށު ތެރޭގައި ފިއްތާލާފައި ވާ ފަލަސްޠީނުގެ ޣައްޒާއެވެ. ހާސްކަމާއި މާޔޫސްކަމާއި ނުތަނަވަސްކަމުން ސަލާމަތްވެ، ޚިޔާލާއި ފިކުރު ތާޒާކޮށްލަން ގޮސް އުޅޭނެ ކާނިވާލެއް ނޫނީ ފެއަރއެއްވެސް ޣައްޒާގައި ނޯވެއެވެ. އެއަށްވުރެ ބޮޑަށް، ޣައްޒާ ވަށާލާފައި ވަނީ ހަނގުރާމައާއި އިންތިހާ ފަޤީރު ކަމުގެ ދަންތުރަތަކުންނެވެ.

މިއިން އެއްވެސް ކަމަކީ ޢަލާ މިޤްދާދްއާއި ފިދާ ލިދާވީގެ މަސައްކަތަށް އޮތް ހުރަހެއް ކަމުގައި އެ މީހުން ނުދެކެއެވެ. ކާނިވަލެއް ނުވަތަ ކުޑަކުދިންގެ ހާއްސަ ހަވީރެއް ނެތެއް ކަމަކު، މިޤްދާދްއާއި ލިދާވީ ހެދުން އަޅައިގެން ތިބެނީ، ކުޑަކުދިންގެ މެދުގައި އެތައް ޒަމާނެއްސުރެ ބޮޑު މަޤްބޫލު ކަމެއް ހޯދާފައި ވާ ކްލައުން ނުވަތަ ދިވެހިން ކިއާ އުޅޭ ގޮތުން ނަމަ ޖޯކަރެއްގެ ގޮތަށެވެ. ޖޯކަރު ހެދުން އަޅައިގެން މިޤްދާދްއާއި ލިދާވީ ދަނީ ތުއްތު ކުދިންނަށް ކިޔަވާ ދޭ ސްކޫލްތަކާއި، ޕާކުތަކަށެވެ. ބައެއް ފަހަރު، ހޮސްޕިޓަލުތަކަށް ގޮސް، އެތާ ތިބޭ ކުދިންގެ ހިތް އުފާކޮށްދީވެސް ހަދައެވެ.

"ޕަލަސްޓައިން ޓްރޯމާ ސެންޓަރ (ޔޫކޭ)"ގެ މެންބަރުންގެ މަސައްކަތަކީ މިއެވެ. ޖޯކަރުން ގޮތަށް ހެދުން އަޅާ، މޭކަޕް ކޮށްގެން، ކުޑަކުދިންނާއެކު ނަށާ، ލަވަކިއާ، ކުޅެ ހެދުމެވެ. އެކުދިންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދިނުމުގެ މަޤްޞަދުގައެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހިފައި ވާ ހާސްކަމާއި ނުތަނަވަސްކަމުން، ކުޑަ ވަޤުތު ކޮޅަކަށް ނަމަވެސް، މިންޖުވެލާނެ ފުރުޞަތެއް ހޯދާ ދިނުމުގެ ބޭނުމުގައެވެ.

މި ދުވަސްވަރަކީ އިޒްރޭލުގެ ހަމަލާތައް އަނެއްކާވެސް ވަރުގަދަ ކޮށްފައި ވާ ދުވަސްވަރަކަށް ވާ އިރު، ލިދާވީއާއި މިޤްދާދް ފަދަ މީހުންގެ އެހީއަށް، ފަލަސްޠީނު ވަނީ ނުހަނު ބޭނުންވެފައެވެ.

އިޒްރޭލާއި ޣައްޒާއާ ދެމެދު ސިލްސިލާ ގޮތެއްގައި ކުރަމުންދާ ހަނގުރާމަތަކުގެ ނަތީޖާއެއްގެ ގޮތުން ޣައްޒާގެ ގިނަ ޢަދަދެއްގެ ކުޑަކުދިންނަކީ ނަފްސާނީ ބިރުވެރިކަމުގެ ނޭދެވޭ އަސަރުތަކުގެ ވޭން ތަޙައްމަލު ކުރަމުންދާ ކުދިންނެވެ. ޖަޒުބާތީ ނުތަނަވަސްކަންވެސް އޭގެ އެންމެ އިންތިހާއެވެ.

އިންތިހާ ބިރުވެރިކަމާއި ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ނަފްސާނީ ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްތަކެއްވެސް "ޕަލަސްޓައިން ޓްރޯމާ ސެންޓަރ (ޔޫކޭ)" އިން ފޯރުކޮށްދެއެވެ. ތެރަޕީ ސެޝަންތައް ހިންގައިދެއެވެ.

ފިޒިއޮލޮޖިސްޓް ސަމާރު އަވާދު ފާހަގަ ކުރެއްވި ގޮތުގައި، ޣައްޒާގެ ރަށްވެހިންނަކީ އެތައް އަހަރެއް ވަންދެން އިންތިހާ ބިރުވެރިކަން، ތަކުރާރުކޮށް ތަޙައްމަލު ކުރަމުންދާ ބައެކެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި، ސޭވް ދަ ޗިލްރަންއިން އާންމު ކުރި ހޯދުންތަކުން ދައްކާ ގޮތުގައި، ފާއިތުވީ 15 އަހަރު ދުވަސް، އެއް ގޮތަށްވުރެ ގިނަ ގޮތް ގޮތުން ފިއްތާލާފައި އޮތް ޣައްޒަގައި ދިރިއުޅޭ ކޮންމެ 5 ކުޑަކުއްޖަކުން 1 ކުއްޖަކީ ޑިޕްރެޝަން، އިންތިހާ ހިތާމަ އަދި ބިރުވެރިކަމުގައި ދިރިއުޅެމުންދަ ކުއްޖެކެވެ.

ޣައްޒާފަލަސްތީނުޖޯކަރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު