Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ލީގު ކާމިޔާބުކުރުމަށް ފަހު ބާސެލޯނާ އިން އުފާ ފާޅުކުރާނީ ދެ ޓީމު އެކުގައި

އެ ޕެރޭޑުގައި އަންހެން ޓީމުގެ ކުޅުންތެރިންނާއި ކޯޗިން އޮފިޝަލުން އަދި ފިރިހެން ޓީމުގެ ކުޅުންތެރިންނާއި ކޯޗިން އޮފިޝަލުން ވެސް ބައިވެރިވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މެއި 2023 | ބުރާސްފަތި 03:48
ބާސެލޯނާ އިން މީގެ ކުރިން ބޭއްވި ބަސް ޕެރޭޑެއްގެ ތެރެއިން

ބާސެލޯނާ އިން މީގެ ކުރިން ބޭއްވި ބަސް ޕެރޭޑެއްގެ ތެރެއިން

ސްޕެނިޝް ލީގުގައި ކުރިއަށް އޮތް މެޗުން މޮޅުވެ ބާސެލޯނާ އަށް ލީގު ކަށަވަރުވެއްޖެނަމަ، އެ ޓީމުން އެކަމުގެ އުފާ ފާޅުކުރާނީ ފިރިހެން ޓީމާއި އަންހެން ޓީމު އެކުގައި ކަމަށް ސްޕެއިންގެ މީޑިއާތަކުގައި ބުނެފި އެވެ.

ބާސެލޯނާގެ އަންހެން ޓީމު ވަނީ ލީގުގައި ބާކީ ހަތަރު މެޗު އޮއްވާ ޗެމްޕިއަންކަން ކަށްވަރުކޮށްފަ އެވެ. ލީގުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ އެސްޕަންޔޯލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބު ކުރެވޭނެ އެވެ. އެސްޕަންޔޯލްގެ ދަނޑުގައި އެ މެޗު ކުޅޭއިރު، ލީގު ކަށަވަރު ކުރުމަށް ބާސެލޯނާ އަށް މިހާރު ބޭނުން ވަނީ އެންމެ ދެ ޕޮއިންޓެވެ. އެހެންކަމުން ބާސެލޯނާ އަށް މިހަފްތާގައި ލީގު ކާމިޔާބު ކުރެވިއްޖެނަމަ، އެކަމުގެ އުފާ ފާޅުކުރުމަށް އެ ޓީމުން އަންނަ ހޯމަ ދުވަހު ޕެރޭޑެއް ބައްވާނެ އެވެ. އެ ޕެރޭޑުގައި އަންހެން ޓީމުގެ ކުޅުންތެރިންނާއި ކޯޗިން އޮފިޝަލުން އަދި ފިރިހެން ޓީމުގެ ކުޅުންތެރިންނާއި ކޯޗިން އޮފިޝަލުން ވެސް ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ބާސެލޯނާ އިން މި ޕެރޭޑަށް ތަައްޔާރުވަމުން އަންނައިރު އެސްޕަންޔޯލް މެޗުން އެ ޓީމަށް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ، އުފާ ފާޅުކުރުން ފަސް ކުރާނެ އެވެ. އެއަށްފަހު ބާސެލޯނާ އިން އެ ޕްރޭޑު އަނެއްކާ ވެސް ރާވާނީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗާ ދިމާކޮށެވެ. މިއީ ލީގު ކާމިޔާބު ކުރެވުމުން ބާސެލޯނާ އިން އެކަމުގެ ފޯރީގައި ކުރިއަށް ގެންދާނެ ހަރަކާތެކެވެ. ނަމަވެސް ރަސްމީކޮށް އުފާ ފާޅުކުރުން އޮންނާނީ ލީގުގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗަށްފަހު ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެއީ މި މަހުގެ 28 ވަނަ ދުވަހު މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސްޕެނިޝް ލީގުބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު