Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤައުމީ އަންހެން ވޮލީ ޓީމް

ބޭރު ކޯޗާއެކު ޤައުމީ އަންހެން ވޮލީ ޓީމް އެއްމަސް، ޓްރެއިނިންތައް ރަނގަޅު، މައްސަލައަކީ އިންޑޯ ނުލިބުން!

ތައިލެންޑް ކޯޗާއެކު ޕްރެކްޓިސް ފެށީ އޭޕްރީލް 2 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 10 މެއި 2023 | ބުދަ 09:41
ޤައުމީ އަންހެން ވޮލީ ޓީމްގެ ހެޑްކޯޗު ޕްރެކްޓިސް ކުރިއަށްދާއިރު ބަލަހައްޓައިގެން

ޤައުމީ އަންހެން ވޮލީ ޓީމްގެ ހެޑްކޯޗު ޕްރެކްޓިސް ކުރިއަށްދާއިރު ބަލަހައްޓައިގެން

ފޯނޭޝަންސް ކަޕްގައި ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމްގެ ފަރާތުން ފެނުނީ މީގެކުރިން ނުފެންނަ ރޫހަކާއި ހިތްވަރެކެވެ. ނަތީޖާވެސް ރަނގަޅެވެ. ރިހި މެޑަލް ހޯދައިގެން ކޯޓުން ފޭބީ ރަން މެޑަލް ނުލިބުމުން ކަރުނަ އަޅަމުންނެވެ. އެކަމަކު އިސް އުފުލައިގެން ހިތްވަރާއި އަޒުމާއެކުއެވެ.

އެމުބާރާތަށްފަހު ޔޫތް މިނިސްޓްރީއާއި ވޮލީބޯޅަ އެސޯސިއޭޝަނުން އަންހެން ޓީމަށް ދިން ޔަޤީންކަމަކީ ފުރަތަމަ ފަހަރަށް ބިދޭސީ މޮޅު ކޯޗެއްގެ އެހީ ލިބޭނެކަމެވެ. އަންހެން ޓީމްގެ ހެޑްކޯޗަކަށް ބިދޭސީ މޮޅު ކޯޗެއް ހަމަޖައްސާނެކަމުގެ ޔަޤީންކަމެވެ.

ތައިލެންޑްގެ ތަޖުރިބާކާރު ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްއާއެކު އަންހެން ޤައުމީ ޓީމްގެ ޕްރެކްޓިސް ފެށީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ. އޭނާއަކީ ތައިލެންޑްގެ ޔޫތް ޓީމްތަކާއި, ވިއެޓްނާމް ޤައުމީ ޓީމަށްވެސް އިރުޝާދުދީފައިވާ ތަޖުރިބާ ބޮޑު ކޯޗެކެވެ.

ކޯޗުގެ ތަމްރީނުތައް ފެށީ ކުޅުންތެރިން ތިބި ލެވެލް ދެނެގަތުމުގެ މަރުހަލާއިންނެވެ. ފޯނޭޝަންސް ކަޕްގެ މެޗުތައް ބަލާ ދިރާސާކުރިއެވެ. ވަކިވަކި ކުޅުންތެރިންނާއި, ޓީމެއްގެ ގޮތުގައި ރަނގަޅުކުރަންހުރި ކަންކަން ވަކިވަކިން ބުނެދެމުން ދިޔައީ ހިސާބު ހަދައިގެން, ޑޮކިއުމަންޓްކޮށްގެންކަމަށް ޓީމްގެ މެނޭޖަރ އަބުދުالله ރަޝީދު ބުންޏެވެ. ނަތީޖާއަކީ ކުޅުންތެރިންގެ ވިސްނުމާއި ރޫހަށްވެސް ހެޔޮ ބަދަލުތައް އައުމެވެ.

ޓީމްގެ އެސިސްޓެންޓް ކޯޗު އަހުމަދު އަދީލް (ބޭބެ) ވެސް ބުނީ ކޯޗު މަސައްކަތްކުރަނީ ޓެކްނިކަލީ ކުޅުންތެރިން ރަނގަޅުކުރަން ޖެހޭ ކަންކަން ވަރަށްބޮޑަށް ދެނެގަނެގެން ކަމަށެވެ. ޚާއްޞަކޮށް ކޯޗުގެ ވިސްނުން ފިޒިކަލް ފިޓްނަސްއަށް ބޮޑުކަން ބޭބެ ފާހަގަކުރިއެވެ. ކުޅުންތެރިން ތަންކޮޅެއް ބަރުވެފަ ތިބުމުން ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމްތަކެއް ޕްރެކްޓިސްގެ ތެރޭގައި ހިމެނޭކަމަށާއި, އޭގެ ނަތީޖާވެސް ރަނގަޅުކަން ބޭބެ ފާހަގަކުރިއެވެ.

ޤައުމީ އަންހެން ވޮލީބޯޅަ ޓީމް މިހާރު ތައްޔާރުވަމުން ދަނީ މި މޭމަހުގެ 22-28 އަށް ނޭޕާލްގައި އޮންނަ ކާވާ ވިމެންސް ވޮލީބޯޅަ ޗެލެންޖަށެވެ. އަށް ޤައުމު ވާދަކުރާ މުބާރާތުގައި ރާއްޖެއާ އެއް ގްރޫޕެއްގައި އޮތީ ސްރީލަންކާއާއި, އުޒުބެކިސްތާނާއި, ކަޒަކިސްތާނެވެ. އެންމެ ކުޑަމިނުން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރުމަކީ ކޯޗުވެސް އަދި ކުޅުންތެރިންގެވެސް އުއްމީދެކެވެ. ފޯ ނޭޝަންސް ކަޕްގެ ނަތީޖާއާއެކު އެއަށްވުރެ މަތިން އުއްމީދުކުރާ ކުޅުންތެރިންވެސް ޓީމްގައި ހިމެނެއެވެ.

އަމާޒަށް ވާސިލްވުމުގައި ކުޅުންތެރިންނަށް އޮތް ހިތްހަމަޖެހުމަކީ ކޯޗުގެ ތަމްރީނުތައް ރަނގަޅުވުމެވެ. ކުޅުންތެރިންގެ ފިޓްނަސް އާކޯޗާއެކު ރަނގަޅުވުމެވެ. ޤަވާއިދުން ދުވާލަކު ދެއިރު ޕްރެކްޓިސްކޮށް, އިތުބާރު ބޮޑުވުމެވެ. ރޫހު ރަނގަޅުވުމެވެ. އެކަމަކު އައުޓްޑޯގައި ޕްރެކްޓިސް ކުރަން ޖެހުމަކީ ހުރިހާ ކުޅުންތެރިންގެވެސް ކަންބޮޑުވުމެކެވެ. ޓީމްގެ ކެޕްޓަން ހައްވާ ރާޝިދާ ބުނީ ޓްރެއިނިންގ ކުރިއަށްދަނީ ހަމަ ވަރަށް ރަނގަޅަށް ކަމަށާއި, ބޭރު ކޯޗެއް ލިބުމުނއ ކުޅުންތެރިން ތިބީ އިތުރު ތަޖުރިބާއެއް ހޯދާހިތުންކަމަށެވެ. ކޯޗުގެ ތަމްރީނުތައް ތަފާތުވިޔަސް އެންމެ ރަނގަޅު ނަތީޖާ ފެންނަނީ އިންޑޯ އަވަހަށް ލިބިގެންކަމަށް ޓީމްގެ އެންމެ ސީނިއަރ ކުޅުންތެރިޔާ ބުންޏެވެ.

ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު ބުނީ ކޯޗުގެ ޓްރެއިނިންގތައް ވަރަށް ސަޅި ކަމަށާއި, ހަމައެކަނި މައްސަލައަކީ އިންޑޯ ނުލިބުންކަމަށެވެ. އެހެންކަމުން ޓީމްގެ އަސްލު ފެންވަރު އެހެން އަދި ބުނެދޭން ނޭންގޭ ކަމަށެވޖޫޒާން ބުނީ ކުރިއެރުން އައިސްފިތޯ ނޫންތޯ ބުނަން އިނގޭނީ އިންޑޯގައި ޕްރެކްޓިސްކުރުމުން ކަމަށެވެ. އެކަމަކު ޔަޤީނުންވެސް ހުރިހާ ކުޅުންތެރިންގެވެސް ފިޓްނަސް މިހާރު ރަނގަޅުވާނެކަން ފާހަގަކުރިއެވެ.

އައިޝަތު މާޖިދާ ބުނީ ކޯޗާއެކު ވަރަށްބޮޑު ކުރިއެރުމެއް މިހާރުވެސް އައިސްފިކަމަށާއި, ކުރިއެރުމަށް މިވަގުތު އޮތް ހުރަހަކީ އިންޑޯ ނުލިބުން ކަމަށެވެ. އައުޓްޑޯ ޕްރެކްޓިސްއާއި ޖިމްގައި ހޭދަކުރާ ވަގުތުތަކާއެކު އެންމެބޮޑު ބަދަލެއް އައީ ކުޅުންތެރިންގެ ފިޓްނަސްއައްކަން މާޖިދާވެސް ފާހަގަކުރިއެވެ. ކޯޗު ބުނީ މަހެއްހާ ދުވަހުގެ ތަމްރީނުތަކުން ކުރިއެރުންތަކެއް އައިސްފިކަމަށް ޤަބޫލުކުރާކަމަށެވެ. ފިޓްނަސްއަށް ބޮޑު ސަމާލުކަމެއްދިންކަމަށް އޭނާވެސް ބުންޏެވެ. އެންމެ ބޮޑަށް ކޯޗު ފާހަގަކުރީ ކުޅުންތެރިންގެ ކޮމިޓްމަންޓެވެ.

ޤައުމީ އަންހެން ވޮލީޓީމަށް އިންޑޯގައި ޕްރެކްޓިސް ކުރުމުގެ ފުރުޞަތު ލިބޭނެކަމަށް މިވަގުތު މައުލޫމާތު ލިބިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. ރާއްޖޭގައި އެންމެ އިންޑޯއެއް ހުރުމުން އެދަތިކަން ހުރިހާ ކުޅިވަރަކަށްވެސް އެބައޮތެވެ. އެދަތިތަކާއެކުވެސް ޤައުމީ އަންހެން ވޮލީ ޓީމް އޮތީ ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ވަރުގަދަ ރޫހެއްގައެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު