Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ދުވަސް

ކުދިން ބޮޑުވެގެން ޒިންމާދާރު ވާނީ އެންމެ ތުއްތުއިރުން ފެށިގެން އެ ފުރުސަތު ފަހިކޮށްދީގެން: ފަޒްނާ

10 މެއި 2023 | ބުދަ 06:28

ޒިންމާދާރު ކުރުވުމަށް އެފަދަ ފުރުސަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 މެއި 2023 | ބުދަ 06:28
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ކުޑަކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވުމަކީ ގިނަ މީހުން ދަރިންނާމެދު ދެކޭ ހުވަފެނަކަށް ވާއިރު އެ މަގުސަދު ހާސިލް ކުރެވޭނީ އެންމެ ތުއްތު އިރުން ފެށިގެންވެސް އެފަދަ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި އެކަމަނާ ވިދާޅުވީ ޒިންމާދާރު ކުރުވުމަށް އެފަދަ ފުރުސަތުތައް ކުދިންނަށް ދިނުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން ބަސްބުނުމުގެ ހައްގާއި އެކުދިން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ދޭންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ފަޒްނާގެ މި މެސެޖުގައި ކުޑަކުދިންނަށް ލިބިފައިވާ ހައްގުތަކާއެކު ޒިންމާތަކެއް ވާކަން ވަނީ ތަކުރާރުކޮށް ހަނދާންކޮށް ދެއްވާފައެވެ. އެގޮތުން ރަނގަޅު ކާނާ ލިބުމަކީ ކުދިންގެ ޙައްގެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ރަނގަޅު ކާނާ ލިބުމުން އެތަކެތި އިސްރާފު ނުކުރުމަކީ ކުދިންނަށް އޮތް ޒިންމާއެއް ކަމަށެވެ. ހަމަ އެފަދައިން އެކަމަނާ ރަނގަޅު ތައުލީމެއް ލިބުމަކީ ކުދިންގެ ހައްގަކަށްވާއިރު ސްކޫލުން ދޭ ފިލާވަޅުތައް ފަރުވާތެރިކަމާއެކު ދަސްކުރުމާއި، މުދައްރިސުން ފިލާވަޅު ނަގާދޭއިރު ސަމާލުކަން ދިނުމާއި، ސްކޫލަށް ބޭނުންވާ ތަކެތި ދަބަހަށް އަޅާ ތައްޔާރު ކުރުން ފަދަ ކަންކަމަކީ ކުދިންގެ ޒިންމާއެއް ކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިގޮތުގައި އެކަމަނާގެ އުންމީދަކީ ކޮންމެ ކުއްޖަކީވެސް އިތުބާރު ހިފޭ، ކޮންމެ ކަމެއްގައި ވެސް އޮތް އެންމެ ރަނގަޅު ގޮތް ޚިޔާރުކުރާ، އަނެކާއަށް އަޅާލުން ފަދަ ރަނގަޅު އާދަތައް ހަރުލާފައިވާ ކުދިބަޔަކަށްވުމެވެ. އަދި ޒިންމާދާރު ރައްޔިތަކަށް ވެވޭނީ އޭރުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މައިންބަފައިންނާއި މުދައްރިސުންނާ މުޚާތަބްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެންމެ ޅަފަތުން ފެށިގެން ވެސް ކުދިންނަށް ޒިންމާ ނަގަން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި، ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަން އިހުސާސްވާ ކުދިން، ސްކޫލްގައާއި މަސައްކަތުގެ މާހައުލުގައާއި މުޅި މުޖުތަމައުގައި ވެސް ކާމިޔާބު މީހަކަށް ވުން ގާތްކަމުގައި ތަޖުރިބާކާރުން ފާހަގަކުރާ ކަމަށާއި، ޒިންމާ ނެގުމުގެ އާދަ ހަރުލާފައި ތިބި ކުދިންނާ މީހުންގެ ކިބައިން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެކަން ފެންނާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ކަންކަމުގައި ކުދިން ޝާމިލު ކުރުން އެކަމަނާއަށް މާނަކުރެވޭ ގޮތަކީ، ކަންކަން ރާވަން ފަށާ ހިސާބުން އެ ކުދިންގެ ބަސް ހޯދުންކަމަށާއި، އެގޮތުން ކުދިންނަށް ތައްޔާރުކުރާ ޕާކު ފަދަ ތަންތަނުގެ ގަވާއިދު ހެދުމުގައި ކުދިންގެ ބައިވެރިވުން އޮވެއްޖެނަމަ އެ ގަވާއިދުތައް ދަމަހައްޓައި ކުދިން ޒިންމާ ނެގުމުގެ ފުރުސަތު ބޮޑުވާނެކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ކަންކަމުން ކުދިންނަކީ މުހިންމު ބައެއް ކަމާއި އެކުދިންނަށް ބޮޑެތި މީހުން އިތުބާރުކޮށް އިޙްތިރާމްކުރާކަން އެނގިގެންދާނެ ކަމުގައި ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުކުޑަކުދިންގެ ދުވަސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

10 މެއި 2024

ކުޑަކުދިން ބޮޑެތިކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ ޖީލެއްގެ ގޮތުގައި - ރައީސް

10 މެއި 2024
ކުޑަކުދިން ބޮޑެތިކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ ޖީލެއްގެ ގޮތުގައި - ރައީސް
02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
17 ސެޕްޓެމްބަރު 2023

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

17 ސެޕްޓެމްބަރު 2023
ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ
17 ސެޕްޓެމްބަރު 2023

ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

17 ސެޕްޓެމްބަރު 2023
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
15 ސެޕްޓެމްބަރު 2023

ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ

15 ސެޕްޓެމްބަރު 2023
ފަސްޓްލޭޑީ ފަޒްނާގެ އިލްތިމާސް: ދަތުރުފަތުރުކުރަން ނުޖެހޭ ގޮތަށް އަވަހަށް ރީރަޖިސްޓްރީކުރައްވާ
11 ސެޕްޓެމްބަރު 2023

"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"

11 ސެޕްޓެމްބަރު 2023
"އިރުކޮޅަކުން ބަލާލިއިރު، އިބޫ އެބައޮތް އެތާނގަ ހަމަ، ގޮނޑުދޮށުގައި ހަމަ ރީއްޗަށް އޮށޯވެލައިގެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް