Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ހިލާލް

އަލް ހިލާލްގެ ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖައްސަން މަސައްކަތް ކުރަނީ

10 މެއި 2023 | ބުދަ 03:15

ސްޕެއިންގެ ކޯޗުކަމުން ވަކިވުމަށް ފަހު އެންރީކޭ ބުނެފައި ވަނީ އޭނާ ބޭނުންވަނީ އަލުން އަނބުރާ ކުލަބު ފުޓުބޯޅަ އަށް އަންނަން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މެއި 2023 | ބުދަ 03:15
ސްޕެއިންގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭ

ސްޕެއިންގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭ

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްގެ ކޯޗަކަށް ސްޕެއިންގެ ލުއިސް އެންރީކޭ ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ދާދި ފަހުން ނިމުނު އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލުން އަލް ހިލާލް ބަލިވުމުން އެ ޓީމުގެ އިސްވެރިން ވަނީ ކޯޗުކަމުން ރާމޯން ޑިއާޒް ވަކިކުރުމަށް މަޝްވަރާ ކުރަމުން ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ޑިއާޒް ވަކި ކުރުމަށް ފަހު އެ މަގާމަށް އަލް ހިލާލް އިން ގެންނަން ބޭނުންވަނީ ޔޫރަޕުގައި މީގެ ކުރިން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އެންރީކޭ ކަމަށް ވަނީ ބުނެފަ އެވެ. އުމުރުން 52 އަހަރުގެ އެންރީކޭ އެންމެ ފަހުން ހުރީ ސްޕެއިން ޤައުމީ ޓީމުގެ ކޯޗުކަމުގެ މަޤާމުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ސްޕެއިން ކެޓުމާއެކު އެންރީކޭ ވަނީ މަގާމުން ވަކިވެފަ އެވެ. ވޯލްޑް ކަޕަށްފަހު އެންރީކޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް އޭރު މީޑިއާ ރިޕޯޓުތައް ބުންޏެވެ. ނަމަވެސް މިހާތަަނަށް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދެ އެވެ.

އަލް ހިލާލް އިން މިހާރު އަންނަނީ އެކަމާ ގުޅޭ މަޝްވަރާތައް އެންރީކޭއާ ކުރަމުން ކަމަށް މީޑިއާތަކުގައި ބުނެފައިވާއިރު، އެކަމާ މެދު އެންރީކޭ ނިންމާނެ ވަކި ގޮތެއް އެނގިފައެއް ނުވެ އެވެ. ސްޕެއިންގެ ކޯޗުކަމުން ވަކިވުމަށް ފަހު އެންރީކޭ ބުނެފައި ވަނީ އޭނާ ބޭނުންވަނީ އަލުން އަނބުރާ ކުލަބު ފުޓުބޯޅަ އަށް އަންނަން ކަމަށާއި، އެކަމަށް ޝައުޤުވެރިކަން ހުންނަ ކަމަށެވެ. އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗަކަށް އެންރީކޭ ހަމަޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް، އެ ލިސްޓުން ފަހު ވަގުތު އޭނާ ބޭރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

އެންރީކޭ އެންމެ ކާމިޔާބު މަސައްކަތެއް ކޮށްފައި ވަނީ 2014 އިން 2017 އަށް ބާސެލޯނާގަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ އެކުލަބާއެކު ނުވަ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ސްޕެނިޝް ލީގު، ތިން ކޮޕަ ޑެލް ރޭ، އެއް ސްޕެނިޝް ސުޕަ ކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު، އެއް ޔުއެފާ ސުޕަ ކަޕް އަދި އެއް ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

އަލް ހިލާލްލުއިސް އެންރީކޭ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
28 ޖެނުއަރީ 2025

ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ

28 ޖެނުއަރީ 2025
ނޭމާ، ކުރީގެ ކުލަބުން ސަންޓޯސް އަށް ބަދަލު ވަނީ
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
02 ނޮވެމްބަރު 2024

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

02 ނޮވެމްބަރު 2024
އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު
29 އޮކްޓޯބަރު 2024

އެންރީކޭ ބުނީ ސަޕޯޓަރުންގެ ހިތް އުފާ ކޮށްދެވޭ ކަމަށް!

29 އޮކްޓޯބަރު 2024
އެންރީކޭ ބުނީ ސަޕޯޓަރުންގެ ހިތް އުފާ ކޮށްދެވޭ ކަމަށް!
22 އޮކްޓޯބަރު 2024

އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް

22 އޮކްޓޯބަރު 2024
އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް