Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައްޔިތުން މިފަހަރު ވޯޓުލާނީ ސިޔާސީ މީހުންގެ ސިކުނޑިން ވިސްނާފައެއް ނޫން!

ރައްޔިތުން ބޭނުންވަނީ ކެތްތެރިކަމާއި މަޑުތިރިކަމާއި ހަމަޖެހުމުގައި ދިރިއުޅެން

ރާއްޖެ އެމްވީ | 9 މެއި 2023 | އަންގާރަ 07:47
ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ސަރުކާރަކީ ހަމަޖެހުން ގެނުވި ސަރުކާރެއް

ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ސަރުކާރަކީ ހަމަޖެހުން ގެނުވި ސަރުކާރެއް

ރައީސް މައުމޫން 30 އަހަރުވެރިކަން ކުރެއްވީ އިދިކޮޅު ޕާޓީއެއް، މިނިވަން މުއައްސަސާއެއް ނެތި ރައްޔިތުންގެ މިނިވަން މަޖިލީހެއް އަދި އެފަދަ ޖުޑިޝަރީ އެއްވެސް ނެތިއެވެ.

ވެރިކަމުގެ ހުރިހާ ބާރެއް އޮންނަނީ އެމަނިކުފާނު ހިތްޕުޅާވި ގޮތަކަށް ބޭނުން ކުރާށެވެ. މީޑިއާއަކީ ސަރުކާރުގެ އެއްޗެކެވެ. އެއީ އޭރުގެ ޑިމޮކްރަސީ އެވެ. އެދުވަސް ނިމުނުތަނާހެން ޖޭޕީއޭ ކިޔާ ޕާޓީއެއް ހެއްދެވިއަސް ގާސިމް އިބްރާހީމަކީ ރައީސް މައުމޫންގެ މިދެންނެވި ވެރިކަމުގައި ތަނަވަސްކަން ހޯއްދަވާ، ކުރައްވާ ބޮޑުވިޔަފާރީގެ މައްޗަށް، އެސަރުކާރުގެ ފަހުކޮޅު މާލިއްޔާގެ ގަވަރުނަރު ކަމާއި މާލީ ވަޒީރުކަމާއި އަދި ނުވިތާކަށް ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގެ ނައިބުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އޭރު ވެއްޓެމުންދިޔަ މައުމޫނުގެ ސަރުކާރު ހިފެހެއްޓޭތޯ ވިއްދި އެންމެ ބޮޑު އެއްކައްތިރި އަކީ ގާސިމެވެ. ދެން ނުހިފެހެއްޓޭނެކަން ޔަގީން ވުމުން މައުމޫން ދޫކުރައްވާ ގާސިމް އެއޮޑިން ފުންމާލެއްވި އެވެ. އެކުގައި އުޅެ، ހުރިހާ މޮޅެއް ހޯދާ އިންތިޚާބާ ޖެހުމުން އެ އޮންނަ ސަރުކާރަކަށް ދޯކާ ދިނުމަށްފަހު ބާކީ ތިބޭ އެންމެން އެކުވުމަކީ ސިޔާސީ ގިނަ ޕާޓީ އުފެއްދި ފަހުން ރާއްޖޭގައި ކަން ހިނގާ ހުތުރު މަގެވެ. އެކުވެގަންނައިރު މަހުޝަރުގައި ވެސް ވަކިނުވާން ތިބިކަމުގެ ކެހިވެރި ދަޅަ ދިވެހިންނަށް ދައްކައެވެ. ސަރުކާރު ބަދަލުވުމާއެކު ސަރުކާރުގެ އެތަން މިތަނުގައި ހިފައި، ލޮބާޑިލައި ވިދާނޮޅާ ތަޅާފޮޅައިގަނެއެވެ. އެއާ ވިއްދާ ރައްޔިތުން ޖެހެނީ އެގޮތް މިގޮތްވެ އާވާރާވެ ދިރިއުޅުމައިގެން ނޫޅެވި މަގުމަތިވާށެވެ.

ރައީސް ޞާލިހުގެ މިދައުރު ނޫނީ މިފަހުން ދިވެހިން އުޅުނީ މުޅިން ވެސް އެހާލެއްގައެވެ. ހިނގާ މިދާ 5 އަހަރު ރާއްޖޭއިން ފެނުނު ހަމަޖެހުމާއި މައިތިރިކަން ފެނުމުން ހީވީ އެ އާދަ ކެނޑި އެ ގޮތްދޫކޮށް މި މީހުން ވެސް މުޅިން ބަދަލުވީ ކަމަށެވެ. ކޮންތާކު ހެއްޔެވެ. އެކަން އެހެން އެވީ ރައީސް ޞާލިޙްގެ މިޒާޖާއި އަޚުލާގުގެ ސަބަބުންނެވެ. ކެތްތެރިކަމާއި ހިތްތިރިކަމާއި އިޙްތިރާމާއި މަޝްވަރާ އިސްކުރެއްވީ އެމަނިކުފާނެވެ. އިންތިޚާބާ ކައިރިވުމުން އުޅެގަތް ގޮތުން މިއީ ހަމަހައްތަހާ ވެސް ސަންޕާ އޮނަށްލާން ޖެހޭ އޫރުގެ ނަގޫކަން އެހެރަދަނީ ފެންނަމުންނެވެ. މަޑުން ތިއްބެއްކަމަކު ތިބީ ވެރިކަމާ ހެދި ދަތްކާރުވަމުން ވަކި ތޫނުކުރަންކަން މިއޮތީ ހާމަވެފައެވެ.

އަރިހުގައި އުޅުއްވުމަށްފަހު ނުކުމެވަޑައިގެން ވަކިން ވެރިކަން ހޯއްދެވުމުގައި އަވަދިވަނީ ގާސިމް އެކަންޏެއް ވެސް ނޫނެވެ. ނިއު މޯލްޑިވްސްގެ ގޮތުގައި އަރިހުގައި ތިއްބެވި ބައެއް ވަޒީރުންގެ ދުލުކުރީގައި ވިޔަސް މައުމޫން ކުރެއްވި ވެރިކަމުގެ ރަހަލިއެވެ. ގައުމީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ވެރިކަން ބޭނޭތޯ ނަނު ދޫކުރައްވައިގެން ދުވަސްކޮޅަކު އުޅުއްވިއެވެ. އެހެން ނަމަވެސް ޑރ ހަސަން ސައީދާއި ޑރ ޝަހީދަށް މާލަސްތަކެއް ނުވެ މިއީ އަދި އެހެންވާ ކަމެއް ނޫންކަން އެނގިވަޑައިގެންފިއެވެ. މި ސަކަރާތް ދޫކުރައްވާ އަމިއްލަ ޕްރޮފެޝަނަލް މަސައްކަތަށް އެނބުރި ވަޑައިގެންފިއެވެ. އެބޭފުުންނަށް ވެސް އެނގިވަޑައިގަންނަވާނެ އެއްކަމަކީ ދެން މައުމޫނު ކުރެއްވި ބާވަތުގެ ކަސަބު އެޅި ވެރިކަން ނަނުގައި ނުގަންނާނެ ކަމެވެ. ދެން ގަތަސް ގަންނާނީ "ބަލާވެރިކަމެއް" ފަދަ ވެރިކަމެއް ކަމެވެ.

އޭގެތެރެއިން ވެސް އޮޔާދިޔަ ބޭފުޅެއް އެބަ ފެނެއެވެ. އެދުވަހުން ފެށިގެން މިއަދާ ޖެހެންދެން ވެސް ޑރ ޖަމީލު އެ އުުޅުއްވަނީ އެ ޙާލެއްގައެވެ. އެކި ދުވަހު އެކި އެތި ވިދާޅުވަމުން އެއް ދުވަހު ރަނގަޅުވާ މީހާ އަނެއް ދުވަހު ގޯސްވެ ވާހަކަ ގިނަވެގެން ގޮސް ޖަމީލު ވިދާޅުވާ ތެދު ވެސް އެއީ ދޮގަށްވާ ހިސާބަށް ކަންމިވަނީ ގޮހެވެ. ޖަމީލު ނޫނަސް ދެން ތިއްބެވީ ވެސް ވަކި ދޫކުރާނެ ބޭފުޅުންނެއް ނޫނެވެ.

ގިނަ ދިވެހިން ސިފަކުރާ، ރައީސް މައުމޫންގެ މިދެންނެވި ވެރިކަމުގެ ޚުދްމުޚްތާރު އަނިޔާވެރިކަމާއި ގޮށްމުށުގެ ބާރުގެ ސިފަތަށް ދެމެހެއްޓުނު ސަބަބަކީ ފުލުހުންނާއި ސިފައިން އެއްކޮށް އޮންނަ އޭރުގެ ސިފައިންގެ ނުވަތަ އެންއެސްއެސް އެވެ. އެކަނި މުހަންމަދު ހޮޓާ ހިންގިހެން ރައީސް މައުމޫނަށް ސިފައިންގެ ހިންގައިދިން ބަޔަކު ތިބެއެވެ. އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ފަހުން ސިޔާސީ ޕާޓީއެއް ހެދި ޢުމަރު ނަޞީރަކީ އެގަހުގެ ކޭލެކެވެ. އެމްއެންޕީގެ ބޮޑުމީހާ ކާނަލް ނާޒިމަށް ކާނަލް ކަން ލިބުނީ ރައީސް މައުމޫނަށް ސިފައިންގެ ހިންގައިދިން މޮޅުކަމުންނެވެ. އެޕާޓީގެ ދެވަނައަށް ހުރި ބޮޑުމީހާ ޢަބްދުﷲ ރިޔާޒަށް ގިޑިގެއެއް ކަހަލަ ޔުނިފޯމެއް ލިބުނީ ރައީސް މައުމޫނަށް ކޮށްދިން މިލިޓަރީ ޚިދުމަތުންނެވެ.

ދެކިބަލާށެވެ. އެދެމީހުން ވެސް އެތިބީ ޕާޓީއެއްގެ ނަމުގައި އޮރުވާގަނޑެއް ބަނދެގެން ވެރިކަމުން ކޮރަކައްޔެއް ވެސް ގަނޭތޯ ފުޅޮއި މަތީގައި ރޯލު ދޫކޮށްގެންނެވެ. ކޮންމެ ބައި އިލެކްޝަނެއްގައި އެކަމަށް ނުކުމެ ފަލި ޖަހައެވެ. އެހެން ޕާޓީ އަކުން ވާދަކޮށްފިނަމަ، ކޮރަކައްޔެއް، ދަނބައެއް ހިސާބު ކޮށާ ނުލާ ނިމިދަނީ އެވެ.

އޮންނަ ވެރިކަމާ ދެކޮޅަށް ނުކުންނަން ރައްޔިތުން ދަހިލަވާނެ ޒާތުގެ ބަސްތަކެއް އަތުރައި، ތުހުމަތެއްކޮށް އެ އަންބާއަށް ބެރުޖަހައިގެން ރައްޔިތުން މޮޔަކޮށްގެން ލައްކަ ސަކަރާތް ޖެހިވަރުން މި މީހުން މިއުޅޭ ގޮތާއި މިކުރާ ކަންތަކާއި އޭގެ ބޭނުން ރައްޔިތުންނަށް މާބޮޑަށް ވެސް މިހާރު ސާފުވެއްޖެއެވެ. ހަދާ އެއް ހީލަތާ ޖަހައި އެއްމަޅި މާގިނައިން ތަކުރާރު ކުރާތީ ރައްޔިތުންނަށް މި ވާގޮތް ފަޅާއެރީ އެވެ.

ތަރައްގީއާއި ތަހުޒީބުގެ މަގަށް ރައްޔިތުން ގޮވައިގެންދާނެ ކަމަށް ބުނާ މީހުން އަބަދާ އަބަދު ކުރާ ކަމަކީ ގޮޅާބޯ، ގަންޖާބޯ، ލާދީނީ ނުވަތަ ޚާއިނު ނޫނީ ޣައްދާރު ފަދަ ބަސްތަށް ގޮވާ، ގައުމުގައި ހަމަނުޖެހުމާއި ފަސާދައާއި ހަލަބޮލިކަން އުފެއްދުން ނޫންކަން ރައްޔިތުން ދަސްކޮށްފިއެވެ. އެކަންކަން ވައިގަ ހިފާ، ޖޯޝާ ފޯރީގައި ދިރިއުޅުން ދޫކޮށް މަގުމަތީގައި އަހަރުތަށް ނަގާލި މަރުހަލާ ނިމިއްޖެއެވެ.

އިންޑިއާ އައުޓް ބޮނޑު ނަގުލަށް ގޮސް ހުލިވީ އެހެންވެ އެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ޗާގޯހެކޭ ކިޔައިގެން ރައްޔިތުން ލައްވައި އައު ގޯހެއް ހައްދަން ތިޔަދަމަން އުޅޭ ގުއިރޯނު މިހާރު އެންމެނަށް ވެސް ފެނެއެވެ.

ރައްޔިތުން ބޭނުންވަނީ ކެތްތެރިކަމާއި މަޑުތިރިކަމާ ހަމަޖެހުމުގައި ދިރިއުޅޭށެވެ. ތިޔަބައި މީހުން ބުނިހާ ގޮތަކަށް ވޯޓުދީގެން ކިތަށް ސަރުކާރު ރައްޔިތުން އުފައްދައިދީފި ހެއްޔެވެ؟ ދުވަހަކު އެގޮތް ރަނގަޅެއް ނުވިއެވެ. އެ ހިސާބުން ތިޔަ އުޅެނީ ހަމައެކަނި ވެރިކަމައިގެންކަން އެނގި ފަޅާ އަރަތްޕެވެ. ހުރިހާ ބޭފުޅުންނަށް ވަރަށް ސަލާމެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައްޔިތުންވޯޓު2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު