Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ލީގަށް ތައްޔާރެއް ނޫން - ޓީސީ

ޓީސީ ފުރަތަމަ މެޗުގައި ކުޅޭނީ ހޯމަ ދުވަހު ވެލެންސިޔާއާ ދެކޮޅަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 މެއި 2023 | ހޯމަ 03:39
ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ބުރު ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ބުރު ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ވެލެންސިޔާއާ ދެކޮޅަށް ނުކުންނަން ޖެހުނަސް, ލީގަށް އަދި ތައްޔާރު ނޫންކަމަށް ޓީސީން ބުނެފިއެވެ.

ޓީސީގެ ވަގުތީ ކޯޗު އަހުސަން ރަޝީދު ބުނީ ލީގަށް ރެޑީވާވާރަށް ކަންކަން ނުދާކަމަށެވެ. ތައްޔާރު ނޫންކަން ފާހަގަކޮށް އޭނާ ބުނީ ރަނގަޅަށް ޕްރެކްޓިސް ކުރެވޭނީވެސް އަންނަ ޖޫން މަހުކަމަށެވެ. އޭގެކުރިން ލީގުގައި ކުޅެން އޮތް ތިން މެޗު "ދެންހަމަ މެނޭޖްކޮށްލާނީ" ކަމަށް އޭނާ ބުންޏެވެ. އެކަމަކުވެސް މެޗަށް ނުކުންނާނީ މޮޅުވާންކަމަށް ބުންޏެވެ. ތައްޔާރުވުމެއް ނެތި ޕްރެޒިޑެންޓްކަޕްގައި ސެމީފައިނަލަށް ނުދެވުނަސް ދެ މެޗުގައި ޓީސީގެ ނަތީޖާތައް ގޯހެއް ނޫނެވެ. އެމުބާރާތުގައި ބުރު ބަލިކޮށް, މާޒިޔާއާ ރަނގަޅު ވާދައެއް ކުރިއެވެ.

އަހުސަން ބުނީ ޕްރެޒިޑެންޓްކަޕްގައި ވެސް ސެމީފައިނަލަށް ނުދެވުނީ ޑިސިޕްލިންއެއް ނެތުމުންކަމަށެވެ. ޕްރެކްޓިސް ކުރެވުނީވެސް ތިން ދުވަހު ކަމަށާއި, އެވެސް ކުޅުންތެރިން ހަމަނުވެކަމަށް އޭނާ ބުންޏެވެ. އަހުސަން ބުނީ ޓީސީ އަދި "އެހެން މިހެން" އުޅެނީ ކަމަށެވެ. ވެލެންސިޔާއާ ގުޅޭގޮތުން ބުނީ ޒުވާން ކުޅުންތެރިންތަކެއް ތިބުމުން ވެލެންސިޔާގެ ބުންވަރު ރަނގަޅުވާނެ ކަމަށެވެ. އެހެންކަމުން މެޗުގެ ފަހު ވަގުތުވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށް އޭނާ ބުންޏެވެ.

ޓީސީ ފުރަތަމަ މެޗުގައި ވެލެންސިޔާއާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހު ހަވީރުއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުދިވެހި ޕްރިމިއާ ލީގު 2023ޓީސީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު