Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

އިންތިޚާބާ ބެހޭ މަރުކަޒު ލިބުން ލަސްވިޔަސް ޝެޑިއުލަށް ބުރޫނާރާނެ - އިލެކްޝަންސް

ދަރުބާރުގެ ތައްޔާރުކުރުމުގެ އިދާރީ މަސައްކަތް އިލެކްޝަނުން ވަނީ ފަށާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 މެއި 2023 | ހޯމަ 03:01
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ބޭނުންވާ އިންތިޚާބާއި ބެހޭ މަރުކަޒު ލިބުން ލަސްވިޔަސް ޝެޑިއުލަށް ބުރޫ ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފުވާދު ވިދާޅުވީ އިންތިހާބާ ބެހޭ މައިމަރުކަޒެއް ހަމަޖެހިފައިވީނަމަވެސް، އެތަނަށް ވަދެވުނީ ކުރިން އުއްމީދުކުރެއްވި ވަރަށްވުރެ ލަހުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ މި އަހަރު ކުރީކޮޅު އެތަނަށް ވަނުމުގެ ފުރުސަތު ފަހިވާނެ ކަމަށް ބަލައިގެން ނަމަވެސް، އެތަނަށް ވަނުމުގެ ފުރުސަތު ލިބުނީ މިދިޔަ މަހުގެ 25، 26 ހިސާބުގައި ކަމަށް ފުވާދު ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދަނީ ހުރިހާ މުވައްޒަފުންގެ މަސައްކަތް އެތަނުގައި ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ. އަދި ޝެޑިއުލް އަށް ބުރޫ ނޭރި ނަމަވެސް އިންތިޚާބާއި ބެހޭ މަރުކަޒެއް ނެތުމުން މުވައްޒަފުންނަށް ވަރަށް ގިނަ ދަތިތައް ދިމާވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން ގިނަ މުވައްޒަފުން އެއްތާކު މަަސައްކަތް ކުރަން ޖެހުމުން މަސައްކަތުގެ ސްޕީޑަށް އަސަރު ކުރާ ކަމަށާއި މުވައްޒަފުން ކުޑަ ތަނެއްގައި ތޮއްޖެހިފައިވާ ކަމަށް ފުވާދު ވިދާޅުވިއެވެ.

އިންތިހާބާ ބެހޭ މައި މަރުކަޒުގެ ގޮތުގައި ހައުސިން މިނިސްޓްރީން ދަރުބާރުގެ ހަޖައްސައިދިނުމާއެކު، އެތަން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. އެގޮތުން އެކަންކަމަށް ބޭނުންވާ ފްލޯ ޕްލޭންތައް ނިންމާ ވޯކް ޗާޓްތަކާއި އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުވާދު ވިދާޅުވިއެވެ.

ފުއާދު ތައުފީގުރިޔާސީ އިންތިޚާބު 2023އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު