Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ކްރައިމިއާ އަށް ޔޫކްރެއިންގެ ގިނަ ޑްރޯން ހަމަލާތަކެއް

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތައް މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ވަނީ އިތުރުވެގެން ގޮސްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 މެއި 2023 | އާދީއްތަ 15:49
ރަޝިއާގެ ބާރު ހިންގަމުންދާ ކްރައިމިއާއަށް ޔޫކްރެއިން އަސްކަރިއްޔާގެ ގިނަ ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާކަމަށް ރަޝިއާއިން ބުނެފި

ރަޝިއާގެ ބާރު ހިންގަމުންދާ ކްރައިމިއާއަށް ޔޫކްރެއިން އަސްކަރިއްޔާގެ ގިނަ ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާކަމަށް ރަޝިއާއިން ބުނެފި

ރަޝިއާގެ ބާރު ހިންގަމުންދާ ކްރައިމިއާއަށް ޔޫކްރެއިން އަސްކަރިއްޔާގެ ގިނަ ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އާދިއްތަ ދުވަހު، ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ 10އަށް ވުރެ ގިނަ ޑްރޯން ހަމަލާ ކްރައިމިއާއަށް އަމާޒުކޮށްފައެވެ.

ކްރައިމިއާގެ އެކި ސަރަހައްދުތަކަށް މިހަމަލާތައް އަމާޒުވެގެންގޮސްފައިވާއިރު، ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ސެވަސްޓޮޕޮލް ބަނދަރުވެސް ހިމެނެއެވެ. ރަޝިއާ އަސްކަރިއްޔާއިން ބުނާގޮތުން މިބަނދަރަށް އަމާޒުވި ޑްރޯން ހަމަލާތައް ރަޝިއާ އަސްކަރިއްޔާގެ ވައިގެ ޑިފެންސް ސިސްޓަމްތައް ވަނީ ހުއްޓުވާފައެވެ.

ސެވަސްޓޮޕޮލްގައި ރަޝިއާއިން އައްޔަނުކޮށްފައިވާ ގަވަރުނަރު ވަނީ ޔޫކްރެއިންގެ ހަމަލާތަކުން އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ޓެލެގްރާމް ޕޯސްޓެއް ގައި ވިދާޅުވެފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ މައުލޫމާތުތަކުން، އެމީހުންގެ ހަމަލާތައް ދީފައިވާ ތަންތަނުގެ ތެރޭގައި ސެވަސްޓޮޕޮލްގެ އިތުރުން ސަކީ ހިމެނެއެވެ. ސަކީ އަކީ ރަޝިއާ އަސްކަރިއްޔާގެ އެއަރ ބޭސް އެއް ހުންނަ ސަރަހައްދެކެވެ.

މީގެ އިތުރުން، ޔޫކްރެއިނުގެ ހަމަލާތައް އަމާޒުވި ކްރައިމިއާގެ އިތުރު ސަރަހައްދުތަކަށް ގެއްލުން ލިބިނުކަމެއް ނުވަތަ ނޫންކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މިހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް ރަޝިއާ އަސްކަރިއްޔާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތައް މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ވަނީ އިތުރުވެގެން ގޮސްފައެވެ.

އަނެއްކޮޅުން ޚަބަރު ލިބޭ ގޮތުގައި ޔޫކްރެއިންގެ، ރަޝިޔާއިން ހިފާފައިވާ ސަރަހައްދުގައި ހުންނަ ބޮޑު ޒެޕޮރީޒިއާ ނިއުކްލިއަރ ޕްލާންޓް ގެ ކައިރީގައިވާ ފަސް ސަރަހައްދެއް މީހުން ނެރެ ހުސްކުރުމަށް ރަޝިޔާއިން ވަނީ އަންގާފައެވެ. މިއާއެކު އެސަރަހައްދުތައް ދޫކޮށް ދިއުމަށް ކާރު ތަކުގައި ދަތުރު ފަށާފައިވާ މީހުންގެ ދިގު ކިއުއެއް ދެމިގެން ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޔޫކްރެއިންގެ މަޝްރަހް ގައި ހަމަލާތައް އިތުރު ވަމުން ދިއުމާއި އެކު ނުއުކްލިއަރ އެކްސީޑެންޓެއް ހިގާފާނެ ކަމުގެ ބިރު އެބައޮތްކަމަށް ނިއުކްލިއަރ ކަންތައް ތައް ބަލަހައްޓާ އދ ގެ އިދާރާ އައިއޭއީއޭ އިން ބުނެފައި ވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު