Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ފައިނަލުން ބަލިވުމުގެ އަސަރު ޓީމުގައި ހުންނާނެ، އީގަލްސް އަށް ލީގަށް ވާދަކުރެވޭނެ

އީގަލްސްގެ ޕްލޭނަކީ މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރުން، ލީގަށް ވާދަކުރެވޭނެ ފެންވަރު އީގަލްސް ޓީމުގައި އެބަ އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މެއި 2023 | ހޯމަ 03:35
ޕްރެޒިޑެންޓްސް ކަޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވުމުން އެކަމުގެ އަސަރު ކުލަބު އީގަލްސްގައި ހުންނާނެ ކަމަށާއި، ނަމަވެސް އެ ޓީމަށް ލީގަށް ވާދަކުރެވޭނެ ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އިން ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސް އަށް ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) އަށް ޙާޟިރުވެވިފައެއް ނުވެ އެވެ. އެހެންކަމުން ޕްރެސްގައި ބައިވެރިވީ މުއާވިޔަތު އެވެ. ޕްރެސް ފަށަމުން ވެސް އޭނާ ބުނީ، މާޒިޔާ އަތުން 2-0 އިން ބަލިވި މެޗާއެކު ޓީމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ލީގުގައި އީގަލަސްގެ ހިތްވަރަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށް މުއާވިޔަތު ވަނީ ބުނެފަ އެވެ. އެގޮތުން ކުރިއަށް އޮތް މެޗަށް އީގަލްސް އިން ނިކުންނާނީ އެ މެޗު ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ލީގުގައި އީގަލްސްގެ ޕްލޭނަކީ މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރުން ކަމަށާއި، ލީގަށް ވާދަކުރެވޭނެ ފެންވަރު އީގަލްސް ޓީމުގައި އޮތް ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް މުއާވިޔަތު ވަނީ ބުނެފަ އެވެ. މުއާވިޔަތު ފާހަގަ ކުރި ގޮތުގައި އެކަމަކީ ފުޓުބޯޅަ ބަލާ އެންމެން ވެސް ޤަބޫލު ކުރާނެ ކަމެކެވެ. އޭގެ އިތުރަށް ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި، ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަ ކުރާ ކަމަށް ވެސް މުއާވިޔަތު ވަނީ ބުނެފަ އެވެ. ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން އެންމެ އެކަށީގެންވާ ފެންވަރުގެ ކުޅުމެއް ނުފެނުނު ކަމަށް ސުވާލު ކުރުމުން މުއާވިޔަތު ބުނީ، އެ ކުޅުންތެރިންނަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ މަހައުލަށް ހޭނެއް ވަގުތު ބޭނުންވާނެ ކަމަށާއި، އެކަމުގައި ދަތިތަކެއް ހުރި ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ މިވަގުތު މަސައްކަތް ކުރަމުން ދަނީ ޓީމުގައި ހުރި އަނިޔާތަކަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކުޅުންތެރިންގެ އަނިޔާ ރަނގަޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ބުރު މެޗާ ގުޅޭ ގޮތުން މުއާވިޔަތު ބުނީ، އީގަލްސް އިން އެ މެޗު އެއްވެސް ވަރަކަށް ފަސޭހަ ނުކުރާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އީގަލްސް އަށް އެކަން ތަޖުރިބާ ކުރެވިއްޖެ އެވެ. ޚާއްސަކޮށް ދެ ވަނަ ޑިވިޝަނުން އައި ޓީމަކާ އަޅާ ބަލާއިރު، ބުރުން ދެއްކީ ފުރަތަމަ ޑިވިޝަންގައި ޤަބޫލު ކުރެވޭ ފެންވަރުގެ ކުޅުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން އީގަލަސްގެ އަޙުމަދު ރިޒުވާން (ރިޒޭ)، ހިސާމް ސަލީމް (ކޮކީ) އަދިވެސް ހުރީ އަނިޔާގައި ކަމަށް މުއާވިޔަތު ބުންޏެވެ.

އީގަލްސް އަކީ މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ދެ ވަނަ އަށް އެންމެ ކުރިން ފަރިތަކުރުން ފެށި ޓީމެވެ. އީގަލްސް އާއި ބުރު ބައްދަލު ކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ 21:00 ގައެވެ.

ދިވެހި ޕްރިމިއާ ލީގު 2023ކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު