Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދު

މިއަހަރުވެސް ދެކުނު އޭޝިއާގެ އެންމެ ހަލުވި އިގްތިސާދަށް ރާއްޖެ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަނގަޅުވާނެ - ވޯލްޑް ބޭންކް

ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށްވުރެ ފަގީރުކަމުގެ މިންވަރު ދަށްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 މެއި 2023 | އާދީއްތަ 09:17
ިކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެކަމަށް ވޯލްޑް ބޭންކުން ބުނޭ

ިކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނެކަމަށް ވޯލްޑް ބޭންކުން ބުނޭ

އެންމެ ފަހުގެ އިގްތިސާދީ ލަފާތަކަށް ބަލާއިރު ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއިން އިގްތިސާދީ ވަރުގަދަ ނަންބަރުތަކެއް ދަމަހައްޓާނެކަން ވޯލްޑް ބޭންކުން ކަށަވަރުކޮށްދީފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި ހަރަކާތެއްގައި، އިފްތިތާހުކުރި ވޯލްޑް ބޭންކުގެ އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އޭޕްރީލް 2023 އަށް ދައްކާގޮތު، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އެންމެ ފަހުގެ އިގްތިސާދީ އަންދާޒާތަކަށް ބަލާއިރު، ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި، ކެޕިޓަލް ޚަރަދުތަކާއި، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މިންވަރު އިތުރުވުމާއި، ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށްވުރެ ފަގީރުކަމުގެ މިންވަރު ދަށްވާނެ ކަމަށް ބެލެވޭތީ، އިގްތިސާދީ ގޮތުން ރަނގަޅު ހިސާބެއްގައި ހިފެހެއްޓޭނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި 2023 ވަނަ އަހަރުގެ ކުރިއެރުން ލަފާކުރި މިންވަރަށް ކުޑަކޮށް ދަށްވި ނަމަވެސް، ދެކުނު އޭޝިއާގެ އިގްތިސާދުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދަކީ ރާއްޖޭގެ އިގްތިސާތުކަމަށް އެމްޑީޔޫގައި ވަނީ ބުނެފައެވެ.

އެމްޑީޔޫ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރަނގަޅު މާލީ ސިޔާސަތެއް އެކުލަވާލުމާ ބެހޭ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ނައިބު މަރިޔަމް މަނަރަތު ވަނީ ސަރުކާރުގެ ހަރުދަނާ މާލީ އިސްލާހީ ސިޔާސަތުތަކަށް އަލިއަޅުވާލައްވާފައެވެ. މާލީ ދެމެހެއްޓެނިވިކަން ހޯދުމަށްޓަކައި މި އިސްލާހުތަކުގެ ތެރެއިން މުޖުތަމައުގެ އެންމެ ނާޒުކު ފަރާތްތައް ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރުގެ ނައިބު ދެއްވިއެވެ.

އަދި އުތުރުގެ އިހަވަންދޫ ބަނދަރާއި، އައްޑޫގައި ކުރިއަށް ގެންދާ ހަންކެޑޭގައި އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫއާއި، ރައްތަށް ގުޅުވާލުމަށް އިންވެސްޓްކުރުމާއި، ހަމަހަމަ ކުރިއެރުމަށް ބޭނުންވާ އެހެނިހެން އިންފްރާސްޓްރަކްޗަރ ފަދަ އިގްތިސާދު ބަދަލުކުރެވޭނެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

މަނަރަތު ވިދާޅުވީ މިކަންކަން ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓްތަކަށް ނިސްބަތްކޮށް މި ސަރަހައްދުގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އިގްތިސާދަކަށް ދިވެހިރާއްޖެ ވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ބަލަނީ، މި ފައިދާހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން އަޅުގަނޑުމެންގެ އިޤްތިޞާދުގެ ސައިޒު ދެގުނައަށް އިތުރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރޫވަޝް އާދަމް ވަނީ މެދުރާސްތާގެ އާމްދަނީގެ ސްޓްރެޓެޖީ އާއި އާސަންދައިން ކުރާ ހަރަދުތަކަށް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ޓެކްސްގެ އަސާސް ފުޅާކުރުމުގެ މަސައްކަތްތައް ކިޔައިދީފައެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރެވެނިއު ސައިޑް ކޮންސޮލިޑޭޝަން ޓާގެޓަކީ ފުރަތަމަ 3 އިންސައްތަ ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ޕާފޯމަންސް ލަފާކުރި ވަރަށް ވުރެ ވަރުގަދަ ކަމުން ރާއްޖެއިން ލަފާކުރާ ގޮތުގައި އެ އަދަދު އިތުރުވެ، ސަބްސިޑީގެ ހަރަދުތަކުގެ އިސްލާހުތައް ލަސްވި ނަމަވެސް ފަރަގު ކުޑަވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކާއެކު އަންނަ މާލީ ވައުދުތަކާ ކުރިމަތިލާން ރަނގަޅަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި އިންވެސްޓްމަންޓްތަކުގެ ތެރެއިން މިއަދު އިގްތިސާދު ހަރުދަނާކުރަންޖެހޭ ތަންތަނުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

ވޯލްޑް ބޭންކްރާއްޖޭގެ އިގުތިސާދު އިގްތިސާދުފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު