Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކެސިއޭ ހޯދުމަށް ޓޮޓެންހަމުން ބާސެލޯނާއާއެކު މަޝްވަރާކުރަނީ

8 މެއި 2023 | ހޯމަ 03:21

ބާސެލޯނާ އިން ކެސިއޭ ވިއްކާލާނީ އެންމެ ދަށްވެގެން 25 މިލިއަން ޔޫރޯ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މެއި 2023 | ހޯމަ 03:21
ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރޭންކް ކެސިއޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރޭންކް ކެސިއޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ހޯދުމަށް ޓޮޓެންހަމުން އެ ކުލަބާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބާސެލޯނާ އިން ސްޕެނިޝް ލީގުގެ މާލީ ޤަވާއިދަށް ފެއްތުމަށް ކުލަބުން ގިނަ ކުޅުންތެރިން ދޫކޮށްލާނެ ކަމަށާއި، ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަ ކުރާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ކެސިއޭ އަކީ ބާސެލޯނާ އިން ވިއްކާލަން ބޭނުންވާ ކުޅުންތެރިޔެެއް ކަމަށާއި، އެހެންކަމުން ޓޮޓެންހަމުން މިހާރު އަންނަނީ ބާސެލޯނާއާއެކު މަޝްވަރާތައް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ޓޮޓެންހަމްގެ އިތުރުން ބައެއް އެހެން ކުލަބުތަކުން ވެސް ކެސިއޭ ހޯދުމަށް ޝައުޤުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ ޔުވެންޓަސް ހިމެނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޓޮޓެންހަމުން ބާސެލޯނާއާއެކު މަޝްވަރާކުރަމުން އަންނައިރު، ބާސެލޯނާ އިން ކެސިއޭ ވިއްކާލާނީ އެންމެ ދަށްވެގެން 25 މިލިއަން ޔޫރޯ އަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން އެންމެ ފުރަތަމަ ބާސެލޯނާ އިން ކެސިއޭ އަށް ހުށަހެޅީ މުސާރަ ކުޑަ ކުރުމަށެވެ. ނަމަވެސް އެކަމަށް ކެސިއޭ އެއްބަސްނުވުމުން ބާސެލޯނާ އިން ނިންމީ އޭނާ ދޫކޮށްލަން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެއީ ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާ އިން އެހެން ކުޅުންތެރިން ހޯދުމަށް ވެސް ބޭނުންވާތީ ކަމަށް ވަނީ ބުނެފަ އެވެ.

އޭސީ މިލާން ދޫކޮށް ކެސިއޭ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭނާ ބާސެލޯނާ އަށް ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 39 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ.

ބާސެލޯނާފްރޭންކް ކެސިއޭ ޓޮޓްނަމް ހޮޓްސްޕަރ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް
25 ޑިސެމްބަރު 2025

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން
22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް