Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޮޓެންހަމް

ޓޮޓެންހަމުން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ކުރީގައި ނާގަލްސްމަން

މަޝްވަރާ ކުރުމަށް ނާގަލްސްމަން އެއްބަސްވާނީ އެ ކުލަބުގެ ޑިރެކްޓަރ އޮފް ފުޓުބޯޅަައިގެ މަގާމަށް ގެންނަ މީހެއް އެނގުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މެއި 2023 | ހޯމަ 03:19
ހޫލިއަން ނާގަލްސްމަން

ހޫލިއަން ނާގަލްސްމަން

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމުން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ކުރީގައި ޖަރުމަނުގެ ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ހިމެނިއްޖެ އެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިވި ފަހުން، އެންމެ ފުރަތަަމަ އެ ޓީމަށް އިރުޝާދު ދިނީ ކޮންޓޭގެ އެސިސްޓެންޓަކަށް ހުރި ކްރިސްޓިއަން ސްޓެލިނީ އެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ޓީމަށް ލިބުނު ލަދުވެތި ބައްޔާއެކު އޭނާ ވެސް ވަކިކުރި އެވެ. އެއަށްފަހު މިހާރު ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ރަޔަން މޭސަން އެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ސީޒަނަށް އައު ކޯޗެެއް ހޯދުމަށް ޓޮޓެންހަމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން ޓޮޓެންހަމުން ވަނީ ބަޔާ ލެވަކޫސަންގެ ކޯޗަކަށް ހުރި ޒަބީ އަލޮންސޯ އަށް އޮފާއެއް ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް، ދާދި ފަހުން އަލޮންސޯ ވަނީ އަންނަ ސީޒަނުގައި ވެސް އޭނާ ހުންނާނީ ލެވަކޫސަންގައި ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ޓޮޓެންހަމުން އެކުލަވާލި ލިސްޓުގެ ކުރީގައި އޮތީ ކުރިން ޖަރުމަނު ލީގުގެ ބަޔާން މިއުނިކްގެ ކޯޗަަކަށް ހުރި ނާގަލްސްމަން ކަމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ޓޮޓެންހަމުން ނާގަލްސްމަނާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެކަމަށް އެނާ އެއްބަސްވާނީ އެ ކުލަބުގެ ޑިރެކްޓަރ އޮފް ފުޓުބޯޅަައިގެ މަގާމަށް ގެންނަ މީހެއް އެނގުމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން އެކަން މިހާރު އޮތީ ޗެއާމަން ޑެނިއަލް ލެވީ އަތް މަތީގައި ކަމަށާއި، ލެވީ އަންނަނީ އެކަމުގައި ކުލަބުގެ އިސް ފަރާތްތަކާ މަޝްވަރާކުރަމުން ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ޓޮޓެންހަމްގެ ކުރިން ޗެލްސީން ވެސް ވަނީ ނާގަލްސްމަނާ މަޝްވަރާކޮށްފަ އެވެ. އެފަހަރު އެ ކުލަބުގެ ކޯޗުކަމާ އޭނާ ހަވާލުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ފަހު ވަގުތު ނާގަލްސްމަން ވަނީ އެ ލިސްޓުން ބޭރުވެފަ އެވެ. އޭރު ސަބަބެއްގެ ގޮތުގައި މީޑިއާތަކުގައި ބުނަމުން ދިޔައީ ނާގަލްސްމަން ބޭނުންވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށް އިރުޝާދު ދިނުމަށް ކަމަށެވެ.

ޓޮޓްނަމް ހޮޓްސްޕަރހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު