Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

މެޗުގެ އަދަދު ހަމަހަމަ، ސިޓީން އެއްވަނާގައި، ހަތަރު ޕޮއިންޓްގެ ލީޑެއް!

ލީޑްސް އަތުން ސިޓީ މޮޅުވީ 2-1ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 6 މެއި 2023 | ހޮނިހިރު 16:20
ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ގުންޑޮގާން

ސިޓީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ގުންޑޮގާން

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނާގައި ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓި އާސެނަލްއާ އެއް އަދަދަކަށް މެޗު ކުޅެ, ޗެމްޕިއަން, ސިޓީން އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ކޮންމެ ޓީމެއް 34 މެޗު ކުޅުނުއިރު ސިޓީ އެއްވަނާގައި އޮތީ 82 ޕޮއިންޓާއެކުއެވެ. ދެވަނާގައި އާސެނަލް އޮތީ 78 ޕޮއިންޓާއެކުއެވެ. ސިޓީން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގީ އަމިއްލަ ދަނޑުގައި 2-1ން ލީޑްސް ޔުނައިޓެޑް ބަލިކޮށްގެންނެވެ. ރެލިގޭޝަންގައި ބިރާ ކުރިމަތިވެފައިވާ ލީޑްސް ޔުނައިޓެޑް ކޮޅަށް ފުރަތަމަ ހާފްގައި ސިޓީގެ ދެ ލަނޑުވެސް ޖެހީ ކެޕްޓަން ގުންޑޮގާންއެވެ. ދެލަނޑުވެސް ޖެހީ ރިޔާދު މާރޭޒް ތަނަވަސްކޮށްދިން ހިތްގައުމު ފުރުސަތުންނެވެ. ދެވަނަ ހާފްގައި ހެޓްރިކް ހަދަން ގުންޑޮގާންއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ފޮޑެންއަށް ކުރި ފައުލަށް ދިން ޕެނަލްޓީ ފޮނުވާލަން ދިނީ ގުންޑޮގާންއަށެވެ. އެކަމަކު އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ޖެހިގެން އައި މިނިޓްގައި ލީޑްސްއިން ފަރަގު ކުޑަކުރިއެވެ. އެއީ ރޮޑްރީގޯ ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ އަކަންޖީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗުގައި ލަނޑު ޖަހަން ހާލަންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން މިމެޗުގައި ނުކުރެވުނެވެ. އޭނާއަށް މެޗު ފުރިހަމަކުރުމުގެ ފުރުސަތު ކޯޗު ގާޑިއޯލާ ދިނެވެ. ދެވަނަ ހާފް ފަށައިގެން ހަތަރުވަނަ މިނިޓްގައި ޑިފެންޑަރ ނަތަން އަކޭއަށް އަނިޔާވެ ބަދަލުކުރަން ޖެހުމަކީ ކޯޗު ގާޑިއޯލާއަށް ނުތަނަވަސް ކަމެކެވެ. މިސީޒަންގައި އެންމެ އިތުބާރާއެކު ސިޓީގައި ކުޅެމުން އަންނަ ޑިފެންޑަރަކީ އަކޭއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: ވީކޭ އަދި ބީޖީއަށް ހަމަހަމަ ނިމުމެއް

18 އެޕްރީލު 2017
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: ވީކޭ އަދި ބީޖީއަށް ހަމަހަމަ ނިމުމެއް
17 އެޕްރީލު 2017

ޒެފްރޯލް އާއި ކްލަބް ޕީކޭ ގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެށް

17 އެޕްރީލު 2017
ޒެފްރޯލް އާއި ކްލަބް ޕީކޭ ގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެށް
13 އެޕްރީލު 2017

ވިކްޓްރީ އާއި ޓީސީ މެޗަށް ހަމަހަމަ ނިމުމެއް

13 އެޕްރީލު 2017
ވިކްޓްރީ އާއި ޓީސީ މެޗަށް ހަމަހަމަ ނިމުމެއް
12 އެޕްރީލު 2017

އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

12 އެޕްރީލު 2017
އެމްއާރުޑީސީ އިން ސްޓެލްކޯ ބަލިކުރިއިރު، ފެނަކަ އާއި ޕޮލިސް ކްލަބުގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް
08 އެޕްރީލު 2017

މެޑްރިޑް ޑާބީ މެޗަށް ހަމަހަމަ ނިމުމެއް

08 އެޕްރީލު 2017
މެޑްރިޑް ޑާބީ މެޗަށް ހަމަހަމަ ނިމުމެއް
23 މާރިޗު 2017

ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް

23 މާރިޗު 2017
ރާއްޖެ ފަލަސްތީނު މެޗުގެ ޓިކެޓް ވިއްކުމަށް ބަދަލުތަކެއް
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު