Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

މެޑްރިޑް ޑާބީ މެޗަށް ހަމަހަމަ ނިމުމެއް

މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 8 އެޕްރީލު 2017 | ހޮނިހިރު 22:10
ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޑްރިޑް ޑާބީ މެޗު، ފަހު ވަގުތު އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ވެސް ވަނީ ތަނަވަސް ކޮށްފަ އެވެ. އެގޮތުން 3 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލިބުނު ހިލޭ ޖެހުމެއް ކޮކޭ ފޮނުވާލި އިރު، އެބޯޅަ ދިޔައީ ރެއާލްގެ ގޯލު ކުރިމަތިން ހުރަސްވެ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން 15 ވަނަ މިނެޓުގައި ރޮނާލްޑޯ ވެސް ވަނީ އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބާރު ބޯޅަ އެތުލެޓިކޯގެ ކީޕަރު އޮބްލެކް ވަނީ ދިފާއުކޮށްފަ އެވެ.

މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތުތަކެއް ލިބުނީ ރެއާލްގެ ބެންޒެމާ އަދި ރޮނާލްޑޯ އަށެވެ. އެގޮތުން 28 ވަނަ މިނެޓުގައި މި ދެކުޅުންތެރިން ގުޅިގެން އުފެއްދި ހަމަލާއެއް އޮބްލެކް ދިފާއުކުރި އިރު، 31 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ އެތުލެޓިކޯގެ ޑިފެންޑަރު ސަވިޗް ވަނީ ގޯލުގެ ރޮނގު މަތިން ދިފާއުކޮށްފަ އެވެ. އަދި އޭގެ އެއް މިނެޓު ފަހުން ބޭލް ބޮލުން ފޮނުވާލި ހަމަލާ ވެސް އޮބްލެކް ވަނީ ދިފާއުކޮށްފަ އެވެ.

ލަނޑެއް ނުޖެހި ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، ދެވަނަ ހާފު ފެށިގެން ރެއާލުން ދިޔައީ އިތުރަށް ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 52 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ޕެޕޭ ވަނީ ގޯލެއް ޖަހައި ރެއާލަށް ލީޑު ނަގައިދީފަ އެވެ.

މި ލަނޑާއެކު ރެއާލުން ފަހަތަށް ޖެހި ކުޅެމުންދިޔައިރު އެތުލެޓިކޯ އިން ވަނީ ކުޅުން ރަނގަޅުކޮށް ރެއާލްގެ ހާފަށް ބާރު ބޮޑުކޮށްފަ އެވެ. އެގޮތުން މިވަގުތު ކޮޅުގެ ތެރޭގައި ފްރާންސް ފޯވަޑް އެންޓޮއިން ގްރިޒްމަން ވަނީ ގިނަ ހަމަލާތަކެއް ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ.

މެޗުގައި އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަކުރި ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގްރީޒްމަން އެވެ.

މި ލަނޑު އޭނާ ކާމިޔާބުކުރީ ކޮރިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހު އެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 30 މެޗުން ލިބުނު 72 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގަ އެވެ. އަދި އެތުލެޓިކޯ އޮތީ ކުޅުނު 31 މެޗުން ލިބުނު 62 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގަ އެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު