Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގު ނޫޓު ގެންގުޅުން

ވަގު ނޫޓު ގެންގުޅުނު މީހާގެ ބަންދަށް 7 ދުވަސް

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ މުހައްމަދު މިސްބާޙު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2023 | ހޮނިހިރު 08:24
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ވަގު ނޫޓު ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ކައުންޓަރފީޓް ނޫޓު ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ.

Advertisement - newsAdvertisement

އޭނާ ބަންދުކޮށްފައިވަނީ 7 ދުވަހަށެވެ. އެގޮތުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 12 މެއި 2023 އަށެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއް ކަމުގައި ކޯޓުން ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި ހުށައަޅާފައިވުމެވެ. އެގޮތުން ޙާދިސާގެ ރިޕޯޓު ވަނީ ހުށައަޅާފައެވެ.

އޭނާ ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ ހައްޔަރު އަދި ބަންދު ރެކޯޑުވެސް އެބަހުއްޓެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ މުހައްމަދު މިސްބާޙުއެވެ.

ވަގު ނޫޓުގެ މައްސަލަ ފެންމަތިވެފައިވާއިރު، އެއްވެސް ނޫޓަކާ ދޭތެރޭ ޝައްކު އުފެދިއްޖެނަމަ ވީ އެންމެ އަވަހަކަށް އެ ނޫޓެއް ގެނެސްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މީގެ ކުރިން އެދިފައިވެއެވެ.

ވަގު ނޫޓާ ކަޅު ބާޒާރާވެސް ގުޅުމެއް ވާކަމަށް ބެލެވޭއިރު، ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ ތެރޭގައި ބިދޭސީން ވެސް ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން ދާކަމަށް ރަސްމީ އިދާރާތަކުންވެސް މީގެ ކުރިން ބުނެފައި ވެއެވެ.

އަދި ވައިބާ ގްރޫޕުތަކާއި ޓެލެގްރާމް ގްރޫޕުތައް މެދުވެރިކޮށް މި ވިޔަފާރި ފުޅާކުރާ މީހުންވެސް އުޅެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު