Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

8 އަހަރަށްފަހު ލިވަޕޫލް ދޫކޮށް މިލްނާ ބްރައިޓަން އަށް

ބްރައިޓަނާއެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2023 | ހުކުރު 19:20
ލިވަޕޫލަށް ކުޅެމުން އަންނަ ޖޭމްސް މިލްނާ

ލިވަޕޫލަށް ކުޅެމުން އަންނަ ޖޭމްސް މިލްނާ

އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖޭމްސް މިލްނާ އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލް ދޫކޮށްލަނީ 8 އަހަރު ދުވަހަށް ފަހު އެވެ. އެ ކުލަބު ދޫކޮށްލުމަށް ފަހު އޭނާ ބަދަލުވާނީ ޕްރިމިއާ ލީގުގެ ބްރައިޓަން އަށެވެ. ބްރައިޓަން އަށް އޭނާ ބަދަލުވާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ ކުލަބުން ހުށަހަޅާފައިވާ ހުށަހެޅުން މިލްނާ މިހާރު ވަނީ ޤަބޫލުކޮށްފަ އެވެ. އެހެންކަމުން ބްރައިޓަނާއެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިލްނާ ލިވަޕޫލް ދޫކޮށްލަނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވުމުންނެވެ. މިލްނާގެ އިތުރުން ނަބީ ކެއިޓާ އަދި ޗެމްބާލައިން ވެސް މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް މީޑިއަ ތަކުގައި ވަނީ ބުނެފަ އެވެ.

ވާދަވެރި މެންޗެސްޓަރ ސިޓީ ދޫކޮށް މިލްނާ ލިވަޕޫލަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ އަހަރު އޭނާ ވަނީ ލިވަޕޫލްގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސައިފަ އެވެ. މިލްނާ ވަނީ ލިވަޕޫލްގެ ކެޕްޓަން ބޭންޑު އަޅައިގެން ވެސް ކުޅެފަ އެވެ. އަށް އަހަރުގެ ތެރޭގައި އޭނާ ވަނީ މިހާތަނަށް ލިވަޕޫލަަށް 328 މެޗު ކުޅެދީ 26 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެ ކުލަބާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެވެ. މީގެ އިތުރުން ކަރަބޯ ކަޕްގެ ފައިނަލެއްގައި އެއް ފަހަރު، ޗެމްޕިއަންސް ލީގު ފައިނަލްގައި ދެ ފަހަރު އަދި ޔުއެފާ ޔޫރޮޕާ ލީގު ފައިނަލްގައި އެއް އަހަރު ވަނީ ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު