Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޑެސްޓިނޭޝަން ކެމްޕޭން

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕޭން އިފްތިތާހުކޮށްފި

އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކެއް ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި އެކި އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްވެސް ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 މެއި 2023 | ހުކުރު 07:13
ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕޭން ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ޑެސްޓިނޭޝަން ކެމްޕޭން ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން ކެމްޕޭން އިފްތިތާހުކޮށްފިއެވެ.

މި ކެންޕެއިންގެ އަމާޒަކީ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ތަފާތު ތަޖުރިބާތަކެއްކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ. އެއްއަހަރުގެ މުއްދަތަކަށް ދެމިގެންދާ މި ކެމްޕޭން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮންޕެނީ (އެމް.އެމް.ޕީ.އާރު.ސީ)، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ވަނީ އެންޑޯޒްކޮށްފައެވެ. އަދި މި ކެމްޕޭން އިފްތިތާހު ކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ކުރުނބާ މޯލްޑިވްސް ގައި މިރޭ ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

'އެކްސްޕީރިއަންސް މޯލްޑިވްސް' މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކެއް ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި އެކި އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް 10-25 އިންސައްތައާ ހަމަޔަށް ސްޕާ/އެކްޓިވިޓީ ޑިސްކައުންޓް ލިބޭއިރު، އެއްވެސް ހަރަދަކާ ނުލާ ހުރުމުގެ ފުރުސަތުތަކާއި، ރެސްޓޯރަންޓްތަކުން ބޮޑެތި ޑިސްކައުންޓްގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ފަދަ ގިނަ ފުރުސަތުތަކެއް އެމެކްސް ކާޑު މެންބަރުންނަށް ލިބޭނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ, މިއަހަރުގެ ފުރަތަމަ ހަތަރު މަހުގައި ބައި މިލިއަން ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައިވާ ކަމަށެވެ. ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން 2023 ވަނަ އަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަކީވެސް ލިބޭ އުފަލެއް ކަމަށެވެ.

މި ޕާރޓްނާޝިޕްއާ ގުޅޭގޮތުން ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރަލް މެނޭޖަރ، ގްލޯބަލް ނެޓްވޯކް ސަރވިސަސް، އޭޝިއާ އެންޑް ސައުތު ޕެސިފިކް ގްރޯތު މާރކެޓްސް، އެމެރިކަން އެކްސްޕްރެސް، ވިދްޔާ ޖައިން، ވިދާޅުވީ ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޕްރީމިއަމް އަދި މުއްސަނދި ފަތުރުވެރިންގެ މެދުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށެވެ. އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭންގެ އެހީގައި މި ހިތްގައިމު މަންޒިލަށް އިތުރު ޝައުގުވެރިކަމެއް ގެނުވައި ރާއްޖޭގެ އިގްތިޞާދާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިކަމުގެ ސަބަބުން އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު