Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަމަޖައްސައިފި

26 ޖުލައި 2025 | ހޮނިހިރު 03:42

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ވަނީ ހަމަޖައްސާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 ޖުލައި 2025 | ހޮނިހިރު 03:42
ބޭންކް އޮފް މޯލްޑިވްސް: އެ ބޭންކުން ވަނީ  އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސާފަ

ބޭންކް އޮފް މޯލްޑިވްސް: އެ ބޭންކުން ވަނީ އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސާފަ

ބޭންކް އޮފް މޯލްޑިވްސް އިން އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ނިންމުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެއީ ފަހުރެއް ކަމަށެވެ. އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

އަދި މީގެ ސަބަބުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. މީގެ އިތުރުން ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު

މީގެ އިތުރުން ޝަރީފު ވަނީ 2024 ވަނަ އަހަރު އޮކްޓޫބަރު މަހު ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު

އަންނަ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. މިގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެއެވެ.

އަދި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ހައްލުތަކާއެކު، ބޭންކް އޮފް މޯލްޑީވްސް އަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީގެ ކާމިޔާބު ޓެލެތޯނަށް ފަހު ސަރުކާރުން ވެސް ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އެކައުންޓްތަކެއް

13 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީގެ ކާމިޔާބު ޓެލެތޯނަށް ފަހު ސަރުކާރުން ވެސް ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އެކައުންޓްތަކެއް
04 ސެޕްޓެމްބަރު 2017

އީދު ބަންދަށްފަހު މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ!

04 ސެޕްޓެމްބަރު 2017
އީދު ބަންދަށްފަހު މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ!
29 ޖޫން 2017

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

29 ޖޫން 2017
 އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟
17 އެޕްރީލު 2017

އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

17 އެޕްރީލު 2017
އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި
04 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ
03 އެޕްރީލު 2017

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ

03 އެޕްރީލު 2017
ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ
02 އެޕްރީލު 2017

ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި

02 އެޕްރީލު 2017
ވިލާގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ މަޝްވަރާކޮށްގެން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް