އެމްއާރްއެމްގެ އިސް 12 ބޭފުޅުން އިސްތިއުފާދެއްވަނީ، އަންނަ އާދިއްތަ ދުވަހު ސިޓީ ހަވާލުކުރައްވާނެ
4 މެއި 2023 | ބުރާސްފަތި 13:07ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވި ސަބަބުތައް ފަހުން ހާމަކުރައްވާނެ


އެމްއާރްއެމްގެ ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ރައީސް މައުމޫނު ނުކުމެވަޑައިގަންނަވަނީ
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް 12 ބޭފުޅަކު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.
އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ، އެމްއާރްއެމްގެ 12 ބޭފުޅަކު ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާކަމަށާއި، އާދިއްތަ ދުވަހުގެ ވަގުތެއްގައި އިސްތިއުފާ ސިޓީ ރަސްމީކޮށް ހަވާލުކުރައްވާނެ ކަމަށެވެ. އަދި ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވި ސަބަބުތައް ފަހުން ހާމަކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ 12 ބޭފުޅުންނަކީ:
ކުރީގެ ބަންޑާރަ ނައިބުންނާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިމަހުގެ 3 ވީ ބުދަ ދުވަހު ޗާގޯސްގެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވި މައްސަލާގައި ބުދަ ދުވަހުގެ ރޭ އެމްއާރުއެމްއިން ވަނީ ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ.
މިބައްދަލުވުން ބާއްވާފައިވަނީ ޕާޓީތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މެންބަރުންނާއެކު ޚިޔާލުތަފާތުވުންތައް ނައްތާލައި މައްސަލަ ހައްލުކުރުމަށެވެ. މޫކައި ސުއިޓްގައި ދެ ގަޑިއިރަށްވުރެ ގިނައިރު ކުރިޔަށްދިޔަ ބައްދަލުވުމުގައި ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދިފައިނުވާކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތުދިނެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކުރައްވައި ރާއްޖެއެމްވީއަށް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ނުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ނަމަވެސް އެމްއާރްއެމްއިން ސަރުކާރަށް ތަކުރާރުކޮށް ޖެއްސުމާއި މަލާމަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ 12 ބޭފުޅަކު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް އެމްއާރްއެމްއަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެމްއާރްއެމްއިން އަދި ވަކިގޮތެއް ނުނިންމާއިރު، އެމްއާރްއެމްއާއި އެމްޑީޕީއާއެކު ފުރަތަމަ މަޝްވަރާ ބައްދަލުވުން ވަނީ އަންގާރަ ދުވަހުގެ ރޭ ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީންވެސް ވަނީ އެމްއާރްއެމްއާއެކު ވާހަކަތައް ބާއްވާފައެވެ.
ރިޔާސީ އިންތިޚާބުގައި އެމްއާރްއެމްއިން ވަކިން ވާދަކުރުމާއި ގުޅޭގޮތުން އެމްއާރުއެމްގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.








