Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ޓްރާންސްފާ ޗީފް އެސްޓަންވިލާއަށް

3 މެއި 2023 | ބުދަ 10:16

ޖޫން މަހުގެ ނިޔަލަށް އޭނާ ވަޒީފާ ދޫކޮށްލާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 3 މެއި 2023 | ބުދަ 10:16
މަތިއު އަލެމަނީ: ބާސެލޯނާ ދޫކޮށްލާނެ

މަތިއު އަލެމަނީ: ބާސެލޯނާ ދޫކޮށްލާނެ

ބާސެލޯނާގެ ޓްރާންސްފާ ޗީފް މަތިއު އަލެމަނީ އިނގިރޭސިވިލާތުގެ އެސްޓަންވިލާއަށް ބަދަލުވާން ނިންމައިފި އެވެ.

މިކަން އޭނާ އާއި ބާސެލޯނާއިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަލެމަނީ ކުލަބު ދޫކޮށްލަނީ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވަ އެވެ.

މިދިޔަ މާޗު މަހު އޭނާ ވަނީ އެސްޓަންވިލާެގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ. އޭރު ސުވާލުކުރުމުން އަލެމަނީ ބުނީ އެއީ އަމިއްލަ ކަމެއްގައި ކަމަށާއި އޭނާ ހުންނާނީ ބާސެލޯނާގައި ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި ބާސެލޯނާދޫކޮށްލަނީ އޭނާ އަށް ވަރަށް ބޮޑު މުސާރައެއް ލިބުމުން ކަމަށް ސްޕޭނުގެ ނޫސްތަކުން ދަނީ ބުނަމުންނެވެ. އަދި މިއީ މާލީ މައްސަލަތަކެއްގައި އުޅޭ ބާސެލޯނާ އަށް ދެވޭނެ މުސާރައެއްނޫން ކަމަށް ވެސް ވެއެވެ.

ޖޫން މަހުގެ ނިޔަލަށް ބާސެލޯނާ ދޫކޮށްލި ނަމަވެސް އަލެމަނީ ވަނީ އަންނަ ސީޒަނަށް ބާސެލޯނާއަށް ގަންނަ ކުޅުންތެރިންނާއި ވިއްކާ ކުޅުންތެރިންގެ މުއާމަލާތްތައް ފުރިހަމަކޮށްދިނުމަށް ކުލަބާއެކު އެއްބަސްވެފަ އެވެ.

ބާސެލޯނާއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުލަބުގެ ޓްރާންސްފާ ޗީފް ވަކިވަނީ ޕްރޮފެޝަނަލް އައު މަސައްކަތެއް ފެށުމަށް ކަމަށެވެ. ނަމަވެސް ސްޕޭނުގެ ބައެއް ނޫސްތަކުން ބުނަނީ އަލެމަނީ އާއި ބާސެލޯނާއާ ހިޔާލުތަފާތުވެފައިވަނީ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ ގެނައުމާމެދުގައި ކަމަށެވެ. އަލެމަނީ މެސީ ގެންނަން ތާއިދުނުކުރާ ކަމަށްވެ އެވެ. އަދި ސާޖިއޯ ރޮބާޓޯގެ ކޮންޓްރެކްޓް އައުކުރީ ވެސް އޭނާގެ ރުހުމާ ދެކޮޅަށް ކަމަށްވެ އެވެ. މީގެ އިތުރުން ދުވަސްވީ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ އަދި ޒުވާން ޑިފެންޑަރު އެރިކް ގާސިއާއަކީ އަލެމަނީ ދޫކޮށްލަން ބޭނުންވާ ކުޅުންތެރިން ކަމަށްވެ އެވެ. ނަމަވެސް ކޯޗު ޒަވީ ހަނާންޑޭޒް އާއި ޓެކްނިކަލް އެކްސްޕާޓް ޖޯޑީ ކްރައިފްގެ ހިޔާލު މިކަމުގައި ތަފާތެވެ.

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

3

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

4

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ބާސާ އަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ: ބުސްކެޓްސް

14 އޯގަސްޓު 2017
ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ބާސާ އަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ: ބުސްކެޓްސް
03 އޯގަސްޓު 2017

ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

03 އޯގަސްޓު 2017
ވޯލްޑް ޓްރާންސްފާ ރެކޯޑް ފީ މުގުރާލުމަށްފަހު ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި
01 އޯގަސްޓު 2017

ލޯނަށްވެސް ރެނާޓޯ ސަންޗޭޒް މި ޓްރާންސްފާގައި ދޫކޮށްނުލާނަން: އެންޗޮލޮޓީ

01 އޯގަސްޓު 2017
ލޯނަށްވެސް ރެނާޓޯ ސަންޗޭޒް މި ޓްރާންސްފާގައި ދޫކޮށްނުލާނަން: އެންޗޮލޮޓީ
05 ޖުލައި 2017

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި
02 ޖޫން 2017

އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

02 ޖޫން 2017
އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި
31 މެއި 2017

ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ

31 މެއި 2017
ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
10 އެޕްރީލު 2017

ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް

10 އެޕްރީލު 2017
ޓްރާންސްފާގައި އާސެނަލް އިން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ: އޮޒިލް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް