Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާޖިއޯ ބުސްކެޓްސް

ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ބާސާ އަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ: ބުސްކެޓްސް

ބާސާ އަށް ކުޅުންތެރިން ގެންނަނީ އިތުރަށް ޓީމު ތެރޭގައި ހުރި ކަންތައްތައް ރަނގަޅު ކުރުމަށް

ލީވާން އަލީ
ލީވާން އަލީ | 14 އޯގަސްޓު 2017 | ހޯމަ 10:57
ބާސެލޯނާ އަށް ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް

ޓްރާންސްފާ ވިންޑޯ ބަންދުވުމުގެ ކުރިން ބާސެލޯނާއަށް އިތުރު ކުޅުންތެރިން ގެންނަން ޖެހޭ ކަމަށް އެޓީމުގެ މިޑްފިލްޑަރު ސާޖިއޯ ބުސްކެޓްސް ބުނެފި އެވެ.

މުންޑޯ ޑިޕޯޓިވޯ އަށް ދިން އިންޓަވިއުއެއްގައި ބުސްކެޓްސް ބުނީ އާ ކުޅުންތެރިން ގެންނަން ޖެހެނީ ރެއާލް މެޑްރިޑް އަތުން އަމިއްލަ ދަނޑުގައި ބާސާ ބަލިވުމުން ނޫން ކަމަށާއި، އެކަންތައް ކުރަންޖެހިފައި ވަނީ އިތުރަށް ޓީމު ތެރޭގައި ހުރި ކަންތައްތައް ރަނގަޅު ކުރުމަށް ކަމަށެވެ.

ބުސްކެޓްސް ބުނީ ރެއާލް އަތުން ފުރަތަމަ ލެގުގައި ބަލިވުމުން އެއްވެސް ބަހަނާއެއް ދައްކަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ރެއާލް އަތުން ބަލިވުމުން ސަޕޯޓަރުން ވަރަށް މާޔޫސްވެފައިވާކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް ރެއާލްގެ އަމިއްލަ ދަނޑުގައި ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެއިތުރުން ބުސްކެޓްސް ބުނީ ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ބާސާ އިން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، އެހެން ނަމަވެސް ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަތުން ބައިކޮޅަށް ވަން ލަނޑުން ވަރަށް ބޮޑަށް މެޗު ބަދަލުވެގެންދިޔަ ކަމަށެވެ.

ބާސާ އިން ވަނީ މި ޓްރާންސްފާ ވިންޑޯގައި އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިން ތެރޭގައި ހިމެނޭ ބްރެޒިލްގެ ފޯވާޑް ނޭމާ ވޯލްޑް ރެކޯޑް ފީއެއްގެ ދަށުން ޕީއެސްޖީއަށް ވިއްކާލާފައެވެ. މިކަމާ ގުޅިގެން ބާސާ ސަޕޯޓަރުން އަންނަނީ އެޓީމަށް އަދި ނޭމާ އަށް ވެސް އެ ނިންމުން ނިންމުމުން ފާޑުކިޔަމުންނެވެ.

ނޭމާ ނެތްތަން ފޫބެއްދުމަށް ބާސާ އިން އަންނަނީ ލިވަޕޫލްގެ ފޯވާޑް ފިލިޕޭ ކުޓީނިއޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ލިވަޕޫލް އިން ކުޓީނިއޯ ވިއްކާލަން ދެކޮޅު ހަދަމުން އަންނައިރު، ކުޓީނިއޯ ވަނީ އޭނާ އަށް ރިލީޒް ދިނުމަށް ކްލަބުގައި އެދިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު