Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީގެ އެއްބަސްވުން މެސީ އައު ނުކުރާނެ

މެސީގެ އަމަލާމެދު ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2023 | ބުދަ 19:07
ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން މެސީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން މެސީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ނުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް ބަދަލުވި މެސީއާ ކުލަބާ ދެމެދު މިހާރު ވަނީ މައްސަލަ ގަނޑެއް ޖެހިފަ އެވެ. ޕީއެސްޖީގެ ހުއްދަ ނެތި މެސީ ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރުމުން ކުލަބުން ވަނީ ދެ ހަފްތާގެ މުއްދަތަކަށް މެސީ ސަސްޕެންޑުކޮށްފަ އެވެ. އެ މުއްދަތުގައި މެސީ އަށް ޕީއެސްޖީގެ ކުޅުންތެރިންނާއެކު ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭއިރު، އެ މުއްދަތުގައި ޕީއެސްޖީން އޭނާ އަށް މުސާރަ ވެސް ނުދޭން ވަނީ ނިންމައިފަ އެވެ. މެސީ ސައުދީ އަށް ދިޔައީ ފްރާންސް ލީގުގައި ލޮރިއެންޓު އަތުން ބަލިވި މެޗަށްފަހު، ތީމުގެ ފަރިތަކުރުމަށް ކުޅުންތެރިންނަށް އަންގާފައި ވަނިކޮށެވެ. އަދި މެސީ ސައުދީ އަށް ދިޔައީ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ އާއި ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސް އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ. މެސީ އަކީ ސައުދީން އެ ޤައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަނޑައަޅާފައިވާ ޚާއްސަ އެމްބެސެޑަރެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން މިއަހަރުގެ ޖޫން މަހަށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މެސީ އެ ކުލަބު ދޫކޮށްލާނެ އެވެ. މީގެ އިތުރުން މީގެ އެއް މަސް ދުވަސް ކުރިން މެސީގެ ބައްޕަ ޖޯޖު ވަނީ އެކަމާ ގުޅޭ ގޮތުން ޕީއެސްޖީއާ މަޝްވަރާކޮށް އެކަން އެ ކުލަބަށް އަންގާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މިހާތަނަށް މެސީ ބަދަލުވާނެ ވަކި ކުލަބެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ވަނީ މެސީ ހޯދުމަށް ބިޑު ހުށަހަޅައިފަ އެވެ.

ބާސެލޯނާގެ އެއްބަސްވުން އައު ނުކުރެވި އެ ކުލަބު ދޫކޮށްލަން ޖެހުމުން މެސީ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. މިއަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ބާސެލޯނާ އިން އަންނަނީ މެސީ އަލުން ހޯދުމުގެ މަސައްކަތް ގަދައަޅާ ކުރަމުންނެވެ. އެކަމުގައި ބާސެލޯނާ އަށް މިހާތަނަށް އަލިމަގެއް ފެނިފައި ނުވެ އެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު