Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ސައިންސްވެރިން

ޗައިނާގެ ހާއްސަ އެހީއަށް ބޭނުންވާ، އާދަޔާ ޚިލާފަށް ތޫނުފިލި ދަރިވަރުން، ސައެންސްވެރިންނަށް

ޗައިނާއިން މިކަން މިގޮތަށް ކުރަމުން ދާތާ މިހާރު 10 އަހަރު ވެއްޖެ، މަޝްރޫޢުގެ ތެރެއިން، ކާމިޔާބު ސައެންސްވެރިންތަކެއްވެސް ވަނީ އުފައްދާފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 މެއި 2023 | އަންގާރަ 13:44
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ސައިންސްވެރިންނަށް

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ސައިންސްވެރިންނަށް

ހާއްސަ އެހީއަކަށް ބޭނުންވުމަކީ އެއްވެސް ކަމަކުން އެމީހަކު ބާކީކޮށް އެކަހެރި ކުރަންޖެހޭ ސަބަބެއް ނޫންކަން ސާބިތުކޮށްދެމުންދާ އެއް ޤައުމަކީ ޗައިނާއެވެ. ވަކިން ހާއްސަކޮށް، ތަޢުލީމީ މައިދާނުގައި، އެހެން ކުދިންނަށްވުރެ ތޫނުފިލި ވުމަކީވެސް ބައެއް ހާލަތްތަކުގައި ހާއްސަ އެހީއަކަށް ބޭނުން ވުން ކަމަށް ވެއެވެ. ސައެންސްއާއި ޓެކްނޮލޮޖީގެ ބޮންތީގައި ހިފުމުގެ ވަރުގަދަ ޢަޒުމުގައި އޮތް ޗައިނާއިން ދަނީ، އެ ރޮނގުން ކުރިއަރާ ދިއުމުގެ ޝަޢުޤު ހުރި ދަރިވަރުންގެ ތެރެއިން، އާދަޔާ ޚިލާފަށް ތޫނުފިލި ނުވަތަ "ގިފްޓަޑް" ދަރިވަރުންނަށް އަމާޒުކޮށްގެން މަޝްރޫއެއް ހިންގަމުންނެވެ. މަޝްރޫއު ހިންގުމުގައި އިސް ދައުރެއް އަދާ ކުރަނީ ޗައިނާ އެސޯސިއޭޝަން ފޮރ ސައެންސް އެންޑް ޓެކްނޮލޮޖީއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްއަކީ މިފަދަ އެއް މަޝްރޫއު ކުރިއަށް ގެންދާ ސަރަޙައްދެކެވެ. ތަމްރީނުވެފައި ވާ ސައެންސްވެރިންނާއެކު ދިރާސާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، އެ ޕްރޮވިންސްގައި މެދު މަދަރުސީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، ތޫނުފިލިކަމާ ހެދި ހާއްސަ އެހީއަށް ބޭނުންވާ ގިނަ ދަރިވަރުންތަކަކަށް ވަނީ ފޯރުކޮށްދީފައެވެ.

ވޫހާން ފޮރިން ލޭންގުއޭޖް ސްކޫލްގައި ތަޢުލީމު ހާސިލު ކުރަމުންދާ ޝެން ޖައޮރާންއަކީ، މި މަޝްރޫއުގެ ސަބަބުން ބޮޑު ފައިދާއެއް ކުރި އެއް ދަރިވަރެވެ.

ޝެން ފަދައިން، އެތައް ދަރިވަރުންނެއްގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް، މި މަޝްރޫއުގެ ސަބަބުން ވަނީ އެހީތެރިކަން ލިބިފައެވެ. ހައި ސްކޫލަށް ވުރެ މަތީ ފަންތީގެ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، ދިރާސާތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް އެ ދަރިވަރުންނަށް ލިބެއެވެ. ޗައިނާގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކުގެ ސައެންސްވެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތުވެސް އެ ދަރިވަރުންނަށް ލިބެއެވެ.

ޢަމަލީ ދިރާސާ މަޝްރޫޢެއްގައި 1 ސެމެސްޓަރުގެ ކިޔެވުން ފުރިހަމަ ކޮށްފައި ވާ ޝެން ބުނި ގޮތުގައި، ޕްރޮފެސަރ ޖާއޯއާ އޭނާގެ ޓީމުން ތަރައްޤީ ކޮށްފައި ވާ ހޮލޯގްރާފިކް ޕްރިންޓިންގް ޓެކްނޮލޮޖީއަކީ، ޝެންގެ ސަމާލުކަން ދަމައިގަތް މަޝްރޫއެއް ކަމަށެވެ.

ޗައިނާއިން މިކަން މިގޮތަށް ކުރަމުން ދާތާ މިހާރު 10 އަހަރު ވެއްޖެއެވެ. މަޝްރޫޢުގެ ތެރެއިން، ކާމިޔާބު ސައެންސްވެރިންތަކެއްވެސް ވަނީ އުފައްދާފައެވެ. އޭގެ ތެރެއިން އެކަކީ، ޕީއެޗްޑީއަށް ކިޔަވަމުންދާ ވޭންގް ޔޫޝުއާންއެވެ. ވޭންގްއަކީ ހާއްސަ ކުދިންނަށް ހާއްސަކޮށްގެން ހިންގާ ސައެންސްއާއި ޓެކްނޮލޮޖީ ޕްރޮގްރާމްގެ ދަށުން، 2016 ވަނަ އަހަރު، 1 އަހަރު ދުވަހުގެ ތަމްރީނު ފުރިހަމަ ކުރި ދަރިވަރެކެވެ. އޭނާ މިހާރު ހާއްސަ ވަމުން ދަނީ އޮޕްޓޯއިލެކްޓްރޯނިކްސްގެ ރޮނގުންނެވެ. ވޭންގް ބުނާ ގޮތުގައި، އޭނާގެ ދާއިރާއިން މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.

އަދުގެ ޒަމާނީ ދުނިޔޭގެ ތަރައްޤީގެ ރޭހުގައި ޗައިނާއިން ބޭނުން ކުރާ އެންމެ ވަރުގަދަ ހަތިޔާރެއް ކަމުގައި އެ ޤައުމުން ހަދާފައި ވަނީ ސައެންސްއާއި އާ އީޖާދުތަކެވެ. ޝެން ފަދަ ޅަ ސިކުނޑިތައް މި ރޮނގުން ތަމްރީނުގެ ކުރުމުގެ ސަބަބުން، ޗައިނާގެ ކުރިމަގު އުޖަލާވެގެން ދާނެ ކަމަށް އެ ޤައުމުން ޤަބޫލު ކުރެއެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2018

ޑަންގަލް: ޗައިނާގެ އެއްވަނަ

04 ޖެނުއަރީ 2018
ޑަންގަލް: ޗައިނާގެ އެއްވަނަ
01 ޖެނުއަރީ 2018

ރާއްޖެ ޓީވީއިން އާ އަހަރުގެ ހާއްސަ ޝޯތަކެއް

01 ޖެނުއަރީ 2018
ރާއްޖެ ޓީވީއިން އާ އަހަރުގެ ހާއްސަ ޝޯތަކެއް
14 ނޮވެމްބަރު 2017

ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި

14 ނޮވެމްބަރު 2017
ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި
13 ނޮވެމްބަރު 2017

ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

13 ނޮވެމްބަރު 2017
ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި
06 އޮކްޓޯބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

06 އޮކްޓޯބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު